ކ. މާލެ
|
20 ނޮވެންބަރ 2019 | ބުދަ 08:05
ޗައިނާގެ ކޭމްޕެއްގައި ބައިތިއްބާފައި ތިބު އުއިގަރ މުސްލިމުންތަކެއް
ޗައިނާގެ ކޭމްޕެއްގައި ބައިތިއްބާފައި ތިބު އުއިގަރ މުސްލިމުންތަކެއް
ރޮއިޓަރސް
ޗައިނާގެ އުއިގަރ މުސްލިމުން
ޗައިނާއިން މުސްލިމުންނަށް ދޭ އަނިޔާތަކުގެ ތަފްޞީލް ހިމެނޭ ލިޔުންތަކެއް ލީކުކޮށްލައިފި
 
ހެއްވާ ދައުވާތަކުގައި މުސްލިމުން ޖަލަށް ލުމުގެ އަމަލުތައް ޗައިނާ ސަރުކާރުން ހިންގާފައި އެބަހުރި
 
އިސްލާމް ދީނަކީ ބައްޔެއް ކަމަށް ސިފަކޮށް، އެކަމުން ސަލާމަތްކުރުމަށް ކޭމްޕްތަކަށް ގެންގޮސްފައިވޭ
 
މި ލިޔުންތައް ލީކްކޮށްލާފައިވަނީ ނިއުޔޯކް ޓައިމްސްއިން

ޗައިނާ ސަރުކާރުން އެޤައުމުގެ އުއިގަރ ދަރިކޮޅުގެ މުސްލިމުންނަށް ދޭ އަނިޔާތަކާއި އެމީހުންނާއިމެދު އަމަލުކުރަމުންދާ ލާއިންސާނީ ގޮތްތަކުގެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތަކެއް ލީކްކޮށްލައިފިއެވެ.

މި ލިޔުންތައް ލީކުކޮށްލާފައިވަނީ ނިއުޔޯކް ޓައިމްސް ނޫހުންނެވެ. ލީކުކޮށްލާފައިވާ ލިޔެކިޔުންތަކުގައި، ސަރުކާރުން ހައްޔަރުކޮށްފައިވާ މުސްލިމް އާއިލާތަކުގެ ކުދިން ޔުނިވަރސިޓީއިން ލިބޭ ޗުއްޓީގައި އެމީހުންގެ އާއިލާތައް ކައިރިއަށް ދާއިރު، އާއިލާތައް ނެތުމުން، އެކުދިންނަށް ދޭނެ ޖަވާބުތައް ހިމެނޭ ގޮތަށް ސަރަހައްދީ އޮފިޝަލުންނަށް ދީފައިވާ ލިޔުންތަކެއް ހިމެނެއެވެ. އެގޮތުން އެމީހުންގެ އާއިލާތައް އިސްލާމް ދީން ޤަބޫލުކުރުން އެއީ ބައްޔެއްކަމަށް ސިފަކޮށް، އެކަމުން ސަލާމަތްވުމަށް ކޭމްޕްތަކަށް ގެންދެވިފައިވާކަން އެކުދިންނަށް ބުނެދެއެވެ. އަދި އެކުދިން މާބޮޑަށް ސުވާލުކުރަން ފަށައިފިނަމަ، އެކުދިންގެ އާއިލާތައް އެނބުރި އަވަހަށް އައުމަށް އެކަމުން ހުރަސްއެޅޭނެކަމަށް ބުނެ އިންޒާރު ދިނުމަށް ޗައިނާ ސަރުކާރުން ޝިންޖިއަން ސަރަހައްދުގެ އޮފިޝަލުންނަށް ބުނެދީފައިވާކަން އެލިޔުންތަކުން ހާމަވެއެވެ. އެސަރަހައްދަކީ ޗައިނާގެ މުސްލިމުންގެ އާބާދީ ބޮޑު، އަދި ޗައިނާ ސަރުކާރުން މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަމުން ދާ ސަރަހައްދެވެ.

