ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 02:00
ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީ
މިހާރު
ރައީސް ސޯލިހް ސަރުކާރަށް 1 އަހަރު
ހައުސިން މިނިސްޓްރީ: ރޭވުންތެރިކަމާއެކު ފެށި މަސައްކަތުން، ބޮޑު އިތުބާރެއް ހޯދި!
 
20،000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް 2023 ވަނަ އަހަރު ނިމޭނެ
 
އަތޮޅު ތެރޭގެ ހައުސިންގެ މަސައްކަތްތައް ވަނީ ފެށިފައި
 
ފްލެޓް ދޫކުރާނީ ހައްގުވެރިންނަށް

ޕާޓީގެ މީހުންނަށް ފްލެޓްތައް ބަހާ މައްސަލައެވެ. ނުއަގުގައި ފްލެޓްތައް ގަންނަން އިއުލާން ކުރާ ވާހަކައެވެ. ހައްގު ނޫން މީހުންނަށް ފްލެޓް ދޫކުރި ވާހަކަތަކަކީ މިފާއިތުވެދިޔަ އަހަރުތަކުގައި ރައްޔިތުން އެންމެ ގިނައިން ދައްކަމުންދިޔަ އެއްވާހަކައެވެ. ރައްޔިތުންގެ އިތުބާރު ގެއްލި ގިނަ ތުހުމަތުތަކެއް ހައުސިން މިނިސްޓްރީއަށް ކުރިއެވެ. މިހާލަތުގައި މިނިސްޓްރީ އޮއްވައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވެގެންދިޔައީއެވެ.

އައު ސަރުކާރާއެކު މިނިސްޓްރީތަކުގެ މަސައްކަތް ފެށިގެން ދިޔައީ ގިނަ ގޮންޖެހުންތަކާއެކުއެވެ. އެގޮތުން އެންމެ ބޮޑު އެއްގޮންޖެހުމެއް ކުރިމަތިވި މިނިސްޓްރީއަކީ ހައުސިން މިނިސްޓްރީއެވެ. ނަމަވެސް ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓް މިނިސްޓާރ އައިމިނަތް އާތިފާގެ ބެއްލެވުމުގެ ދަށުން މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބު ކުރެވި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވަރަށް ރޭވުންތެރިކަމާއެކުއެވެ.

މިނިސްޓަރު އާތިފާ ވިދާޅުވާ ގޮތުގައި މިނިސްޓްރީއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރު މިނިސްޓްރީއަށް ލިބުމެވެ. މިހާރު ޕާޓީއަށް ބެލުމަށްފަހު، ނުވަތަ ހައްގު ނޫން ފަރާތްތަކަށް ފްލެޓް ނުދޭނެކަން ރައްޔިތުން ގަބޫލުކުރާކަމަށް ފެންނަ މަންޒަރުތަކުންނާއި، އާންމު ރައްޔިތުންނަށް ބައްދުކުރުމުން އެނގޭ ކަމަށެވެ.

ހައުސިން މިނިސްޓްރީން ހޯދުނު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އާތިފާ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި އިމާރާތް ކުރާ ހައުސިން ޔުނިޓްގެ ތެރެއިން މައްސަލަ ދިމާވި 1500 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

މި ހައުސިންގ ޔުނިޓަތަކަކީ ދެ އަހަރެއްވަންދެން ދޫނުކޮށް، ވީރާނާވުމަށް ދޫކޮށްލާފައިވާ ހައުސިން ޔުނިޓްތަކެވެ. ހައުސިން ޔުނިޓްތައް އިމާރަތްކުރުމަށްފަހު ދޫކޮށްލާފަިއވަނީ އެ ހައުސިން ޔުނިޓްތަކަށް ފެނާއި، ނަރުދަމާގެ ހިދުމަތްވެސް ނުލަ އެވެ. އައު ސަރުކާރާއެކު ކުރަންޖެހުނު މަސައްކަތްތަކުގެ ތެރޭގައި އެ ހައުސިން ޔުނިޓްތަކަށް ފެނާއި ކަރަންޓުލުންވެސް ހިމެނެ އެވެ. އަދި ކައުންސިލްތަކާއި ގުޅިގެން އެ ހައުސިންގ ޔުނިޓްތައް ދޫކުރުމުގެ މަސައްކަތްވެސް ފަށާފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ 2011 ވަނަ އަހަރު ހދ. ނޮޅިވަރަންފަރަށް ބަދަލުވި މީހުންގެ ތެރެއިން ގެދޮރު ނުލިބިތިބި މީހުންނަށް ގެދޮރު އަޅަން ފައިސާގެ އެހީދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އާތިފާ ވިދާޅުވީ ސުނާމީއާ ގުޅިގެން ރ. ދުވާފަރަށް ބަދަލުކުރި މީހުންނަށްށާއި، ދ. ވާނީން ކުޑަހުވަދޫއަށް ބަދަލުކުރި މީހުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. 10 އަހަރަށްވުރެ ގިނަ ދުވަސްފައިވާއިރު، ގެތަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓް މިނިސްޓާރ އައިމިނަތް އާތިފާ -- ފޮޓޯ: ރާއްޖެ.އެމްވީ

މާލެ ހިޔާ މަޝްރޫއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އާތިފާ ވިދާޅުވީ މި މަޝްރޫއު 16 ކެޓަގަރީން ފްލެޓް ކޮމެޓީން ބަލަމުންދާ ކަމަށާއި، ހައްގު ނޫންފަރާތްތަކަށް ފްލެޓް ނުލިބޭނެ ކަމަށެވެ.

ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއްއަހަރު ފުރިގެންދިޔައިރު ހައުސިން މިނިސްޓްރީންގެ މަސައްކަތްތައް ވަރަށް ވެސް ކާމިޔާބެއެވެ. ގިނަ ގޮންޖެހުންތަކާއެކު ނަމަވެސް އެހެން ބަޔަކު ހޭވި ހަޑިއެއްގެ ކުލައާ ވަސް ފިލުވުމަށްފަހު މިވަނީ މަސައްކަތްތައް އަލުން ބަލުން ފަށާފައެވެ. މަގޭ ހިޔާވަހި ޕޯޓަލްއެއް ގާއިމްކޮށް ރައްޔިތުންނަށް ލުއި ފަސޭހަ އެތަކެއް ޚިދުމަތްތަކެއް އެޕޯޓަލް މެދުވެރިކޮށްދަނީ ދެމުންނެވެ. ކިޔުގައި ޖެހުމުގެ މައްސަލައަށް ހައްލު އެޕޯޓަލްއިން ގެނެސްދިން އިރު އަދިވެސް ދަނީ މިޕޯޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކުރިއަށް އޮތް އަހަރަށް ބޯހިޔާވަހިކަމަށް ލުއި ލޯނުތައް ދޫކުރުމާއި، ބޯހިޔާވަހިކަމަށް ފައިސާ ރައްކާކުރުމުގެ މަޝްރޫއު ފެށޭނެއެވެ. އަދި މިސަރުކާރުގެ އެއްވައުދު ކަމަށްވާ 20،000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް މިއަންނަ އަހަރު ފެށުމަށް އަމާޒުހިިފާފައިވާއިރު، 2023 ވަނަ އަހަރު ނިމޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ. ސަރުކާރު އެކުލަވާލާފައިވާ ދުރު ރާސްތާ ޕްލޭންގައި ބޯހިޔާވަހިކަމުގެ ދާއިރާއިން މިއަހަރު ހާސިލްކުރުމަށް އަމާޒުހިފި ގިނަކަންކަން ވަނީ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
6%
35%
0%
47%
6%
6%
ކޮމެންޓް
17 ނޮވެންބަރ 2019 | އާދީއްތަ 12:33
ހަބަރެއް ނުވޭ
ކޮބާ ސިވިލްސާރވިސް ފުލެޓް ލިސްޓް؟ އަދި ވެސް ހަބަރެއް ނުވޭ! އެވާހަކަ ދައްކާ ބަޔާކުވެސް ނެތް.
17 ނޮވެންބަރ 2019 | އާދީއްތަ 07:50
ޢަހުމަދު
ދޮގުނަހަދާ އާތިފާ ރައީސްޔާމީނުވަރުގެ ރަގަލު ހެޔޮބަދަލެއް ގެނުވި ޥެރިޔަކް އަދި މިގަޢުމުގަ ވެރިކަންކޮއްފައެއްނުވޭ ދޮގު އާތިފާ
17 ނޮވެންބަރ 2019 | އާދީއްތަ 07:42
އިހުލާސްތެރި ކަމާއެކު ދިންވޯޓް
ކުޅުދުއްފުށީގަ ހާވާފަ ހުރިހަޑި ހުރީހުރިގޮތައް ހުރީ. މާލެ ފިޔަވާ އެންމެ ގިނައިން ގެދޮރު ބޭނުން ވެފައި ތިބި ބަޔަކު ތިބީ ކުޅުދުއްފުށީގަ 1000ހާ އާއިލާތިބޭނެ.... ސ ފޭދޫގެ ހައުސިން ޔުނިޓް ތަކަށް ވީގޮތައް ވަންނާނެ ބަޔަކު. ނުވެފަ ތިބޭކަށް ނުޖެހޭނެ