ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 01:58
ސައުދީ އަރަބިއްޔާގެ ޕަބްލިކް ޕްރޮސެކިއުޝަން އޮފީސް
ސައުދީ އަރަބިއްޔާގެ ޕަބްލިކް ޕްރޮސެކިއުޝަން އޮފީސް
ސައުދީގެޒެޓް
ސައުދީ ކޮރަޕްޝަން
ސައުދީ އިސް މަސްއޫލުވެރިންތަކެއް ކޮރަޕްޝަނުގެ ތުހުމަތުގައި ޖަލަށް ޙުކުމްކޮށް 9 މިލިއަން ރިޔާލުން ޖޫރިމަނާކޮށްފި
 
ކޮރަޕްޝަން ތުހުމަތުކުރި އިސްވެރިންގެ އަމިއްލަ އެކައުންޓުތަކުގަ ފަންޑުގެ ގޮތުގައި ޖަމާކޮށްފައިހުރި ފައިސާ ވަނީ ހިފަހައްޓާފައި
 
ކޮރަޕްޝަން ތުހުމަތު ކުރި އިސްވެރިންގެ މައްޗަށް ވަކީލުން 300 ހެއްކެއް ހޯދާފައިވޭ

ސައުދީ ސަރުކާރުގެ އިސް މަސްއޫލުވެރިންތަކެއްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި ހިނގި ޝަރީއަތަށްފަހު ބޮޑު ޖޫރިމަނާއަކާއެކު ދިގު މުއްދަތަކަށް ޖަލަށް ޙުކުމް ކޮށްފިއެވެ.

ސައުދީ ޢަރަބިއްޔާގެ ޤައުމީ ނޫސް އޭޖެންސީ "ސައުދީ ޕްރެސް އޭޖެންސީ" އިން ޚަބަރު ފަތުރާ ގޮތުގައި، އެޤައުމުގެ އިސް މަސްއޫލުވެރިންގެ ތެރެއިން 5 ބޭފުޅެއްގެ މައްޗަށް އިދާރީ އަދި މާލީ ގޮތުން ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކޮށް ކުރި ދަޢުވާއަށްފަހު، އެޤައުމުގެ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހުން އިއްޔެ ވަނީ ޙުކުމް އިއްވާފައެވެ.

އެމީހުންގެ މައްޗަށް ކުރި ޝަރީއަތުގައި، ވަކީލުން ވަނީ 23 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް، 9 މިލިއަން ސައުދީ ރިޔާލުން ޖޫރިމަނާ ކޮށްފައެވެ. މިމީހުންގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އެމީހުންނާއި ދެކޮޅަށް 300 ހެއްކެއް ބޭނުންކޮށްގެން ކަމަށާއި، އެމީހުންގެ ބޭންކު އެކައުންޓުތަކުގައި ފަންޑުގެ ގޮތުގައި ޖަމާކޮށްފައިހުރި ފައިސާ ސައުދީ ސަރުކާރުން ހިފަހައްޓާފައިވާކަމަށްވެސް ސައުދީ ޕްރެސް އޭޖެންސީން ބުނެއެވެ.

މީގެ ތެރެއިން އެއްބޭފުޅަކު ރިޝްވަތު ހިފައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނަގައި، އަދި ބައެއް އިދާރީ ލިޔެ ކިޔުންތައް ނަކަލުކުރި ކަމަށް ސާބިތުވެ، އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ޙުކުމެއް އިއްވާ 1 މިލިއަން ސައުދީ ރިޔާލުން ޖޫރިމަނާކޮށްފައިވާކަމަށްވެސް ސައުދީ ޕްރެސް އޭޖެންސީން ބުނެއެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހުން ޝަރީއަތް ހިންގާ ޙުކުމް ސާބިތުވެގެން ޙުކުމްކުރި ފަސް ބޭފުޅުންގެ ވަނަވަރު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެމީހުންގެ މައްޗަށް ކުރި ތުހުމަތުގެ ތެރޭގައި ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދުކުރުމާއި، ނާޖާއިޒު މުއްސަނދިކަން ހޯދުމާއި، ދައުލަތުގެ މުދާ ވިއްކުން ފަދަ އަމަލުތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
16 ނޮވެންބަރ 2019 | ހޮނިހިރު 11:47
އެދުރު ހަސަން
ޔާމީނޫ އިސްލާމީ ދައުލަތްތައް ހިންގަންޖެހޭ ގޮތަކީ އެއީ. ނަމޫނާ ހުކުމެއް. ރާއްޖޭގެ ހުކުމްތައްވެސް ދެންދާނީރަގަޅައް ކަމައްބަލަމާހިގާ. ބޮޑުހުކުމް ކުރާދުވަހަކުން އަދުލުވެރިކަން ހުރިވަރު ސާފުވާނެ.