ހުކުރު 10 ޖުލައި 2020
10 ފުނޯސް
1441 ޒުލްގައިދާ 19
ފަތިސް 04:41
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ޖޯކަރު

ފިލްމް "ޖޯކަރ": ބޮކްސް އޮފީހުގައި ބިލިއަނެއް ހޯދާ ތާރީޚުގެތެރެއަށް!

  • އެ ފިލްމު ރިލީޒްކުރީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު
  • ފިލްމަށް ގިނަ ބަޔެއްގެ ފަޑުކިޔުން އަމާޒުވި ނަމަވެސް ތަރުހީބު އިންތިހާއަށް ބޮޑުވެގެން ދިޔަ

ކ. މާލެ | 18 ނޮވެންބަރ 2019 | ހޯމަ 19:10 | 4,703

ޖޯކަރު ގެ ޕޯސްޓަރެއް - ގޫގުލް

ގިނަ ބައެއްގެ ފާޑުކިޔުމާއި އެއްވަރަށް ތަރުހީބު ވެސް ލިބުނު ފިލްމު "ޖޯކަރ" އަށް ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.

"ޖޯކަރ" ވެފައިވަނީ ސިނަމާގެ ތާރީޚުގައި ވެސް މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އާރް-ރޭޓެޑްގެ ފުރަތަމަ ފިލްމަށެވެ.

އޭގެ އިތުރުން "ޖޯކަރ" އަކީ ޑިޒްނީ އާއި މާވެލް ސްޓޫޑިއޯ ނޫން ފިލްމަކަށް މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ދެވަނަ ފިލްމުކަން ވެސް ފާހަގަކޮށްލެވެއެވެ. އެ ލިސްޓަށް ދެން އިތުރުވާ ފިލްމަކީ ސޮނީ ޕިކްޗަރޒްގެ ސްޕައިޑަ-މޭން: ފާރ ފްރޮމް ހޯމް އެވެ.

ޖޯކިން ފީނިކްސް ޖޯކަރުގެ ރޯލު ކުޅުނު އެ ފިލްމު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތަކެއް ސިނަމާގައި ސްކްރީން ކޮށްފައެވެ. އެ ފިލްމު ރިލީޒްކުރީ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

ޓޮޑް ފިލިޕްސް ޑައިރެކްޓްކޮށްފައިވާ "ޖޯކަރް" އަށް ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީ އެއް ލިބިގެންދިޔަ އިރު، އެ ފިލްމު އުފައްދާފައިވަނީ 70 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. "ޖޯކަރ" އަށް ވަނީ މި އަހަރު ބޭއްވި 76 ވަނަ ވެނިސް ފިލްމު ފެސްޓިވަލުގައި ގޯލްޑެން ލަޔަން އެވޯޑް ވެސް ލިބިފައެވެ.

ބިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ފިލްމު ތަކުގެ ލިސްޓުގައި "ޖޯކަރ" ހިމެނޭ އިރު ދެން އެ ލިސްޓުގައި ހިމެނެނީ އެވެންޖާޒް: އެންޑްގޭމް އާއި ދަ ލަޔަން ކިންގްގެ އިތުރުން ޓޯއި ސްޓޯރީ 4 ފަދަ މޮޅެތި ފިލްމުތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.