ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 13:35
މަހިންދަ ރާޖަ ޕަކްސާ
މަހިންދަ ރާޖަ ޕަކްސާ
ޑެއިލީ މިރޯ
ސްރީލަންކާ
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި
 
މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވީ މިއަދު ލަންކާގެ ގަޑިން 1300 ގައި

ސްރީލަންކާގެ އިދިކޮޅު ޕާޓީ ކަމަށްވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީ(އެސްއެލްޕީޕީ) ގެ ލީޑަރު އަދި ޤާނޫނު ހަދާ މަޖިލީހުގައި ކުރުނާގަލަ އަވަށް ތަމްސީލުކުރައްވަމުން ގެންދަވާ މެންބަރު، މަހިންދަ ރާޖަޕަކްސަ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވީ ބުރާސްފަތި ދުވަހު މެންދުރު ސްރީލަންކާ ގަޑިން 1300 ގައެވެ.

ޕާރސީ މަހިންދަ ރާޖަޕަކްސެ، އާންމު ނަމުންނަމަ މަހިންދަ ރާޖަޕަކްސަ މިއަދު ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމާއެކު އެމަނިކުފާނު ވެގެންދާނީ ސްރީލަންކާގެ 13 ވަނަ ބޮޑު ވަޒީރަށެވެ.

ސްރިލަންކާގެ އާ ރައީސް ގޯޓާބަޔަ ރާޖަޕަކްސެ، އާ ބޮޑު ވަޒީރަކު އައްޔަންކުރެއްވީ، ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހާ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމެވުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމެވީ މިދިޔަ ރިޔާސީ އިންތިޚާބުގައި އޭނާގެ ޕާޓީއަށް ބޮޑު ނާކާމިޔާބާއި ކުރިމަތިލާންޖެހުމުންނެވެ. އަދި އާ ރައީސަށް ސަރުކާރު އެކުލަވާލަން ފުރުޞަތު ދިނުމުގެ ގޮތުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ހެދުނު ވިކްރަމަ ސިންހާ ވަނީ ރައީސާއި ބައްދަލުކުރައްވާ މަޤާމުގެ އިސްތިޢުފާ ހުށަހަޅުއްވާފައެވެ.

އަންނަ މާރޗް މަހުގައި ބާއްވާ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނުވަތަ ޢާންމު އިންތިޚާބާއި ހަމަޔަށް ވެރިކަމުގެ ދަރުބާރު ހިންގާނެ ވަގުތީ ސަރުކާރެއް އެކުލަވާލާ ކެބިނެޓް އިޢުލާން ކުރައްވަން ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް