ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 00:26
ރައީސް ޔާމީން-
ރައީސް ޔާމީން-
މޯލްޑިވްސް އިންޑިޕެންޑެންޓް
ރައީސް ޔާމީން
ރައީސް ޔާމީން ހިންގާފައިވާ "ޖަރީމާ": އަމިއްލަފުޅު އެކައުންޓަކަށް 57 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ!
 
އެސްއޯއެފުން ޖަމާކުރި ކަމަށްބުނާ 1 މިލިއަން ޑޮލަރުގެ ދެ ޗެކް ޖަމާކޮށްފައިވަނީ، 2015 އޮކްޓޯބަރު 12 އަދި 13 ގައި
 
ބޮޑެތި އަދަދުތަކުުން ނަގުދު ފައިސާ ޖަމާކޮށް، ނަންގަވާފައިވޭ
 
2015 ވަނަ އަހަރުގެ ޖުލައި މަހުގެ 5 އަދި 6 ވަނަ ދުވަހު، ކޮންމެ ދުވަހަކު 10 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ޖަމާކޮށްފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކު އެކައުންޓަކަށް 57 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ.

"ރާއްޖެއެމްވީ"އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ އެކައުންޓަކީ ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ކުރާ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށްބުނާ، އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓެވެ.

އެ އެކައުންޓުން ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރ ކުރުމުގެ ދައުވާގެ އަސްލު ކަމަށްވާ، 1 މިލިއަން ޑޮލަރުގެ ޖަމާކޮށްފައިވަނީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 12 އަދި 13 ވަނަ ދުވަހު 500،000.00 ޑޮލަރުގެ ދެ ޗެކަކުން ނެވެ.

މީގެއިތުރުން ވެސް، ވަރަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައި ވެއެވެ. އޭގެ ތެރޭގައި އެއްފަހަރާ 10 މިލިއަން ރުފިޔާގެ ނަގުދު ފައިސާ 2015 ވަނަ އަހަރުގެ ޖުލައި 5 ވަނަ ދުވަހު ޖަމާކޮށްފައިވާއިރު، ޖެހިގެން އައި ޖުލައި 6 ވަނަ ދުވަހު ވެސް 10 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ.

އިސްލާމިކް ބޭންކުގައި އޮންނަ ރައީސް ޔާމީނުގެ ބޭންކް އެކައުންޓަށް 41 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާއިރު، ޑޮލަރުން ޖަމާކޮށްފައިވަނީ ހަމައެކަނި އެސްއޯއެފުން ޖަމާކުރި ކަމަށް ބުނާ 1 މިލިއަން ޑޮލަރު އެކަންޏެވެ. އެހެންކަމުން އެ އެކައުންޓަށް 57 މިލިއަން ރުފިޔާއަށްވުރެ ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެއެވެ.

ރައީސް ޔާމީނުގެ އަމިއްލަފުޅު އެ އެކައުންޓަށް ބަލާއިރު، ގިނަ އަދަދެއްގެ ފައިސާ ނަންގަވާފައިވެސް ވެއެވެ. އަދި 17 ފެބްރުއަރީ 2016ގެ ނިޔަލަށް އެމަނިކުފާނުގެ އެ އެކައުންޓަގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް ވެއެވެ.

  1. 1. 2013 ނޮވެމްބަރު 28 ގައި: 2،000،000.00ރ ނަގުދު ފައިސާ
  2. 2. 2013 ނޮވެމްބަރު 28 ގައި: 2،000،000.00ރ ނަގުދު ފައިސާ
  3. 3. 2013 ޑިސެމްބަރު 03 ގައި: 4،700،000.00ރ ނަގުދު ފައިސާ
  4. 4. 2014 ޖެނުއަރީ 29 ގައި: 2،500،000.00ރ ނަގުދު ފައިސާ
  5. 5. 2014 އޭޕްރީލް 23 ގައި: 5،000،000.00ރ ނަގުދު ފައިސާ
  6. 6. 2015 މެއި 12 ގައި: 3،000،000.00ރ ނަގުދު ފައިސާ
  7. 7. 2015 މެއި 12 ގައި: 2،000،000.00ރ ނަގުދު ފައިސާ
  8. 8. 2015 ޖުލައި 5 ގައި: 10،000،000.00ރ ނަގުދު ފައިސާ
  9. 9. 2015 އޮގަސްޓް 6 ގައި: 10،000،000.00ރ ނަގުދު ފައިސާ
  10. 10. 2015 އޮކްޓޯބަރު 12 ގައި: 500،000.00 ޑޮލަރު، ޗެކަކުން
  11. 11. 2015 އޮކްޓޯބަރު 13 ގައި: 500،000.00 ޑޮލަރު، ޗެކަކުން
  12. 12. 2015 ޑިސެމްބަރު 17ގައި: 400،000.00ރ ޗެކަކުން
  13. 13. 2015 ޑިސެމްބަރު 30 ގައި: 150،000.00ރ ޗެކަކުން

ރައީސް ޔާމީނުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ މުސާރައަކީ މަހަކު 100،000.00ރ (އެއްލައްކަ ރުފިޔާ) އެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި އެމަނިކުފާނުގެ މަގާމުގެ މުސާރައިގެ ގޮތުގައި ލިބިލައްވާނީ ޖުމްލަ 6 މިލިއަން ރުފިޔާ އެވެ. އެހެންވީއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކު އެކައުންޓަށް 57 މިލިއަން ރުފިޔާ ޖަމާވާންޖެހޭ ސަބަބާމެދު ސުވާލު އުފެދެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ވިޔަފާރީގެ މުޢާމަލާތް ކުރުމަކީ ޤާނޫނުން މަނާ ކަމެކެވެ. އެނގިފައިވާ ގޮތުގައި އަދި ރައީސް ޔާމީނު ވެސް ވިދާޅުވާ ގޮތުން އެމަނިކުފާނަކީ އެއްވެސް އިރެއްގައި ވިޔަފާރިއެއް ކުރައްވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން އެވަރުގެ ބޮޑެތި ޢަދަދުތަކުން، އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކޮށް، ފައިސާގެ ބޮޑެތި މުޢާމަލާތްތައް ހިންގާފައިވަނީ ކޮންގޮތަކަށް އެމަނިކުފާނު ހޯއްދެވި ފައިސާތޯއާމެދު ރައްޔިތުން ސުވާލު އުފައްދަ އެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައި، މާލޭގެ އެންމެ ހިތްފަސޭހަ ސަރަހައްދުން ބޮޑު ގޯއްޗެއް ލާޖެއްސެވީކަމަށް ވިދާޅުވެ، ބައްލަވާގަނެފަ އެވެ. އެގެ މިހާރު ދަނީ 17 ބުރިއަށް އިމާރާތްކޮށް ނިންމަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު ވެސް މާލީ ބަޔާން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހެ އެވެ. ނަމަވެސް އެކަންވެސް ރައީސް ޔާމީން ކުރައްވާފައި ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
23%
6%
2%
58%
2%
8%
ކޮމެންޓް
7 އޭޕްރިލް 2020 | އަންގާރަ 19:02
ޙޭބަލި
ފަޒީންތިވަރުންނޫޅުނަސްބޮރޯޑްކޮމްގެމެންބަރުކަންލިބޭނެޔޭ
7 އޭޕްރިލް 2020 | އަންގާރަ 14:54
ކިނބޫ
މޫނު ބެލިމޭ ކިޔައިގެން ހޭވި އެތި ވަތަކުތޯ ޖެހުނީމަ އެހެން މޭރުމަކުން ފެށީ؟ އިންޝާﷲ ކޮވިޑްގެ ވަބާ ކަލޭމެނަށް ވޭނެއް ކަމުފައި ލައްވާށި އާމީން!
17 ނޮވެންބަރ 2019 | އާދީއްތަ 12:14
އެދުރު ހަސަން.
މި ވައްކަންކުރީ ރޯމާދުވާލު އެންމެންކުރިމަތިން. .ވާހަކަ ދިގުކުރާނެ ކަމެއްނެތް. ރައިއްޔަތުންނާއި ފުލުހުން ނިކުމެ މީނަ ހިފާ ހައްޔަރު ކުރެވޭނެ ގާނޫނީ ނިޒާމެއް އެބަހަމަ ޖައްސަންޖެހޭ. މީނައަކީ ރައިއްޔަތުންގެ ދަރުބާރައް ހާޒިރު ކުރަންޖެހޭ މީހެއް.
17 ނޮވެންބަރ 2019 | އާދީއްތަ 11:42
ޝަހީދު
އަޅުގަނޑު އަންތަރީސް ވެއްޖެ، ނޫސްވެރިޔާ ޔޫ.އެސް ޑޮލަރު އެކައުންޓަކަށް ދިވެހި ރުފިޔާ ޖަމާކޮށްފި ކަމަށް ބުނުމުން! މިއީ ދުވަހަކުވެސް ބޭންކަކުން ކުރާނެ ކަމެއް ނޫނެވެ. މިހާރުގެ ސަރުކާރުން ވެރިކަމަށް އައީ ވެސް އެތައް ދޮގު އިލްޒާމެއް ރައީސް ޔާމީނުގެ އިސްތަށިފުޅުގަ އަޅުވައިގެންނެވެ. އެކަމަކު ނަން ހުސްވަންދެން ކޮމިޝަންތައް ހައްދަވައިގެން ކުރެއްވި ކޮންމެ ތަޙްޤީގަކުން ހާމެވެގެންދިޔައީ ރައީސް ޔާމީނަކީ މައުޞޫމު ބޭފުޅެއް ކަމެވެ. މި އާރޓިކަލް އަކީ މިއަދު ޙުކުމް ނުކުރެއްވޭތީ، މިއީ ސަރުކާރަށް އަހަރުފުރޭ ދުވަސްކަމަށްވާތީ، ރައީސް ޔާމީން ކިޔައިގެން އެމް.ޑީ.ޕީ ގެ ބޭފުޅުން ހައްދަން ފަތުރާ ދޮގު ބަޔާނެއް ކަމުގައެވެ. މިހިރީ މާދަމާ ޖަވާދާރީ ވާންޖެހޭނެ ވާހަކަތައްކަން ދަންނާށެވެ.
17 ނޮވެންބަރ 2019 | އާދީއްތަ 09:34
ޑިމޮކްރަސީ
ޢެއީ ދިވެހިރައްޔިތުންގެ ފައިސާ އެފައިސާ އޭނަގެ މުދާ ވިއްކައިގެންވެސް ރައްޔިތުންނަށް ހޯދާދޭންޖެހޭނެ
17 ނޮވެންބަރ 2019 | އާދީއްތަ 07:21
އަލީ ތައްކާނު
ތީ ހުސް ދޮގު