ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 13:16
ރައުދާގެ ޕޯސްޓްމޯޓަމް ރިޕޯޓްތައްވެސް ދައްކާ ގޮތުން އޭނާ މަރުވެފައިވަނީ އަމިއްލަ އަށް
ރައުދާގެ ޕޯސްޓްމޯޓަމް ރިޕޯޓްތައްވެސް ދައްކާ ގޮތުން އޭނާ މަރުވެފައިވަނީ އަމިއްލަ އަށް
ގޫގުލް
ރައުދާ އާތިފް
ރައުދާގެ މަރު: ކޮމިޝަނުންވެސް ނިންމީ ބަންގްލަދޭޝް ފުލުހުން ނިންމިގޮތަށް
 
ރައުދާ އަމިއްލަ އަށް މަރުވެފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅުނު ކޮޓަރިން
 
ރައުދާގެ ޕޯސްޓް މޯޓަމް ދެ ފަހަރެއްގެ މަތިން ހަދާފައިވޭ

ބަންގްލަދޭޝްގައި މެޑިސިން ކިޔަވަން ހުއްޓާ މަރުވި ރާއްޖޭގެ މޮޑެލް ރައުދާ އާތިފް، މަރުވީ އަމިއްލައަށް ކަަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ބަންގްލަދޭޝްގެ ރާޖްޝާޙީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ރައުދާ "ދަންޖެހިފައި" ހުއްޓާ ފެނިފައިވަނީ، އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ތަޢުލީމް ހާސިލްކުރާ އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ޙާއްސަ އަންހެން ކުދިންގެ ހޮސްޓެލްގައި ރައުދާ ދިރިއުޅުނު 209 ނަމްބަރު ކޮޓަރިންނެވެ.

ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝް ސަރުކާރުން ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ބަންގްލަދޭޝް ފުލުހުން ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނުމުން އެކަން ގަބޫލުނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އެދުނީ އެނާގެ ބައްޕަ މުހައްމަދު އާތިފެއެވެ. އާތިފްގެ އެދުމަށް ހެދި ދެވަނަ ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް އައީ ރައުދާ އަމިއްލައަށް މަރުވި ކަމަށެވެ.

ރިޔާސީ ކޮމިޝަނުން ރައުދާގެ މަރާއި ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓުވެސް ބުރަވެފައިވަނީ ރައުދާ މަރުވީ އަމިއްލަ އަށް ކަމަށެވެ. އޭނާ އަމިއްލައިން މަރުވި ކަމަށް ލޯބިގެ ގޮތުން އުޅުނު ކުއްޖާ އާއި މައްސަލަ ޖެހިގެން ކަމަށް ބުނެވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
60%
20%
0%
20%
0%
0%
ކޮމެންޓް