އަންގާރަ 10 ޑިސެންބަރު 2019
01 މުލަ
1441 ރަބީޢުލްއާޚިރު 13
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14
ކުޅިވަރު - ވީއޭއެމް

ވެންގާ އަށް ފީފާގެ އިސް މަގާމެއް

  • ވެންގާ ވަނީ އާސެނަލް އާއި އެކު ގިނަ ކާމިޔާބީ ތަކެއް ހޯދައިފަ

އަތޫފް އާތިފް
AthifAthoof

ކ. މާލެ 15 ނޮވެންބަރު 2019 | ހުކުރު 23:25 2,189

އާސެން ވެންގާ - ގެޓީ އިމޭޖާސް

އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ އިސް މަގާމަކާއި ހަވާލުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވެންގާ ހަވާލުވީ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާއެވެ.

މަގާމާއި ހަވާލުވުމަށްފަހު ވެންގާ ބުނީ އޭނާ އަށް މި ނެގުނީ ވަރަށް މުހިންމު އަދި ބޭނުންތެރި ޗެލެންޖެއް ކަމަށާއި ބޭނުންވަނީ މި މަގާމުގައި ހުރެ ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ޓެކްނިކަލް ޑިވެލޮޕްމެންޓް ހެޑުގެ މަގާމާއި އެކު ވެންގާއަށް ވަނީ އިތުރު ދެމަގާމަކާއި ވެސް ހަވާލުވެފައެވެ. އެގޮތުން އިންޓަރނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަންގެ ބޯޑު މެމްބަރު ކަމުގެ މަގާމާއި ފީފާ ޓެކްނިކަލް ސްޓަޑީ ގްރޫޕްގެ ޗެއަރމަންގެ މަގާމެވެ.

22 އަހަރު އާސެނަލް އަށް ކޯޗުކަން ކޮށްދިނުމަށްފަހު ވެންގާ އާސެނަލް ދޫކޮށްލީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ފަހަކަށް އައިސް ވެންގާ ޖަރުމަނުގެ ބަޔާން އަށް ބަދަލުވާން އުޅޭ ކަމުގެ އަޑު ފެތުރުނުއިރު ވެންގާ ބުނީ ބަޔާނުން އޭނާއަށް ގުޅިކަމަށެވެ. އާސެނަލްގެ ކޯޗުކަމުގެ މަގާމާ ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޕްރިމިއަރ ލީގުގައި އޭނާ އެ ޓީމަށް 823 މެޗުގައި އިރުޝާދު ދީފައިވާއިރު މިއީ ރެކޯޑެކެވެ.

ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް އިން 1549 ލަނޑު ޖަހާފައިވާއިރު އޭނާ އެ މަގާމު ދޫކޮށްލީ ސަޕޯޓަރުންގެ ފަރާތުން ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިން ޕްރިމިއަރ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފައެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރުގެ ޕްރިމިއަރ ލީގުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ އުފުލާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް