ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 18:42
ގޯލްޑް 100 ގާލާގެ އެކްސްކްލޫސިވް ރިއަލް އެސްޓޭޓް ޕާރޓަނަރަކަށް ޖާހް ހަމަޖެއްސެވުން
ގޯލްޑް 100 ގާލާގެ އެކްސްކްލޫސިވް ރިއަލް އެސްޓޭޓް ޕާރޓަނަރަކަށް ޖާހް ހަމަޖެއްސެވުން
ޖާވިދު ނަސީމް
ގޯލްޑް 100 ގާލާ
ގޯލްޑް 100 ގާލާގެ އެކްސްކްލޫސިވް ރިއަލް އެސްޓޭޓް ޕާރޓަނަރަކަށް ޖާހް!
 
ގޯލްޑް 100 ގާލާ 2019 އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި
 
މިއީ އެ ކުންފުނިން ގޯލްޑް 100 އެވާރޑުގެ ޕާރޓްނަރަކަށް ވާ ފުރަތަމަ ފަހަރު
 
ޖާހުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޖަހުދާން

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބިޒްނަސް އެވާރޑް ކަމުގައިވާ "ގޯލްޑް 100 ގާލާ" ގެ އެކްސްކްލޫސިވް ރިއަލް އެސްޓޭޓް ޕާރޓަނަރަކަށް ޖާހް ކުންފުނި އައްޔަނު ކޮށްފިއެވެ.

ރާއްޖޭގެ ވިޔަފާރިތަކުން ހޮވާލެވޭ 100 ވިޔަފާރިއަށް އެވޯޑު ދިނުމަށް ފަށާފައިވާ ގޯލްޑް 100 ގާލާގެ އެކްސްކްލޫސިވް ރިއަލް އެސްޓޭޓް ޕާރޓަނަރަކަށް ވުމުގެ އެއްބަސްވުމުގައި ޖާހުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޖަހުދާން ޖައުފަރެވެ. މިއީ އެ ކުންފުނިން ގޯލްޑް 100 އެވޯޑުގެ ޕާރޓްނަރަކަށް ވާ ފުރަތަމަ ފަހަރެވެ.

އޮރްކާ މީޑިއާ ގްރޫޕާއި، ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެވޯޑް ހަފުލާއެކެވެ.

ގޯލްޑް 100 އަދި ގޯލްޑް 100 ގާލާއަކީ ރާއްޖޭގެ ވިޔަފާރިތަކުގެ އަގުވަޒަންކޮށް، ހާމަކަން ބޮޑު ގޮތެއްގައި ހޮވާލެވިގެންދާ ވިޔަފާރިތަކެއްގެ މައްޗަށް އެކުލެވޭ ލިސްޓެކެވެ. އެގޮތުން ގޯލްޑް 100 ގާލާ 2019 އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި ދަރުބާރުގޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް