ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 17:58
އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ
އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ
ރާއްޖެއެމްވީ
އައިޔޫއެމް
އައިޔޫއެމްގެ 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް 30 އިންސައްތަ ބޮޑު ކޮށްދިނުމަށް ހުށަހަޅައިފި
 
30 އިންސައްތަ ބޮޑުކުރާނަމަ މަސައްކަތަށް ބުރޫ ނާރާނެ
 
ޔުނިވާސިޓީން ކުރުމަށް ކަނޑައަޅާފައިވާ ގިނަ މަސައްކަތްތައް ނުކުރެވޭނެ

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް 30 އިންސައްތަ ބޮޑު ކޮށްދިނުމަށް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު ބޭއްވި ބަޖެޓް ކޮމެޓީގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓްގައި އަންނަ އަހަރު ކުރުމަށް ޕްލޭން ކޮށްފައިވާ މަސައްކަތްތަކަށް އެޑްރެސްކޮށްފައިނުވާ ކަމަށެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވީ, 2019 ވަނަ އަހަރުގެ ބަޖެޓަށް ލިބިފައި އޮތީ ގާތްގަނޑަށް 42 މިލިއަން ރުފިޔާ ކަމަށާއި، އެއަށް އިތުރުކުރީ ހަތް މިލިއަން ކަމަށެވެ. އެއީ ޖުމްލަ 49 މިލިއަންގެ ބަޖެޓެއް ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވީ 2019 ވަނަ އަހަރު ނިމުނުއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރަން ޖެހިފައިވާއިރު، 2020 ވަނަ އަހަރު 43 މިލިއަން ރުފިޔާގެ ބަޖެޓަކުން ކުރަން ހުރި މަސައްކަތްތައް ނުކުރެވޭނެ ކަމަށެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވީ 2019 ވަނަ އަހަރާއި، 2020 ވަނަ އަހަރުގެ ބަޖެޓުން މާބޮޑު ތަފާތެއް ނެތް ކަމަށާއި، ކުރަން ހުރި މަސައްކަތްތަކަށް މިހާރު ވެސް އެންމެ މަދުވެގެން ގާތްގަނޑަކަށް 30 އިންސައްތަ ބަޖެޓަށް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި 30 އިންސައްތަ ބޮޑުވެއްޖެނަމަ ކުރަން ހުރި މަސައްކަތްތަކަށް ބުރޫ ނާރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ ދަންނަވާލަން މިޖެހެނީ 2019 ވަނަ އަހަރުގެ ބަޖެޓުން 42 މިލިއަން ނުފުދިގެން އެންމެ ފަހުން މުސާރައިގެ ބައެއް އިތުރު ހަތް މިލިއަން ވެސް އިތުރުކުރަންޖެހިފައި އޮއްވާ 2020 ވަނަ އަހަރު ފެށޭ އަހަރު 43 މިލިއަން އޮތީމަ ހަމަޔަގީނުން ވެސް އެއީ ފުދޭ ވަރެއްގެ ބަޖެޓެއްކަމުގައި އަޅުގަނޑުމެންނަށް ނުފެންނާތީވެ ކޮމެޓީއަށް އިލްތިމާސްކުރަނީ މިކަމުގައި ދެވަނަ ވިސްނުމަކަށް ވަޑައިގެންދެއްވިއްޔާ ވަރަށް ހެޔޮ ފުޅޭ. އެއީ ކުރަން ހުރި މުހިންމު މަސައްކަތައް ކުރުމަށް ފުރިހަމަވެ ފަސޭހަވެގެންދާނެ.
ޑރ.ޒަކަރިއްޔާ- ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ

ޑރ. ޒަކަރިއްޔާ ވިދާޅުވީ މިއަންނަ އަހަރު އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ އޮފީސް ބްލަގްއަކާއެކު ހަ ކްލާސްރޫމް އިމާރާތް ކުރުން ކަމަށެވެ. ނަމަވެސް މިމަސައްކަތް ވެސް ބަޖެޓްކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޒަކަރިއްޔާ ވިދާޅުވީ 2015 އަހަރު އިސްލާމިކް ޔުނިވާސިޓީ ވުޖޫދުވުމާއެކު އެއަހަރު 75 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި ކަމަށާއި، ނަމަވެސް 2016 ވަނަ އަހަރު އެބަޖެޓް އާދައިގެ މަދަރުސާއެއްގެ ބަޖެޓަކާ އެއްވަރަށް ކުޑަކޮށްލި ކަމަށެވެ. އެކަމުގެ ސަބަބުން ޔުނިވާސިޓީއަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި، ބަޖެޓް ބޮޑު ކޮށްދިނުމަށް އެދުނު ނަމަވެސް އޭރުގެ ސަރުކާރުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް