ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 08:51
އެހެން ގައުމުތަކާ ހިލާފަށް ޗައިނާއިން ދަނީ ގިނަ އަދަދަކަށް ކޯލް އަންދަމުން
އެހެން ގައުމުތަކާ ހިލާފަށް ޗައިނާއިން ދަނީ ގިނަ އަދަދަކަށް ކޯލް އަންދަމުން
އަލްޖަޒީރާ
ޗައިނާ
ޗައިނާއިން ގިނަ އަދަދަކަށް ބޯޓުދެލި އަންދަނީ
 
މުޅި ދުނިޔޭގެ ކޯލް ބޭނުންކޮށްގެން ހަކަތަ އުފައްދާ މިންވަރު ޖޫން ހަމާ ހަމައަށް 8.1 ގިގަވޮޓްއަށް ވަނީ ދަށްކޮށްފައި
 
ތިމާވެއްށީގެ ކަމާ ބެހޭ މާހިރުން ދަނީ ނުރުހުންފާޅު ކުރަމުން
 
ކޯލް ބޭނުންކޮށްގެން ހަކަތަ އުފައްދާ މިންވަރު ވަނީ އިތުރުކޮށްފައި

ޗައިނާއިން ގިނަ އަދަދަކަށް ބޯޓުދެލި އަންދަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކަކުން ބޯޓުދެލި ބޭނުންކޮށްގެން ހަކަތަތައް އުފައްދާ މިންވަރު ދަށްކުރަމުން އަންނަކަމަށެވެ. އެއާ ޚިލާފަށް ޗައިނާއިން އަދި ވެސް ހަކަތަ އުފެއްދުމަށް ބޯޓުދެލި އަންދާ މިންވަރު އިތުރުކުރަމުންދާ ކަމަށެވެ. އަދި ޗައިނާއިން ބޯޓުދެލި އަންދައިގެން ހަކަތަ އުފައްދާ މިންވަރަށް ބަލާއިރު، މިއަހަރުގެ ޖޫންމަހާ ހަމަޔަށް ބޯޓުދެލި އަންދައިގެން ހަކަތަ އުފައްދާ މިންވަރު ނިޞްބަތުން 4.5 އިންސައްތަ އިތުރުކޮށްފައިވެއެވެ.

ދުނިޔޭގައި ހަކަތަ އުފައްދާ މިންވަރު ގާތުން ބަލަމުންދާ "ގްލޯބަލް އެނަރޖީ މޮނިޓަރ" އިން އެކުލަވާލި ދިރާސާއިން ދައްކާ ގޮތުގައި، ޗައިނާއިން ވަނީ ބޯޓު ދެލި އަންދައިގެން ހަކަތަ އުފައްދާ މިންވަރު 42.9 ގިގަވޮޓްއަށް އިތުރުކޮށްފައެވެ. އަދި ޗައިނާގައި ހަކަތަ އުފައްދަން ބޯޓުދެލި އަންދާ ޕްލާންޓުތައް އިމާރާތް ކުރަމުން އަންނައިރު، މިތަންތަނުން ޖުމްލަ 121.3 ގިގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިރިޕޯޓާ ހަވާލާދީ އިތުރަށް ބުނެފައިވަނީ 2014 އިން 2016 އާއި ދެމެދު ހުއްޓާލާފަ ހުރި ބައެއް ޕްލާންޓްތައް ހެދުމުގެ މަސައްކަތްވެސް ޗައިނާއިން އަލުން ފަށާފައިވާ ކަމަށެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ބޯޓުދެލި އަންދައިގެން ހަކަތަ އުފައްދާ މިންވަރު ޖޫން ހަމާ ހަމައަށް 8.1 ގިގަވޮޓްއަށް ވަނީ ދަށްކުރެވިފައެވެ.

ގްރީން ހައުސް ގޭސް މަދުކޮށް، ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމުގެ ބޭނުމުގައި ޗައިނާއިން އެއްބަސްވެ އެނަރޖީ ރެވެލިއުޝަންގެ ނަމުގައި ޕްރޮގްރާމެއް ފެށިއެވެ. 2012 ވަނަ އަހަރު ބޯޓު ދެލި އަންދައިގެން ހަކަތަ އުފައްދާ މިންވަރު 68 އިންސައްތައިގައި ހުރި އިރު، މިއަހަރާ ހަމައަށް 59 އިންސައްތައަށް ވަނީ ދަށްކޮށްފައެވެ. އެހެންނަމަވެސް ޗައިނާއިން މިކަމުގައި އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނާޅާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ތިމާވެށި ދިރާސާކުރައްވާ ފަރާތްތަކުންނާއި، ކަމާ ބެހޭ މާހިރުންނާއި، ބައެއް އާންމުން ވަނީ ޗައިނާގެ ބެއިޖިންގ އިން ހަކަތަ އުފެއްދުމަށް ބޯޓުދެލި އަންދާ މިންވަރު މަދުކުރަން ގެންގުޅޭ ސިޔާސަތަށް ފާޑުކިޔާ އަޑު އުފުލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
67%
33%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު