ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 19:03
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޓްވިޓަރ
މޮރޮކޯ
ރާއްޖޭގެ އިމާމުންނަށް މޮރޮކޯއިން ތަމްރީން ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
 
މޮރޮކޯގެ މަޢުހަދުތަކުން ތަމްރީން ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރާނެ
 
މޮރޮކޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވި
 
އިސްލާމްދީނުގެ އަސާސްތައް އިއާދަކުރުމަށް އެކުގައި މަސައްކަތްކުރާނެ

މޮރޮކޯގެ މައުހަދުތަކުން އިމާމުންނަށް ތަމްރީން ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މޮރޮކޯގެ މިނިސްޓަރ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒް ހިޒް އެކްސެލެންސީ އަޙްމަދު ތައުފީޤްއާ މަޝްވަރާ ކުރައްވައިފިއެވެ.

މޮރޮކޯގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އިސްލާމްދީނުގެ އަސާސްތައް އިއާދަކުރުމަށް އެކުގައި މަސައްކަތްކުރުމާއި، ދިވެހިރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މަޢުހަދުތަކުން ތަމްރީން ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އޭގެ އިތުރުން، އިސްލާމީ ފުރިހަމަ އަޤީދާގެ މަތިވެރިކަން ދެމެހެއްޓުމަށް މޮރޮކޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް މިނިސްޓަރ ވަނީ ތަރުޙީބު ދެއްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙުމަދު ޚަލީލް އާއި، ދިވެހިރާއްޖެއިން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޙުސެއިން ނިޔާޒް އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަލްފާޟިލް އަހުމަދު ޝިއާންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ މުޢުމިނާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
67%
0%
0%
0%
33%
ކޮމެންޓް