ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 23:31
ޑރ އަފްރާޝީމް އަލީ
ޑރ އަފްރާޝީމް އަލީ
މޯލްޑިވްސް އިންޑިޕެންޑެންޓް
ޑރ އަފްރާޝީމް އަލީ
ޕްރޮގްރާމްގައި ކަށު ނަމާދުގެ ވާހަކަދެއްކެވިނަމަ ރަނގަޅުވީސްކަމަށް ބުނެ ބަޔަކު ޑރ. އަފްރާޝީމަށް މެސެޖްކުރި: ކޮމިޝަން
 
އެ މެސެޖުތައް ފޮނުވާފައިވަނީ ސިޔާސީ ބަޔަކު
 
އެ މެސެޖުތަކަކީ ޑރ. އަފްރާޝީމަށް ލިބިވަޑައިގެންނެވި ފަހު މެސެޖުތައް
 
ކޮމިޝަންގެ ރިޕޯޓުގައިި މެސެޖުތަކުގެ ތަފްސީލްވެސް ހިމަނާފައިވޭ

ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެރޭ ލައިވް ޕްރޮގުރާމަކަށް އަރަން އެތަށް ފަހަރެއްގެ މަތިން އެއިރުގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަރިހުގައި އެދިލެއްވިކަން މަރުގެ ކޮމިޝަނުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ކޮމިޝަނަށް ޑރ ޝަހީމް ދެއްވާފައިވާ އިންޓަވިއުއެއްގައި ވާގޮތުން، އެ ދުވަހު ލައިވް ޕްރޮގުރާމަކަށް އެރުމަށް ޑރ. އަފްރާޝީމް މާގިނައިން ގުޅުއްވާތީ އެވަގުތު ބިޒީކޮށް އުޅުއްވުމުން މެސެޖެއް ކުރިކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އެވަގުތު އިންނެވީ ބައްދަލުވުމެއްގައި ކަމަށާއި ފަހުން ގުޅުއްވާނެކަމަށް ޑރ އަފްރާޝީމް އަރިހުގައި ދަންނަވާފައިވާކަމަށް އެ ބަޔާނުގައިވެއެވެ. ޝަހީމް ދެއްވި ބަޔާނުގައިވާގޮތުން އެއްވެސް އެންގުމަކާއި ނުލައި އަމިއްލަފުޅަށް މިނިސްޓްރީ ދޮށަށް ވަޑައިގެން ބައްދަލުކުރުމަށް އެދިލެއްވިކަމަށްވެސް ވެއެވެ.

އިދާރީ ބައްދަލުވުން ނިންމަވައި ޑރ. އަފްރާޝީމާއި ބައްދަލުކުރުމަށް ވިދާޅުވެފައިވާނެކަމަށާއި "ބައްދަލުވުމެއްގައޭ ދެންނެވީމަވެސް ބައްދަލުވުން ނިމެންދެން ބޭރުގައި މަޑުކޮށްލާނަމޭ ބުނެ، ޝަހީމްއާއި ބައްދަލުކޮށްފައި ނޫނީ ނުދާނަމޭ ވިދާޅުވެ އެތައް އިރެއް ވަންދެން އިސްލާމީ މަރުކަޒު ބޭރުގައި" ޑރ އަފްރާޝީމް އިންނެވި ކަމަށް ޑރ. ޝަހީމާއި ހަވާލާދީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނި ޑރ އަފްރާޝީމް އެ ދުވަހުގެ މެންދުރު ނަމާދު ފަހުން ބައްދަލުކޮށް އެރޭގެ ޓީވީ ޕްރޮގުރާމަކަށް އެރޭގޮތް ހަދައިދިނުމަށް އެދިލެއްވިކަމަށެެވެ. "އެރޭ އިންނަ ޕްރޮގުރާމަށް އެރުމަށް އެދިލެއްވީ ސީދާ އެބޭފުޅާ" ޑރ ޝަހީމް ދީފައިވާ ބަޔާނުގައިވެއެވެ.

ޑރ އަފްރާޝީމް އެ ރޭ ޕްރޮގުރާމަށް އަރާ ވަޑައިގެންފައިވަނީ މިނިސްޓްރީން ނުވަތަ މިނިސްޓަރ އެދިގެން ނޫންކަމަށް ބަޔާނުގައިވެއެވެ. ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ޑރ އަފްރާޝީމް "ބައްދަލުކުރެއްވަން ވަޑައިގެންނެވީ އެއްވެސް ވަރަަކަށް އަޅުގަނޑު (ޑރ. ޝަހީމް) އެދިގެން ނޫން" ކަމަށެވެ.

ޑރ އަފްރާޝީމް އެރޭ ޕްރޮގުރާމަށް އެރުމަށް އެދިލެއްވީ ޕްރޮގުރާމަށް އެރޭނެކަމުގެ މައުލޫމާތުކޮން ފަރާތަކުން ދީގެންކަމެއް އެއްވެސް ގޮތަކަށް އެނގިވަޑައިނުގަންނަވާކަމަށް ކޮމިޝަންގެ ރިޕޯޓަށް ޑރ ޝަހީމް ދެއްވި މައުލޫމާތުގެ ތެރޭގައި ހިމެނޭއިރު އެރެއަށް ސީދާ އަރަން ބޭނުންވީ ކީއްވެގެންކަން ނޭގޭކަމަށާއި "އެރޭ އެރުއްވުމަށް މާ ބޮޑަށް އެދިލެއްވި" ކަމަށް ބުނެފައިވެއެވެ. އަދި "ތަކުރާރުކޮށް އެދި ލެއްވިކަމަށް" ރިޕޯޓުގައިވެއެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ވާގޮތުން އެރޭ އޮންނަ ޕްރޮގުރާމަށް ޑރ އަފްރާޝީމް އަރާކަން ދުރާލާ އާންމުންނަށް އެނގިފައި ނުވާނެކަމަށް އެ މިނިސްޓްރީގެ މުވައްޒަފުން ކޮމިޝަނަށް މައުލޫމާތުދީފައިވީ ނަމަވެސް ޑރ. އަފްރާޝީމް އެރޭ ޕްރޮގުރާމަށް އަރާވަޑައިގަންނަވާކަން އަދާލަތު ޕާޓީގެ ބަޔަކަށް ދުރާލާ އެނގިފައިވާކަމަށް ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށްވެސްވެއެވެ.

ކޮމިޝަނުން ތަހުގީގުވާގޮތުން އެ ލައިވް ޕްރޮގުރާމަށް ފަހު ބައެއް ފަރާތްތަކުން ޑރ އަފްރާޝީމަށް ކޮށްފައިވާ މެސެޖުތަކުގައި ކަށު ނަމާދާއި ބެހޭގޮތުން ސީދާ ވާހަކަ ދެއްކިނަމަ މާރަނގަޅުވީސް ކަމަށް ވެއެވެ. އިތުރު މެސެޖުތަށްވެސް ހުރިއިރު ގިނައިން ހުރި މެސެޖުތަކުގައި ހުރީ އެ މޭރުމަކުން ވާހަކަދައްކާފައިކަމަށް އެ މެސެޖުތަކުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
26%
0%
58%
14%
1%
1%
ކޮމެންޓް
17 ނޮވެންބަރ 2019 | އާދީއްތަ 00:25
އެދުރު ހަސަން
ތިބުނާރެއެއްގައި ޑޮކްޓަރު ޝަހީމު އަފްރާޝީމައް ނުގުޅާތަ؟އަހަންނަ ހީވަނީ ދީނީ ގޮތުން ހައްދުންބޭރުވެފަ ތިބި ބަޔަކާއި ސިޔާސީ މަދުބަޔަކު ގުޅިގެން ވަކިބަޔެއްގެ ބޮޅުގަ އަޅުވަން ހިންގި ލާއިންސާނީ އަމަލެއްހެން. މަގުމަތިން ބުނެއުޅޭ ފުލުހުންގެ ތެރޭގައިވެސް ހައްދުން ނެއްޓިފައި އޮންނަ ދީނީ ގުރޫޕެއް އުޅޭ. ވާހަކަ.. ހުސްނުއްސުއޫދު މިހެދީ ކޯއްޗެއް. މިއިން އެއްވެސް ވާހަކަ އެއް ތިރިޕޯޓަކުހިމަނާފައި އެއް ނެތެއްނުން. ހުސްނުއްސުއޫދު ހިތުހުރި އެއްޗެއް ލިއުނީމަ އެވާނެތަ ރިޕޯޓަކައް.. އޭރުކިޔާއުޅުނު ކަމައްވޭ. އަފްރާޝީމު މަރާލިވަގުތު އަންހެން ހެދުމެއް ލައިގެން ހުރި ފިރިހެނަކު އަފްރާޝީމު ގެ ކާރިން ފަތިހު ދުވެފަ ދަނިކޮއް ފުލުހުންގެ ޖިޕައް އަރުވަްިގެން ގެންގޮސް އޭނަ ފޮރުވާފަ އޭގެފަހުން ޖިޕް އައިވާހަކަ. މިވެސް އޭރު. ދެކެވުނުވާހަކައެއް. ތިހެންނެރޭ ރިޕޯޓަކުން އެގޭނެ އެއްޗެއް ހަރާމުން ހަރާމް.ފިނި ކުރާ ކޮޓަޜީގަ ތިބެގެން ދުވަހަކުވެސް ތަހުގީވެއް ހިންގިފައި އެއް ނެތް.ރިޔާސީ ޢިންތިހާބު ކާމިޔާބު ކުރުމައް އެމްޑީޕީ ބޮލުގަ އަޅުވަން ކުރިކަމެ ކޭވެސް އޭރުކިޔާއުޅުޅުނު..
17 ނޮވެންބަރ 2019 | އާދީއްތަ 00:24
ހުސެން
ސަލަފެއް ނޫން އަދާލަތު ޕާޓީ ދޯ؟
17 ނޮވެންބަރ 2019 | އާދީއްތަ 00:07
ނޯ ނޭމް
މަރު ކޮމިޝަނުން ބެލިދާނެބާ ކުއްލި މަރު ތައް ...