ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 12:02
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
ގޫގުލް
އިންޑޮނޭޝިއާ
އިންޑޮނޭޝިއާއަށް އައި ބިންހެލުމާއެކު ސުނާމީގެ އިންޒާރެއް!
 
މިދިޔަ ޖުލައި މަހުވެސް އިންޑޮނޭޝިއާ އަށް ވަނީ ބިންހެލުމެއް އައިސްފަ
 
ނޯތު މަލުކޫ އިން ބޮޑު ރާޅު އަރައިފާނެތީ ބައެއް މީހުން ބިރުން އުސް ތަންތަނަށް އަރާފައިވޭ

އިންޑޮނީޝިއާގެ މަލުކޫ އައިލެންޑްސް އަށް ރިކްޓާ މިންގަނޑުން 7.4 ބާރު މިނުގައި ބުރާސްފަތި ދުވަހުގެ ރޭ އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ބިންހެލުމުގެ އަސަރު ވަނީ ސުލަވެސީ އައިލެންޑަށް ވެސް ކޮށްފައިވާއިރު އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ބިންހެލުމާ ގުޅިގެން ރާޅު އުފެދުނު ނަމަވެސް ބޮޑު ރާޅެއް އެއްގަމަށް އެރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ރިޕޯތްތަކުން ބުނާގޮތުގައި ނޯތު މަލުކޫ އިން ބޮޑު ރާޅު އަރައިފާނެތީ ބައެއް މީހުން ބިރުން އުސް ތަންތަނަށް އަރާފައެވެ.

ބިންހެލުމުގެ އަސްލު ހުރީ ނޯތު މަލުކޫ ޕްރޮވިންސްގެ ވެރިރަށް ކަމަށްވާ ޓާމޭޓުގެ އިރުދެކުނުން 103 މޭލު ދުރުގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނާއިރު ބިންހެލުން އައިސްފައި ވަނީ ހަ މޭލު އަޑިންނެވެ. އަދި ބޮޑަށް ގެއްލުން ލިބެނީ ތިލަ ހިސާބުތަކަށް އަންނަ ބިންހެލުމުގައި ކަމަށް އެ ސާވޭގައި ބުނެފައިވެއެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ގައުމުގެ އިރުމަތީ ހިސާބުތަކަށް އައި ބިންހެލުމެއްގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައިވާއިރު އިންޑޮނީޝިއާގެ ސުމަތުރާ އަށް ޑިސެމްބަރު 26، 2004 ގައި 9.1 ގެ ބާރުމިނުގައި އައި ބިންހެލުމާ އެކު އުފެދުނު ސުނާމީގައި އެ ގައުމުން އެކަނި 170،000 މީހުން މަރުވި އެވެ. މުޅި ސަރަހައްދުން މަރުވި މީހުންގެ އަދަދު 220،000 އަށް އެރިކަން ފާހަގަކޮށްލެވެއެވެ.

އެ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި ރާއްޖޭގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި އެ ސުނާމީގައި ރާއްޖެއިން 82 މީހުން މަރުވެގެންދިޔަ އިރު 26 މީހަކު ވީނުވީއެއް ނޭންގި ގެއްލުންކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
11%
67%
0%
22%
0%
ކޮމެންޓް
15 ނޮވެންބަރ 2019 | ހުކުރު 16:27
މުޙައްމަދު
ﷲ ދިވެހިރާއްޖެއާއި މުސްލިމުންނަށް ރައްކާތިރިކަން ދެއްވާށި. އާމީން
ގުޅުންހުރި