ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 19:17
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ އޮންލައިން
ޓެނިސް އެސޯސިއޭޝަން
50 ވަނަ ގައުމީ ޓެނިސް މުބާރާތް ފަށައިފި
 
މުބާރާތުގެ ފައިސާގެ އިނާމުގެގޮތުގައި 25،000 (ފަންސަވީސް ހާސް) އެމެރިކާ ޑޮލަރުވަނީ ހުށަހަޅައިފަ

50 ވަނަ ގައުމީ ޓެނިސް މުބާރާތް 145 ކުޅުންތެރިންނާއިއެކު ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 23 ގެ ނިޔަލަށެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ނަޒީރު ވިދާޅުވީ މި މުބާރާތް މިހާ ފުރިހަމަކޮށް، ރާއްޖޭގެ ޓެނިހަށް 50 އަހަރު ފުރޭ އަހަރުގައި ބޭއްވުމަކީ ލިބޭ ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން ނަޒީރު ވަނީ މި މުބާރާތް ބޭންކް އޮފް މޯލްޑިވްސް އިން ސްޕޮންސަރ ކުރުމާއި ގުޅިގެން ޝުކުރުއަދާ ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ އަލަށް ހެދުނު ޓެނިސް ކޯޓު ވަރަށް ފުރިހަމަ ކަމަށާއި، މި ފެސިލިޓީޒްގެ ސަބަބުން ޓެނިހަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ މަހްލޫފް ވަނީ ޓެނިސް އެސޯސިއޭޝަނުން އެދިފައިވާ ގޮތަށް ހުޅުމާލެއިން ޓެނިސް ކޯޓު އެޅުމަށް ބިމެއް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާއާއި، އިންޑިއާއާއި، ނޭޕާލާއި، ކެމްބޯޑިއާގެ ކުޅުންތެރިން މުބާރާތުގެ އެކި ކެޓަގަރީތަކުގައި ވާދަކުރާނެއެވެ. މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޓެނިސް މުބާރާތް ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ

މިއީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ބައިނަލްއަގުވާމީ ޓެނިސް މުބާރާތެވެ. އަދި މި މުބާރާތުގެ ފައިސާގެ އިނާމުގެގޮތުގައި 25،000 (ފަންސަވީސް ހާސް) އެމެރިކާ ޑޮލަރުވަނީ ހުށަހަޅައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް