ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 02:40
ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ރައީސް ސޯލިހް ސަރުކާރަށް 1 އަހަރު
ސަރުކާރަށް އެއް އަހަރު: ޖެންޑަރއިން ދަނީ އެންމެންގެ ހައްގުގައި ވަކާލާތުކުރަމުން!
 
ރައްޔިތުންގެ ދިރިއުޅުމަށް ބަދަލު އަންނާނެ ކަންކަން ކުރުމަށް އިސްކަންދޭ
 
ކުޑަ ކުދިންގެ ހިމާޔަތާ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރާނެ
 
ހިތްހަމަޖެހޭ ވަރުގެ ކުރިއެރުންތަކެއް ވަނީ ހޯދިފައި

ޒަމާނުއްސުރެ ގިނަ ރައްޔިތުންނަށް ވިސްނިފައި އޮންނަނީ ޖެންޑަރ މިިނިސްޓްރީއަކީ އަންހެނުންނާއި، ކުޑަކުދިންނަށް ރައްކާތެރިކަން ދޭ މުއައްސާސާއެއްގެ ގޮތުގައެވެ. މިހެން މިގޮތަށް ރައްޔިތުންނަށް ވިސްނުނު ސަބަބެއް ވެސް އޮންނާނެއެވެ. ނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މިސަރުކާރާއެކު ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކުރެވި، ވަކިޖިންސަކަށް ބެލުމެއްނެތި އެންމެނަށް ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ މުއައްސަސާއަކަށް މިއަދު އެމިނިސްޓްރީ ވަނީވެފައެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް އެއް އަހަރުވެފައިވާއިރު، ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ހިތްހަމަޖެހޭވަރުގެ ކުރިއެރުންތަކެއް ހޯދިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މިއަދު އެމިނިސްޓްރީއަކީ އަނިޔާ ލިބޭނަމަ ނުވަތަ ލިބިފައިވާ ފަރާތެއްނަމަ ކޮންމެ މީހެއްގެ ހައްގުގައި ދަނީ ވަކާލާތު ކުރަމުންނެވެ.

އެގޮތުން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ކަމަށްވާ، ކުޑަކުދިންގެ ހިޔާ، ފިޔަވަތި ތަންތަނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ކުޑަކުދިންނަށް މިތަންތަނުން ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ޕްލޭން އެކުލަވާލައިގެން ތަންފީޒު ކުރަމުންދާއިރު، ހެޔޮ ބަދަލުތަކެއް ފެންނާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ހާލަތު ދިރާސާކޮށް ބަދަލުތަކާއެކު ޑިސެންބަރު މަހު ހުޅުވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. މިތަންތަނުގެ އިންފްރާސްޓަކްޗަރއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުޑަކުދިން ބަލަހައްޓަމުންދާ ފިޔަވަތި -- ފޮޓޯ: ރާއްޖެ.އެމްވީ

ޖެންޑަރ މިނިސްޓްރީން ކުރެވުނު މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓަރު ޝިދާތާ ވިދާޅުވީ އަންހެނުންގެ ތަރައްގީއާ އަންހެނުންގެ ބާރުވެރިކަމާ ގުޅުންހުރި ގާނޫނުތައް ތަންފީޒު ކުރުމާ އެމައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ޕްރޯއެކްޓިވް ދައުރެއް އަދާކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބައިނަލްއަގްވާމީ ފްލެޓްފޯމްތަކުގައި ވެސް ވަކާލާތު ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ގާނޫނެއް އިތުރު އިސްލާހުތަކާ މިހާރުގެ ހާލަތަށް ރިޔާއަތްކޮށް، އެގެންނަން ޖެހޭ ބަދަލުތަކާއެކު އަލުން ރައްޔިތުންގެ މަޖިލީހުން ހުށަހެޅިގެންދާނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ އެއްބާރުލުމާއެކު އެގާނޫނު ވުޖޫދުވެގެން ދިއުމަކީ މިދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ގާނޫނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝިދާތާ ވިދާޅުވީ އާއިލީ މައްސަލަތަކުގަ އަވަސްކުރުމާ އަދި އެކަންކަން އެންމެ ހަރުދަނާކުރުމުގެ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި، މިމަސައްކަތް ކުރަނީ މުޖުތަމައުގެ އަންހެނުންނާއި ފިރިހެނުންގެ ހައްގުތައް ރައްކާތެރިކުރަން ކަމަށެވެ.

ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގައި ޖެންޑާ މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

ޖެންޑަރ މިިނިސްޓްރީގެ މެންޑިޑޭޓްގެ މަސައްކަތްތައް ހަރުދަނާކުރުމުގެ އިތުރުން އެމިނިސްޓްރީން ވަނީ މުއައްޒަފުން މިގެންނަންޖެހޭ ކުރިއެރުންތަކާއި، ޚިދުމަތްދޭން ތިބޭ ޚިދުމަތްތެރިންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އޭގެ ނަތީޖާއެއް ގޮތުން ކުރިއަށްވުރެ މިހާރު މައްސަލަތައް ބެލުމުގައި އަވަހެވެ.

މީގެ އަހަރުތަކެއް ކުރިން ވަކި ގޮތަކަށް މިނިސްޓްރީ ލޭބަލް ކުރެވުނު ނަމަވެސް ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ފޮނިކަމަށް ޖެންޑާރއިން ބުނެއެވެ. އައިޑީކާޑު މުއްދަތުހަމަވި ނަމަވެސް އާސަންދަ ފަދަ ޚިދުމަތްތައް ލިބޭ ގޮތް ހެދުމާއި، ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި މެލޭޝިޔާ ގައުމުތަކުގެ ވަކި ސަރަހައްދުތަކުން އަައިޑީކާޑްއަށް އާސަންދަ ލިބޭ ގޮތަށް ހަމަޖެއްސުމުން މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލު އަންނާނެ ކަންކަން ކުރުމަށް ކަމަށް ފާހަގިވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް