އަންގާރަ 10 ޑިސެންބަރު 2019
01 މުލަ
1441 ރަބީޢުލްއާޚިރު 13
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14
ކުޅިވަރު - ވޯލްޑްކަޕް ކޮލިފިކޭޝަން

ގުއާމް މެޗު ފަސޭހައެއް ނުވާނެ، ނިކުންނާނީ އިހުތިރާމާ އެކު: ސެގާޓް

  • ގުއާމް މެޗަށް ރާއްޖެ އޮތީ ތައްޔާރަށް
  • ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައި ވަނީ ގުއާމް އަތުން އެކަނި

އަތޫފް އާތިފް
AthifAthoof

ކ. މާލެ 18 ނޮވެންބަރު 2019 | ހޯމަ 15:39 1,911

ޕީޓާ ސެގާޓް - ރާއްޖެ އޮންލައިން

ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެ އަދި ގުއާމް އަންގާރަ ދުވަހު ބައްދަލުކުރާއިރު މި މެޗު ފަސޭހަ ނުވާނެ ކަމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

ސެގާޓް ބުނީ ގުއާމްގައި ކުޅުނު މެޗުން ރާއްޖެއަށް މޮޅެއް ލިބުނަސް، މި މެޗު ފަސޭހަ ކޮށްލައިގެން ތިބެވެން ނެތް ކަމަށާއި މި މެޗަށް ރާއްޖެއިން ނިކުންނާނީ ގުއާމް ޓީމަށް ދޭންޖެހޭ އިހުތިރާމް ފުރިހަމައަށް ދީގެން ކަމަށެވެ.

ސެގާޓް އިތުރަށް ބުނީ ގުއާމް މެޗަށް ރާއްޖެއިން ނިކުންނާނީ ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށާއި، ގުއާމަށް މި މެޗަށް ނިކުންނައިރު އެއްވެސް މެޗަކުން އެޓީމު މިހާތަނަށް މޮޅުވެފައި ނުވާތީ އެ ޓީމުގެ އަމާޒަކަށް ވާނީ ރާއްޖޭގެ ދަނޑުގައި ރާއްޖެ ބަލިކުރުން ކަމަށާއި، އެ ކަމަށް އެޓީމުން މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ކަމުން ރާއްޖެއިން މި މެޗަށް ނިކުންނާނީ އެކަން ދަނެގެން ކަމަށް ވެސް ސެގާޓް ބުންޏެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. އަދި ފިލިޕީންސް އަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް