ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 23:57
\"ރާއްޖެޓީވީ\"ގެ ފަލަސުރުހީ ޕްރޮގްރާމްގައި އެންވަޔަރމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދް ހަސަން ބައިވެރިވެވަޑައިގަންނަވަނީ
"ރާއްޖެޓީވީ"ގެ ފަލަސުރުހީ ޕްރޮގްރާމްގައި އެންވަޔަރމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދް ހަސަން ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ކުނި މެނޭޖް ކުރުން
ސަރަޙައްދީ ކުނި މެނޭޖްކުރާ 3 ސެންޓަރު ޤާއިމުކޮށްގެން ކުނި މެނޭޖް ކުރެވިދާނެ: މިނިސްޓަރ
 
ކުނި އުފައްދާ ނިސްބަތަށް ބަލައި އަގެއް ދައްކާގޮތަށް ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި
 
ކުންޏަކީވެސް އާމްދަނީގެ ވަސީލަތަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވާފައިވޭ
 
ރ ވަންދޫގައިވާ ސެންޓަރުގެ އިތުރުން ތިލަފުއްޓާއި، އައްޑޫގައި ކުނި މެނޭޖްކުރާ ސެންޓަރުތައް ޤާއިމުކުރާނެ

ރާއްޖޭގައި އުފެދޭ ކުނީގެ ނިޞްބަތަށް ބަލާއިރު، 3 ޞަރަޙައްދަކަށް ބަހާލައިގެން ކުނި މެނޭޖް ކުރާ ސެންޓަރުތައް ޤާއިމުކޮށްގެން ކުނި މެނޭޖް ކުރެވިދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ހުރިހާ ރަށެއްގައި އުފެދޭ ކުނީގެ ތެރެއިން އެރަށަކުން މެނޭޖުނުކުރެވި ބޭރު ކުރަންޖެހޭ ކުނި ބޭރު ކުރުމަށް ޞަރަޙައްދީ ކުނި މެނޭޖް ކުރާ ސެންޓަރުތަކަށް ގެންދާނެ ކަމަށާއި، ކުނި މެނޭޖް ކުރުމަށް ކުރިއަށްގެންދަންޖެހޭ ޕްރޮސެސްތަކުގެ ތެރެއިން އެކަން ކުރިއަށްގެންދަވާނެ ކަމަށެވެ.

އެގޮތުން 3 ޞަރަޙައްދަށް ބަހާލައިގެން އެކަން ކުރެވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިން ލަފާކުރެވިފައިއޮތީ ރާއްޖެ 7 ސަރަހައްދަށް ބަހައިގެން ކޮންމެ ސަރަހައްދެއްގައި އިންސިނެރޭޓަރ ބަހައްޓައިގެން ސަރަހައްދީ މަރުކަޒުތައް ހަދަންޖެހޭނޭ، އެކަމަކު އުފެދޭ ކުންޏަށާއި، އަންދަންޖެހޭ ވޮލިއުމްތަކަށް ބެލީމާ އަޅުގަނޑުމެންނަށް މިހާރު ޤަބޫލުކުރެވެނީ ކުރިއަށް އޮތް 10 15 އަހަރަށް އުފެދޭ ކުންޏަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ތިން ސަރަހައްދީ މަރުކަޒު ޤާއިމުކޮށްގެން އެކަން ކުރެވޭނެއޭ، "
މިނިސްޓަރ ޑރ.ހުސެއިން ރަޝީދް ހަސަން

ޞަރަޙައްދީ މަރުކަޒުތައް ޤާއިމު ކުރުމަށްޓަކައި މިހާރު ރ ވަންދޫގައި ޤާއިމު ކުރެވިފައިވާ ސެންޓަރުގެ އިތުރުން، ތިލަފުއްޓާއި، އައްޑޫސިޓީގައި ކުނި މެނޭޖްކުރާ ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުންޏަކީވެސް ޢާމްދަނީގެ ވަޞީލަތަކަށް ހެދުމަކީ މި ސަރުކާރުގެ ޢަމާޒެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ކުނި އުފައްދާ ނިޞްބަތަށް ބަލައި އެފަރާތްތަކުން އަގެއް ދައްކާގޮތަށް ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުނި މެނޭޖް ކުރުމަށްޓަކައި ރަށްރަށުގެ ކައުންސިލު ތަކުގެ ޒިންމާވެސް ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުނިން ކަރަންޓު އުފައްދަން ފެށި ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ނ. ރ. ބ. އަދި ޅ. އަތޮޅުގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންދާއިރު، އައްޑޫ ސިޓީގައި ޤާއިމުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހު ފެށޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް