ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 10:39
ހޯމް މިނިސްޓަރު އިމްރާން ފަށާއިރު ޕްރޮގްރާމްގައި
ހޯމް މިނިސްޓަރު އިމްރާން ފަށާއިރު ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ހޯމް މިނިސްޓަރު އިމްރާން
އިންސާނުންް ބޭތިއްބޭ ތަނަކަށް ދޫނިދޫ ޖަލު ހަދަނީ
 
ޖަލުގެ ހާލަތު ރަނގަޅުވާނީ އޮފިސަރުންގެ ވިސްނުން ބަދަލުވެގެން ކަމަށް ވިދާޅުވި
 
ގައިދީންނަށްދޭ ހިދުމަތްތައް އިތުރުވެފައިވާކަން ފާހަގަކުރެއްވި
 
ޖަލުގެ ހާލަތު ކުރިޔަށް ވުރެ ރަނގަޅު ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި

ދޫނީދު ޖަލު ތަޅާލައި، އިންސާނުން ބޭތިއްބޭ ތަނަކަށް އެ ޖަލު ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރސް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ސަރުކާރު ވުޖޫދަށް އައުމަށް ފަހު ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ގައިދީންނަށް، އާއިލާއާ އެކު ބާއްވާ ބައްދަލުވުންތަކަށް ދެ ގަޑިއިރަށް ބަދަލުކޮށް، ފޯނު ކޯލު ކުރެވޭނޭ އިންތިޒާމު ބިދޭސީ ގައިދީންނަށްވެސް ހަމަޖައްސައި ދިނުމުގެ އިތުރުން ގައިދީންނަށް ވަކީލުންނާ ބައްދަލު ކުރުމުގެ އިންތިޒާމު އޮންލައިންކޮށް ހުށައެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ، ޖަލުތަކުގެ ޖާގަ އިތުރުކޮށް ކުރިން ޖަލުގެ ހާލާތު ހުރި ވަރަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ.

ދޫނިދޫ ޖަލުގެ ހާލަތު ބަޔާން ކޮށްދެއްވަމުން ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތް އިމްރާން ވިދާޅުވީ، ދޫނިދޫ ޖަލު ތަޅާލަން ތައްޔާރީތަކެއްވި ކަމަށާއި، އެކަމަކު އެކަން ފަސްކުރަން ޖެހުނު ކަމަށެވެ. އޭގެ ފަހުން އިމްރާން ވިދާޅުވީ، އަންނަ އަހަރު ދޫނިދޫ ޖަލު ތަޅާލައި އެތަނުގައި ޖަލު އެޅިގެންދާނެ ކަމަށެވެ.

އިމްރާނު ވިދާޅުވެފައިވާ ގޮތުން ޖަލުގެ ހާލަތު ރަނގަޅު ވެގެންދާނީ ޖަލުގެ އޮފިސަރުންގެ ވިސްނުން ބަދަލުވެ، އެ އޮފިސަރުންނަކީ އިންސާނުންގެ ކަރާމާތަށް އިހްތިރާމް ކުރާ ބަޔަކަށް ވުމުންނެވެ.

ދޫނިދޫ ޖަލުގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވެފައިވާއިރު، ޖަލުގެ ހާލަތު ބެލުމަށް ފަހު ޖަލު އޮޑިޓް ރިޕޯޓެއް ނެރެފައިވެއެވެ. ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ޖަލުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
57%
0%
29%
14%
0%
ކޮމެންޓް
17 ނޮވެންބަރ 2019 | އާދީއްތަ 16:54
ފެރޭތަ
މާ ލަސްވެސް ވެޖެ.