ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 02:42
ކޮސްގިނަ މިސްޓޭކްގެ ޕޯސްޓަރެއް
ކޮސްގިނަ މިސްޓޭކްގެ ޕޯސްޓަރެއް
ރާއްޖެއެމްވީ
ކޮސް ގިނަ މިސްޓޭކް
"ކޮސް ގިނަ މިސްޓޭކް" އަންނަ އަހަރަށް ފަސްކޮށްފި
 
ފިލްމު ފަސްކުރި ސަބަބެއްވެސް ހާމަކޮށްފައެއް ނެތް
 
ފިލްމު އަންނަ އަހަރު އަޅުވަން ފަސްކުރި ނަމަވެސް ތާރީހެއް ނޭންގޭ

ޔޫސުފް ޝަފީއު ޑައިރެކްޓްކޮށް ވީޓީވީން ގެނެސްދޭން ނިންމާފައިވާ "ކޮސް ގިނަ މިސްޓޭކް" އަންނަ އަހަރަށް ފަސްކޮށްފި ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް ބުނެފިއެވެ.

ޝަފީގް ބުނީ ފިލްމު އެޅުވަން ފަސްކުރި ނަމަވެސް ސީދާ ތާރީޚެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ޖެނުއަރީ މަހުގެ މެދުތެރޭގައި ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް މަސައްކަތްކުރާ ކަމަށާއި އޮލިމްޕަހުން ޖަވާބެއް ދިނުމުން ފިލްމު އަޅުވާ ތާރީޚް އަލުން އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުރިން މި ހިނގާ ނޮވެމްބަރު މަހުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަން ނިންމި "ކޮސް ގިނަ މިސްޓޭކް" އަންނަ އަހަރަށް ފަސްކުރި ސަބަބެއް ޝަފީގް ހާމަކޮށްފައެއް ނުވެއެވެ.

އެ ފިލްމަކީ އދ. ފެންފުށީގައި ޝޫޓްކޮށްފައިވާ ހެއްވާ މަޖާ މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ޓީޒާ ޓްރެއިލާ އެއް މީގެ ކުރިން ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު އެ ޓީޒަރ އަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. ފިލްމުގައި ހިމެނޭ ބައެއް ލަވަތަކުގެ މަންޒަރުތަކާއެކު އެ ޓީޒަރ އާންމުކޮށްފައިވާއިރު އެ ފިލްމުގައި ހިމެނެނީ ހުސް ކޮޕީ ރާގުކަން ފާހަގަކޮށްލެވެއެވެ.

ގިނަ ތަރިން ހިމަނައިގެން އުފައްދާ އެ ފިލްމުގެ މައި ރޯލުތަކުން 14 ތަރިން ފެންނާނެއެވެ. އޭގެ ތެރޭގައި ހާމިދު އަލީ، އަހްމަދު އީސާ، އިރްފާނާ އިބްރާހީމް، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް، އަހުމަދު ނިމާލް، އަލީ އާޒިމް، އިބްރާހިމް ޝާފިއު، ގުލިސްތާން މުހައްމަދު، އަލީ ސީޒަން، އަހުމަދު ސައީދު، އައިޝަތު ލަހުފާ، މުހައްމަދު ނަވާލް އަދި ޔޫއްޕެ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި