ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 09:02
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ސޯލިހް ސަރުކާރަށް 1 އަހަރު
ސިއްހީ ހިދުމަތް ހޯދަން އުފުލަންޖެހޭ ތަކްލީފަށް ނިމުން ގެނައުމުގެ މަސައްކަތް ފެށުނު އަހަރެއް
 
އަތޮޅު ތެރޭގައި ސީޓީ ސްކޭން، ކާޑިއެކްސް ސެންޓަރ، މޯބައިލް ލެބޯޓަރީ ފަދަ މަސައްކަތް ހިމެނޭ
 
17 ކަމެއް އެއް އަހަރު ދުވަހުގެ ތެރޭގައި ވަނީ ހާސިލްކޮށްފައި

ރާއްޖޭގެ ސިއްހީ ދާއިރާގެ ވާހަކައަކީ ރައްޔިތުން އަބަދުވެސް އެ ދާއިރާއެއްގެ ކަންބޮޑުވުން ފާހަގަކޮށް އެކަމުގެ ޝަކުވާ ކުރަމުން އައި ދާއިރާއެކެވެ. ސިއްހީ ހިދުމަތް ހޯދަން މާލެ އަންނަން ޖެހުމާއި، ރަށުގައި ހުރެގެން އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބުމުގެ ވާހަކައަކީ އަބަދުވެސް ރައްޔިތުންގެ ނިންމުމެއް ނެތް ޝަކުވާއެކެވެ.

ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންގެ ލޮލުގައި އަނދުންތަކެއް އަޅުވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން ރާއްޖޭގެ ގިނަ ރައްޔިތުންގެ ތާއިދާއެކު ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ރާއްޖޭގެ ސިއްހީ ނިޒާމް ކޮޅަށް ޖެހުމުގެ ވައުދުފުޅެވެ.

ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ގެންނަވާނެކަމުގެ ވައުދާއެކު ސަރުކާރަށް މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ކަންކަން ބަލާލުން މުހިންމެވެ. ރިޕޯޑް ކާޑުން މާކްސް ލިބޭނެ ގޮތް ކޮށްފައި ހުރި މަސައްކަތް ބަލާލުމުން އެނިގެންދާނެއެވެ. އެގޮތުން މި ބަލާލަނީ ރަށުގައި ތިބެގެން ނުވަތަ ރަށާ އެންމެ ކައިރިން އެ ސިއްހީ މުހިންމު ހިދުމަތްތައް ދިނުމަށް ކޮށްފައިވާ މަސައްކަތަށެވެ.

އަތޮޅު ތެރޭގައި ފުރަތަމަ ފަހަރަށް ސީޓީ ސްކޭންގެ ހިދުމަތް ތައާރަފްކުރުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް އަދި ސީޓީ ސްކޭންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ހެލެތް މިނިސްޓަރ އަމީން -- ފޮޓޯ: މިނިސްޓްރީ

މިދިޔަ އަހަރުގެ ޖުލައިމަހާއި ހަމައަށް ރާއްޖޭގައި ސީޓީ ސްކޭންގެ ހިދުމަތް ލިބެމުން އައީ ހަމައެކަނި މާލެ އަދި ހުޅުމާލެއިންނެވެ. ނަމަވެސް މި އަހަރުގެ ޖުލައިމަހު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ދިނުމަށް ސީޓީ ސްކޭން މެޝިނެއް ގާއިމްކުރެވި އޮކްޓޫބަރު 11، 2019 ގައި ވަނީ ރަސްމީކޮށް ހިދުމަތްދޭން ފަށާފައެވެ. ޖުލައި މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް 90 އަށްވުރެ ގިނަ މީހުން ވަނީ ސީޓީ ސްކޭންގެ ހިދުމަތް ހޯދާފައެވެ.

މި ހިދުމަތުގެ ސަބަބުން ހއ. ހދ. ށ. އަދި އެ ސަރަހައްދުގެ ރައްޔިތުން ސީޓީ ސްކޭންގެ ހިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަންޖެހޭ ޖެހުމަށްވަނީ ހައްލު ލިބިފައެވެ. އަދި މި ހިދުމަތުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ އެއްގޮތަށްވުރެ ގިނަ ގޮތުން ލުއިލިބިފައެވެ.

މީގެއިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން އައްޑު ސިޓީގައި އަލަށްހުޅުވާ ޓާޝަރީ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް އަދި ސީޓީ ސްކޭންގެ ހިދުމަތް ފެށުގެ ރަސްމިއްޔާތުގައި ހެލެތް މިނިސްޓަރ އަމީން -- ފޮޓޯ: މިނިސްޓްރީ

އަތޮޅު ތެރޭގައި ފުރަތަމަ ފަހަރަށް ކާޑިއެކް ސެންޓަރެއް ގާއިމްކުރުން

ހިތުގެ ބަލިތަކަށް ބޭނުންވާ ފަރުވާދިނުމަށް އަތޮޅު ތެރޭގައި ފުރަތަމަ ފަހަރަށް ހިދުމަތް ދެވެން ފެށުނީ އޮކްޓޯބަރ 11، 2019 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. ކުޅުދުއްފުށީގައި ގާއިމްކުރެވުނު ކާޑިއެކްސެންޓަރުން އެ ސަރަހައްދުގެ ރައްޔިތުންނަށް އަންނަނީ ހިދުމަތް ދެމުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުން

އޮކްޓޫބަރ 112، 2019 ގައި މިހާތަނަށް އެމްބިއުލާންސް ދުވަހަކުވެސް ލިބިފައިނުވާ 4 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފައިވެއެވެ. އަދި މިއާއެކު ރާއްޖޭގެ ހުރިހާ ރަށަކަމަށް އެމްބިއުލާންސް ހަމަކުރެވުނެވެ.

މީގެއިތުރުން އަތޮޅުތެރޭގެ ހުރިހާ ހޮސްޕިޓަލްތަކަށް ޕެރެމެޑިކް އެމްބިއުލާންސްގެ ހިދުމަތްތައް ވެސް ފުޅާކުރެވިގެން ދިޔައެވެ. މީގެ ކުރިން ޕެރެމެޑިކް އެމްބިއުލާންސްގެ ހިދުމަތް ލިބެމުން އައީ 4 ރަށަކުންނެވެ. އެއީ ހދ. ކުޅުދުއްފުށި. ލ. ގަން، ފުވައްމުލައް ސިޓީ އަދި އައްޑު ސޓީއަށެވެ.

ނަމަވެސް އޮކްޓޫބަރު 12 ގައި އިތުރު 21 ރަށަކަށް ޕެރަމެޑިކް އެމްބިއުލާންސް ހަވާލުކުރެވުނެވެ.

ޕެރެމެޑިކް އެމްބިއުލާންސް ހަވާލުކުރެވުނު ރަށްތައް:

  • ހއ. ދިއްދޫ
  • ހދ. ހަނިމާދޫ
  • ށ. ފުނަދޫ
  • ނ. މަނަދޫ
  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • ބ. ދަރަވަންދޫ
  • ޅ. ނައިފަރު
  • ކ. މާފުށި
  • އދ. މާމިގިލި
  • ދ. ކުޑަހުވަދޫ
  • ތ. ތިމަރަފުށި
  • ގއ. ވިލިނގިލި
  • ގދ. ތިނަދޫ
  • ސ. ހުޅުދޫ
  • ރ. ދުވާފަރު
  • ނ. މާފަރު
  • ތ. ވޭމަންޑޫ
  • ލ. އިސްދޫ ކަލައިދޫ
  • ނ. ކެނޑިކުޅުދޫ
ރަށްރަށަށް ފޮނުވަން ގެނައި އެމްބިއުލާންސްތައް -- ފޮޓޯ: ރާއްޖެ.އެމްވީ

މޯބައިލް ލެބޯޓަރީ ސަރވިސް ގައިމްކުރުން

ރާއްޖޭގެ ހުރިހާ ރަށަކަށް ލެބޯޓަރީގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މޯބައިލް ލެބޯޓަރީގެ ހިދުމަތް ތައާރަފްކުރެވުނީ އޮކްޓޯބަރ 21، 2019 ގައެވެ. އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ އަމާޒުގައި ފެށުނު މި މަސައްކަތުގެ ތެރެއިން ފުރަތަމަ ހިދުމަތް ތައާރަފްކުރެވުނީ ލ. އަތޮޅުގައެވެ. ރާއްޖޭގައި ލެބޯޓަރީގެ ހިދުމަތް ލިބެމުންދަނީ 90 ރަށެއްގައެވެ. ބާކީ ހުރި ހުރިހާ ރަށަކަށް ހިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯބައިލް ލެބޯޓަރީގެ ސަރވިސްގެ ދަށުން ރައްޔިތުންނަށް ރަށުގައި ތިބިގެން ޓެސްޓްކޮށް އެދުވަހު ޓެސްޓްގެ ނަތީޖާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ސިއްހީ ހިދުމަތް ޑިޖިޓަލައިޒް ކުރަން ފެށުނު މަސައްކަތް

މި މަސައްކަތުގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އެއްވިއުގައަކުން ގުލާލުމުގެ މަސައްކަތް ނިންމާފައިވަނީ މަރޗް 26 ގައެވެ. މި ވިއުގައިގެ ތެރެއިން އެންމެ ފުރަތަމަ ތައާރަފްކުރެވުނު ހިދުމަތަކީ އާސަންދައިގެ ވިނަވި ޕޯޓަލްގެ ހިދުމަތެ.

މި ވިއުގައިގެ ތެރެއިން އިންވެންޓްރީ މެނޭޖްމަންޓް ސިސްޓަމް، ހޮސްޕިޓަލް އިންފޮރމޭޝަން ސިސްޓަމް، ޑިސްޓްރިކްޓް ހެލްތް އިންފޮމޭޝަން ސިސްޓަމް 2 ތައާރަފްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

މީގެއިތުރުން ސެންޓަރ ފޮރ މެންޓަލް ހެލްތް ހުޅުމުމާއި، އެޗްޕީވީ ވެކްސިން ތައާރަފްކުރުމާއި، ބޭސް ތަހުލީލުކުރަން ފެށުމާއި، ދިވެހި ބޭސްވެރިކަމުގެ މަހާސިންތާ ބާއްވާފައިވެއެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ތެލެސީމިއާކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމާއި، 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް ރާއްޖޭގެ 6 އަތޮޅެއްގައި ޖީން އެކްސްޕާޓް މެޝިން ބެހެއްޓި ޓީބީއަށް ސްކްރީން ކުރުން ހަލުވިވެގެން ދިޔައެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން -- ފޮޓޯ: ރާއްޖެ.އެމްވީ

ޕޭޝަންޓް ސޭފްޓީ ފްރޭމެއް އެކުލަވާލުން

ޕޭޝަންޓް ސޭފްޓީ ފުރޭމްވޯކް ސެޕްޓެމްބަރ 17، 2019 ވަނަ ދުވަހު އެކުލަވާލާ ނިމި ފޯކަލް ޕޮއިންޓިން ކަނޑައެޅުމަށްފަހު، ފޯކަލް ޕޮއިންޓުން ވަނީ މި ފްރޭމްވޯކަށް އަހުލުވެރިކުރުވާފައެވެ. ހެލްތް މިނިސްޓްރީން ވަނީ ސިއްހީ ހިދުމަތާއި ގުޅޭ ޝަކުވާ ހުށަހަޅާ ނިޒާމް ގާއިމްކުރެވިފައެވެ.

އަދި މިއާއެކު ނެޝަނަލް އެމްބިއުލާންސް ހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކޯލް ސެންޓަރ ގާއިމްކުރެވި، އެމްބިއުލާންސް ހަނިކުރެވި މުވައްޒަފުންވަނީ ރެކްރޫޓް ކުރެވިފައެވެ. އަދި މހާރު ކުރިއަށްދަނީ އެކަމުގެ ތަމްރީން ދިނުމާއި، ހިދުމަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައްވުމުގެ ،މަސައްކަތް ވަނީ ފެށިފައެވެ. މީގެ އިތުރުން ޑައިލިސިސް ސެންޓަރުގެ ހިދުމަތާއި ދަތުގެ ފަރުވާ ހިދުމަތްވަނީ އުތުރުގެ ރަށްތަކަށް ލިބޭނެ ގޮތަށް ފަސޭހަކޮށްދީފައެވެ.

މިއީ މިހާތަނަށް މަސައްލަތް ކުރަން ސަރުކާރުން ނިންމި ނިންމުމުކެވެ. ރިޕޯޓް ކާޑަށް މާކްސް ދޭން ކިޔުންތެރިންގެ އަތްމައްޗަށް ދޫކޮށްލާނަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
17 ނޮވެންބަރ 2019 | އާދީއްތަ 10:33
ނީސް
ސަރުކާރަށް 1 އަހަރުވެގެން ދިޔަ އިރުވެސް ދަރިންނުލިބޭ މީހުންނަށް އެ އްވެސް އު އްމީދެ އް ނެތް އެމީހުންނަށް އާސަންދަ އ އިން ދަރި އަކު ހޯދިމަށް ބޭސްކުރެވޭގޮތެ އް އަދިވެސްނެތް