އދ އާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން އަންދާޒާކުރާ ގޮތުގައި ޗައިނާ ސަރުކާރުން ގެންދަނީ އެޤައުމުގެ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ކޭމްޕްތަކުގައި ބަންދުކޮށް، އިސްލާމް ދީން ދޫކޮށްލުމަށް އެމީހުންނަށް މަޖުބޫރުކުރުވަމުންނެވެ.

ނިއުޔޯކް ޓައިމްސްއިން ލީކްކޮށްފައިވާ ލިޔެކިޔުންތަކުން އެނގުނު ގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ޝިންޖިއަން ސަރަހައްދުގެ އޮފިޝަލުންނަށް އަންގާފައި ވަނީ އިސްލާމް ދީން ޤަބޫލުކުރުން އެއީ ސާރސް ރޯގާފަދަ ބައްޔެއްކަމަށް ހައްޔަރުކުރި މީހުންގެ އާއިލާތަކަށް އެންގުމަށެވެ.

ޝިންޖިއަންގެ މުސްލިމުން ޖަލަށް ލުމަށް ޗައިނާ ސަރުކާރުން ހެއްވާ ދައުވާތައް ކޮށްފައި އެބަހުއްޓެވެ. އެގޮތުން ޝިންޖިއަން ސަރަހައްދުން ބޭރުގައި ހުރި މީހަކަށް ޓެކްސް މެސެޖްކުރުމާއި، ބެއިޖިން ގަޑިއަށްވުރެ 2 ގަޑިއިރު އަވަސްކޮށް މީހެއްގެ ގަޑި ހަމަކުރުން ފަދަ ކަންކަމުގައި މުސްލިމުން ޖަލަށް ލާފައި އެބަހުއްޓެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާ ސަރުކާރުން ބުނެފެއިވަނީ ނިއުޔޯކް ޓައިމްސްއިން އެލިޔެކިޔުންތައް ލީކުކޮށްލާފައިވަނީ ޗައިނާގެ އަގު ވައްޓާލުމަށްކަމަށާއި، ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވަން ކަމަށެވެ. އެހެންނަމަވެސް އެޑޮކޮއުމަންޓްތައް އެއީ ސައްޙަ އެއްޗެއް ނޫންކަމަށް ބުނެފައެއް ނުވެއެވެ. މި ލިޔެކިޔުންތަކަކީ މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން ހަރުކަށި ލާއިންސާނީ ކެމްޕޭނެއް ހިންގަމުންދާކަމުގެ ހެކިތަކުގެ ތެރެއިން އެންމެ ފަހުން ހާމަވި ކަންތަކެވެ.

ޗައިނާގެ މުސްލިމުންނާއި މެދު އެޤައުމުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި ބެހޭ ގޮތުން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ދަނީ އެކަން ކުށްވެރިކުރަމުންނެވެ.

0%
0%
18%
76%
0%
6%
ކޮމެންޓް
21 ނޮވެންބަރ 2019 | ބުރާސްފަތި 06:41
އެދުރު ހަސަން
ބޮނޑު ގައުމެއްވީމަ ގަންނާކުރޢްވާބިރުން ކޮމެންތެއްވެސް ޖަހާލަ ދޭކައްނުކެރޭދޯ.
21 ނޮވެންބަރ 2019 | ބުރާސްފަތި 00:24
އެދުރު ހަސަން.
ސުބުހާނަﷲ. ހެއުނުވާނެ. މީހަކު އެމީހަކު ގަބޫލުކުރާދީނަކައް އުޅުނަސް އެވަރު ކުރާކައްނުވާނެ. ވަރައްފޫހިވެއްޖެ. ތިރާއްޖެ އަކައް ދެނެއް ދާހިތެއްވެސްނުވޭ. ކޮންމެ ފަދަ އަނިޔާއެއްވެސްދީފާނެ. މަމެންވެސް މިއުލެނީކީ އެމީހުން ރުހޭގޮތަކައް ނޫންވިއްޔާ.