ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 19:39
އަޒްލިފް ރައޫފް
އަޒްލިފް ރައޫފް
ޕޮލިސް
މަރު ކޮމިޝަން
އަޒްލިފްއާ ރައީސް ޔާމީނާ ގުޅުމެއް އޮތް: ކޮމިޝަން ރިޕޯޓް
 
އަޒްލީފްއާ ދިމާވީ 2007 ވަނަ އަހަރު: ނާޒިމް
 
އަފްރާޝީމް މަރާއި ގުޅޭ ވާހަކައެއް ރައީސް ޔާމިން ނުދައްކަވާ ކަަމަށް ނާޒިމް ވިދާޅުވެފައިވޭ
 
ރައީސް ޔާމީނުގެ އޮފީހަށް ރަބަރޭވެސް ގޮސް އުޅޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައި

އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާލުމުގައި ބައިވެރިވި އަޒްލިފް ރައޫފްއާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ގުޅުން އޮތް ކަމަށް, މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ޑރ. އަފްރާޝިމްގެ މަރުގެ މައްސަލާގައި، ރިޔާސީ ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަހުގީގަށް ރައީސް ޔާމީން ކުރީގެ ގާތް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ބަޔާނެއް ދެއްވާފާއިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

ނާޒިމް ކޮމިޝަނަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަޒްލިފްއާ ދިމާވެފައިވަނީ 2007 ވަނަ އަހަރުގެ ތެރޭގައި، ރައީސް ޔާމީން އޮފީހުންނެވެ. ޔާމީންގެ އޮފީހަށް އަޒްލިފް ގޮސްއުޅެނީ އާއިލީ ގުޅުމުގެ ސަބަބުން ކަމަށް ނާޒިމް ވިދާޅުވެފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ. ޔާމީންގެ ކޮއްކޯފުޅު ބުންޔާމިންގެ އަންހެނުންނާއި އަޒްލިފްގެ އަންހެނުންނަކީ ދެބެއިން ކަމަށް ނާޒިމް ވަނީ މަރު ކޮމިޝަންގެ ތަހުގީގަށް ދެއްވި ބަޔާނުގައި ވިދާޅުވެފައެވެ.

ބުންޔާމިން އަކީ ޑްރަގްސް ގެންގުޅޭ ކުއްޖެއް. ވުމާއެކު އޭނާއަށް ޔާމީން ކޮންމެވެސް ވަރަކަށް ކޮންޓްރިބިއުޓް ކުރައްވާ. އަޒްލީފްގެ އިތުރުން ވަރަށް ގިނަ މީހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޔާމީންއާ ބައްދަލުކުރަން އާދޭ.
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް

ނާޒިިމް ދެއްވި ބަޔާނުގައި ވަނީ، އަޒްލީފް ޔާމީނާ ބައްދަލުކުރަން ދަނީ ''ލާރި'' ހޯދަން ވެގެން ކަމަށެވެ. އެކަމަކު އެއީ ކޮން ނެޓްވޯކެއް ކަމެއް އެނގިނުލައްވާ ކަމަށް ނާޒިމް މަރު ކޮމިޝަނަށް ދެއްވި ބަޔާނުން ހާމަވެއެވެ. ކޮންމެ ހުކުރު ދުވަހަކު ކަހަލަ ގޮތަކަށް ޔާމީންއާ އެކު އުޅުއްވާ ކަމަށް ނާޒިމް ވިދާޅުވެފައިވާއިރު، ޑރ.އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ތިމަންނާއާ ހިއްސާކުރައްވާފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

2015 ވަނަ އަހަރު ލަންކާގައި މަރާލާފައިވާ ހ. ހަންޑްރެޑް ފްލާވާ ހުސައިން ރަޒީން (ރަބަރޭ) ވެސް ރައީސް ޔާމީންއާ ބައްދަލު ކުރަން އެމަނިކުފާނުގެ އޮފީހަށް ގޮސް ހުއްޓާ ފެނިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަންވެސް ކުރެއްވި ނާޒިމް ވަނީ މަރު ކޮމިޝަނަށް މައުލޫމާތު ދީފައެވެ.

މަރު ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން އަޒްލިފްގެ އޯޑަރަށް، އަފްރާޝީމް މަރާލުމުގައި ބައިވެރިވެފައިވަނީ އަލީ ޝާން އާއި ހުމާމްއެވެ. ބުނެވޭ ގޮތުގައި އަޒްލިފް ވަނީ ސީރިޔާ އަށް ގޮސް އުޅެނިކޮށް މަރުވެފައެވެ.

Advertisement
58%
10%
5%
18%
6%
4%
ކޮމެންޓް
19 ނޮވެންބަރ 2019 | އަންގާރަ 13:51
ހުޝާމް
ބަޔަކު ކޮންމެއެއްޗެއްކިޔަސް އާއިލާއަށް އަބަދުވެސް އިނގޭ، އަޒްލިފް އަށް ޕްރޮޖެކްޓް ހަވާލުކުރީ ކާކުކަމާ ކީއްވެކަން. ހިއްވަރުދިނީ ކޮންބަޔެއްކަމާ ކޮން މަޤްސަދެއްގަކަންވެސް. ދެބައިމީހުންވެސް މިހާރު ތިއޮތީ ފެންނަން. މިދުނިޔާގަ އިންކާރު ކުރެވިދާނެ.
16 ނޮވެންބަރ 2019 | ހޮނިހިރު 20:19
ޜެޖްމެން
މަޑުމަޑުން ތިލަވާނެ. ޑރ އަފްރާޝީމް އަވަހާރަކުރުމުގެ ފައިދާ ލިބެނީ ކާކަށްތޯއެވެ؟ ފުލުހުން ޑރ އަފްރާޝީމަށް އިންޒާރު ދިން މީހުން ނުހޯދުނީ ކީއްވެތޯއެވެ؟ އެބޭފުޅާ ގެ ސިކިއުރިޓީ އުވާލީ ކީއްވެގެންތޯއެވެ؟
16 ނޮވެންބަރ 2019 | ހޮނިހިރު 20:03
ހިހހހހހހހ. ހިރިޔާ
ޔާމީން މި ވާ ހަކަ ދޮގުކޮށްފި. ނަމަވެސް ނާޒިމް ނޫނަސް އުމަރު ނަސީރުވެސް ވަނީ އާންމު ޖަލްސާއެއްގަ އަފްރާޝީމް ގެ މަރާގުޅުން ހުރި ކުދިން ޔާމީންގެ އޮފީސްޔެރޭގަ ޔާމީނާ ބައްދަލު ކުރިކުރުން ފެނިފަވާ ކަމަށް ބުނެފަ. އެހެން ވިޔަސް އަފްރާޝީމް މަރާލި ރޭ އަފްރާޝީމްގެ ގޭ ކައިރީގަ 3 ހަތަރު ގަޑި އިރުވަންދެން ނާޒިމްގެ ކާރު މަޑުކޮއްލައިގެން އޮތީ ކީއްކުރަންކަން ނާޒިމްވެސް ބުނެދޭން ޖެ ހޭ.
16 ނޮވެންބަރ 2019 | ހޮނިހިރު 19:31
އަސްލު މީހާ
ރަނގަޅު ބައިބައި މިހާރު ތިލަވަން ފެށީ ދޯ. އެބަ ރަނގަޅު ވޭ.