ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 17:07
އެމްއެންޑީއެފް އިން ބަޔަކަށް އެހީވަނީ
އެމްއެންޑީއެފް އިން ބަޔަކަށް އެހީވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
ޑިންގީއިން ފުންމާލި މީހާގެ ހަށިގަނޑު ފެނިއްޖެ
 
ފުލުހުން ދަނީ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރުމުން
 
އޭނާގެ ހަށިގަނޑު ފެނިފައިވަނީ 44 މީޓަރު އަޑިން
 
އޭނާ ފުއްމާލީ ކަމަށް މައުލޫމާތު ދީފައިވަނީ އެމްއެންޑީއެފްއިން

ތިލަފުށިން މާލެ ދަތުރުކުރަމުންދިޔަ ޑިންގީ އަކުން ފުންމާލި މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ތިލަފުށިން މާލެ ދަތުރުކުރަމުންދިޔަ ޑިންގީ އަކުން މީހަކު ފުންމައިލައިގެން ހުކުރު ދުވަހު ހަވީރު 15:16 ހާއިރު އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެމްއެންޑީއެފްގެ އެސްޖީ ޑައިވަރުން ކުރި މަސައްކަތުން މި މިހާގެ ހަށިގަނޑު 16:10 ހާއިރު ހޯދައިފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު ފެނިފައިވާ ވަނީ 44 މީޓަރު އަޑިންނެވެ.

އެމްއެންޑީއެފްއިން ބުނީ މަރުވީ މީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް