ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 17:46
މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)
މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)
ރާއްޖެއެމްވީ
އާރްޑީސީ
އާރުޑީސީގައި މިހާރު ތިބި މުވައްޒަފުން ފިޔަވައި އިތުރުބަޔަކަށް ވަޒީފާގެ ޔަގީންކަން ދެވެން ނެތް: އެމްޑީ
 
ވަޒީފާއިން ވަކިކޮށް ރައްޔިތުން ނިކަމެތިކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން
 
އެމުއައްޒަފުންނާ މެދު އަދިވެސް ވަކި ގޮތެއް ނުނިންމޭ
 
ޕްލޭން މިނިސްޓްރީގެ ދަށަށް 400 އެއްހާ މުއައްޒަފުން ބަދަލުކޮށްފައި

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި މިހާރުތިބި މުއައްޒަފުން ފިޔަވައި އިތުރު ބަޔަކަށް ވަޒީފާގެ ޔަގީންކަން ދެވެން ނެތް ކަމަށް މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި އެސްއޯއީ ކޮމެޓީގައި މޫކޭ ވިދާޅުވީ ވަޒީފާގެ މައްސަލާގައި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށެވެ. ނަމަވެސް މިވަގުތު ނަގާފަ ތިބި މުއައްޒަފުންނަށް ފިޔަވާ އިތުރުބަޔަކަށް ވަޒީފާ ދިނުމުގެ ޔަގީން ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީފާގައި ތިބި މުއައްޒަފުންނާ ބެހޭ ގޮތުން މޫކޭ ވިދާޅުވީ އެމްއާރްޑީސީ އުވާލުމަށްފަހު ޕްލޭން މިނިސްޓްރީގެ ދަށަށް 400 އެއްހާ މުއައްޒަފުން ބަދަލުކޮށްފައިވާ ކަމަށާއި، އެމުއައްޒަފުންގެ ކޮންޓްރެކްޓް ކޮންމެ މަހަކު އައު ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް މި މުއައްޒަފުންނާއި މެދު ވަކި ގޮތެއް ނުނިންމޭ ކަމަށް މުކޭ ވިދާޅުވިއެވެ.

އެހެންވީމަ އެމުއައްޒަފުންނަށް ކޮންމެވެސް ގޮތެއް ވާންޖެހޭކަން އަޅުގަނޑުމެން ގަބޫލުކުރިން. ފުރަތަމަ ކަމަށް އަޅުގަނޑުމެން ކުންފުނި އުފައްދާފަ އަޅުގަނޑުމެންނާ މިޒިންމާތައް ހަވާލުކުރެވުނީމަ އަޅުގަނޑުމެން ޕޭލޭނިންނާއެކު އެއްވެސް މުއައްޒަފަކު ބާކީ ނުވާނެ ގޮތަކަށް މަޝްވަރާތައް ކުރިއަށް ގެންދެވުނު. އޭގެތެރެއިން މާލޭގައި އަޅުގަނޑުމެން އޮފީހަށް ބޭނުންވާ މުއައްޒަފުން މިކޮޅުގަ އެބަތިބި 69 އެއް. ޕަބްލިކް ވޯރކްސްގައި ކުރީގަ އެމްއާރްޑީސީގައި މަސައްކަތް ކުރި. އެކަމަކު މިހާރު ޕަބްލިކް ވޯރކްސްގައި މަސައްކަތް ކުރާ. އޭގެ ތެރެއިން އަޅުގަނޑުމެން ނެގީ އަޅުގަނޑުމެންނަށް މިވަގުތަށް ކޮންމެހެން ބޭނުންވާ 35 މުއައްޒަފުން. ޕްލޭނިން މިނިސްޓްރީން ބަކީ ތިއްބެވި މުއައްޒަފުން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި.
މޫސާ އަލި މަނިކު (މޫކޭ) - މެނޭޖިން ޑިރެކްޓަރު

މޫކޭ ވިދާޅުވީ މިހާރު ތިބި މުއައްޒަފުންނަށް ވަޒީފާގެ ޔަގީންކަން ދެނީ މިހާރު އޮތް އުސޫލުގެ ތެރެއިން ކަމަށާއި، އާރުޑީސީގެ މުއައްޒަފުންގެ ތެރެއިން ޕަބްލިކް ވޯކްސްގައި މިހާރު ކޮންޓްރެކްޓްގައި މަސައްކަތް ކުރާ މުއައްޒަފުންގެ ކޮންޓްރެކްޓް ހަމަވުމުން އެމުއައްޒަފުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކުރާ ކަމަށެވެ. އަދި އާރްޑީސީގެ ދަށުން ކުރަމުންދާ މަސައްކަތްތަކަށް އެމުއައްޒަފުން ނަގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކޮށް ރައްޔިތުން ނިކަމެތިކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ ގިނަ ވަޒީފާއަށް ބަރޯސާވެގެން ދިރިއުޅެމުންދާ އެއާއިލާތަކަށް ކޮންމެވެސް ހައްލެއް ހޯދާއިދޭނެ ކަމަށެވެ. އެގޮތުން ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރާ އުމުރުން 55 އަހަރުގެ މީހުންނަށް އިޝާރާތްކުރައްވާ މޫކޭ ވިދާޅުވީ މިމައްސަލަ އެންމެ ބޮޑަށް ދިމާވީ އައްޑޫ ސިޓީގައި ކަމަށާއި، މިމައްސަލަ ހައްލުކުރުމަށްޓަކައި މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
10%
10%
70%
0%
10%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