ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 07:21
ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ)
ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ)
މޯލްޑީވްސް ސާރފިންގް އެސޯސިއޭޝަން
އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް
އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް: އިބޫއާއި ސްމައިލީ ފައިނަލަށް، ސާބަސް!
 
ފައިނަލްވެސް ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި
 
ފައިނަލަށް ދަތުރުކޮށްފައި މިވަނީ ސްރީލަންކާ އަދި ޖަޕާންގެ ރާޅާއެޅުންތެރިން ބަލިކުރުމަށްފަހު
 
އިބޫ އާއި ސްމައިލީ ކުއާޓާއަށް ދަތުރުކުރީ ވާދަކުރި ހީޓުން އެއްވަނަ ހޯދައިގެން

ޗައިނާގައި މިހާރު ކުރިޔަށްދާ އޭޝިއަން ސަރފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މަހު 17 ވަނަ ދުވަހު ފެށި މި މުބާރާތުގައި އިބޫ އާއި ސްމައިލީ ކުއާޓާއަށް ދަތުރުކުރީ ވާދަކުރި ހީޓުން އެއްވަނަ ހޯދައިގެންނެވެ.

އިބޫ އަދި ސްމައިލީ ފައިނަލަށް ދަތުރުކޮށްފައި މިވަނީ ސްރީލަންކާ އަދި ޖަޕާންގެ ރާޅާއެޅުންތެރިން ބަލިކުރުމަށްފަހުއެވެ. އެގޮތުން ފައިނަލަށް 4 ރާޅާއެޅުންތެރިން ގޮސްފައިވާއިރު، އޭގެ ތެރޭގައި ދެ ދިވެހިން ހިމެނިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެ ދެ އެތްލެތީޓުންނަށް މަރުޙަބާ ކިޔަމުންނެވެ. މި މުބާރާތުގެ ފައިނަލް ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފައިނަލްގައި އިބޫއާއި ސްމައިލީގެ އިތުރުން ދެން ވާދަކުރަނީ ޖަޕާނުގެ ދެ ރާޅާއެޅުންތެރިންނެވެ.

ސެމީގައި އިބޫ ނުކުތީ ޖަޕާން، ސްރީލަންކާ އަދި ޗައިނާގެ ރާޅާއެޅުންތެރިންނާ ދެކޮޅަށެވެ. އަދި ސްމައިލީވެސް ސެމީގައި ނުކުތީ ޖަޕާން، ސްރީލަންކާ އަދި ޗައިނާގެ ރާޅާއެޅުންތެރިންނާ ދެކޮޅަށެވެ. މުބާރާތުގައި ވާދަކުރުމަށް އިބޫ އާއި ސްމައިލީގެ އިރުތުން އަހުމަދު އާގިލްވެސް ވަނީ ގޮސްފައެވެ. ޓީމު މެނޭޖަރެއްގެ ގޮތުގައި އިބްރާހިމް ނަޝާލް ނާސިރު ދިޔައިރު، ޓީމުގެ ކެޕްޓަންއަކީ އިބޫއެވެ.

ރާއްޖޭގެ ސާފިން ޓީމުން ވަނީ މިދިޔަ ސެޕްޓެމްބަރ މަހު ޖަޕާނުގައި ބޭއްވި ވޯލްޑް ސަރފިން ގޭމްސްގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން އެ މުބާރާތުގައި ސްމައިލީ ވަނީ މޮޅެތި ރާޅާއެޅުންތެރިން ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
97%
0%
0%
0%
3%
ކޮމެންޓް