ކ. މާލެ
|
19 ނޮވެންބަރ 2019 | އަންގާރަ 23:11
ޑައިރެކްޓަރު ބޭނަޒިރް
ޑައިރެކްޓަރު ބޭނަޒިރް
ފޭސްބުކް
ފިލްމް އިންޑަސްޓްރީ
އިންޑިއާގެ ޑައިރެކްޓަރަކު ދިވެހި އެކްޓަރުން ބޭނުންކޮށްގެން ފިލްމެއް ހަދަނީ!
 
ދިވެހި ފިލްމު އިންޑަސްޓްރީގެ ނަން މަޝްހޫރު ތަރިން ފެންނާނެ
 
ފިލްމު ޝޫޓް ކުރާނީ ދިވެހި ޑައިލޮގްތަކާއެކު

އިންޑިއާގެ ދެކުނު ކޮޗިން ސިޓީގެ ޑައިރެކްޓަރެއް ކަމަށްވާ ބޭނަޒީރު މުޚްތާރު ދިވެހި އެކްޓަރުން ބޭނުންކޮށްގެން ފިލްމެއް ހަދަން ނިންމައިފިއެވެ.

ފިލްމުގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް އެ ފިލްމުގައި ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނުން ފެންނާނެ ކަމަށް ފިލްމުގެ ޓީމުގައި ހަރަކާތްތެރިވާ ފިލްމީ ތަރި އަމަން އަލީ (ޓޮމް) ބުންޏެވެ. ބޭނަޒީރު ވަނީ މީގެ ކުރިން ތަމަޅަ ފިލްމެއްގެ ޑައިރެކްޝަންގައި މަސައްކަތްކޮށްފައެވެ. ކުރިޔަށް ހަދަން ނިންމާފައިވާ ފިލްމުގެ ސްކްރިޕްޓް ވެސް ތައްޔާރު ކުރަނީ އޭނާ އެވެ.

ޓޮމް ބުނީ، ބޭނަޒީރުގެ ފިލްމުގެ މަންޒަރުތައް ނަގަން ވިސްނާފައިވަނީ އައްޑޫ ސިޓީގައި ކަމަށާއި ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ ވެސް ޕްރޮމޯޝަނަލް ބައި ވިސްނުމުގައި ބަހައްޓައިގެން ކަމަށެވެ.

ބޭނަޒިރް މުހްތާރް (ވ)

ޓޮމް ބުނީ، ފިލްމުގެ އެކްޓަރުންނާއެކު ބުދަ ދުވަހުގެ ހަވީރު ސޮއި ކުރުމުގެ ރަސްމިއްޔާތެއް ސަލްސާ ރޯޔަލްގައި ބާއްވަން ނިންމާފައިވާ ކަމަށާއި އެ ރަސްމިއްޔާތުގެ ތެރެއިން ފިލްމުގެ ނަން ވެސް ހާމަކުރާނެ ކަމަށެވެ.

ފިލްމުގައި ފެންނާނީ، ޝީލާ ނަޖީބާއި، އައިމިނަތު ރިޝްފާގެ އިތުރުން، އަމަން އަލީ (ޓޮމް) އާއި އަލީ އާޒިމް (ދޮން އައްޔަ) ފަދަ ތަރިންނެވެ. އޭގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި މަރިޔަމް ޝަހުޒާގެ އިތުރުން ލަހުފާ ފަދަ ފަންނާނުން ފެންނާނެއެވެ.

އެ ފިލްމު ރާއްޖޭގެ އިތުރުން އިންޑިއާގައި ރިލީޒްކުރާނެއެވެ. ފިލްމު ޝޫޓް ކުރާނީ ވެސް ދިވެހި ޑައިލޮގްތަކާއެކުއެވެ. ރާއްޖޭގައި ފިލްމު އަޅެވުމަށްފަހު އިންޑިއާގައި ފިލްމު އަޅުވާއިރު ތަމަޅަ ބަހުންވެސް ޑަބް ކުރަން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
29%
23%
0%
8%
25%
15%
ކޮމެންޓް
20 ނޮވެންބަރ 2019 | ބުދަ 21:31
އަދުރޭ
ތީ ދަރަވަނދޫ ހަކުރު ވިއްކާ މުހުތާޜު ގެ އަނހެނުން ކަމައް ބުނެގެން އުޅޭ އިންޑިޔާ ގެ ޓްރިވަންޑުރަމް ގަ ދިވެހިން ބޭސްފަރުވާގެ ނަމުގަ ފެލަމުން ދާ އަންހެނެއް! ރާއްޖެ އެމްވީ ވެސް ހަމަ ކޮންމެ ޚަބަރެއްވެސް ގެނެސްދޭ ތީ މިހާރު ވަގުތައް ވުރެ ކަޑަވީނު؟
20 ނޮވެންބަރ 2019 | ބުދަ 07:10
ދަރަވަންދޫ
ތީހަމަ ދިވެއްސެއް ދަރަވަންދޫ މީހަކާއިދެގެންއުޅެނި