އާދީއްތަ 05 ޖުލައި 2020
05 ފުނޯސް
1441 ޒުލްގައިދާ 14
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ޔޫއެން

އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

  • ނިލްސް މެލްޒަރ ރާއްޖެއަށް ދަތުރުކުރައްވަން ހަމަޖެހިފައިވަނީ މި ނޮވެމްބަރ މަހުގެ 17 ން 24
  • ނިލްސް މެލްޒަރގެ ދަތުރުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރާނެ
  • ދަތުރުން ފާހަގަކުރެވޭ ކަންތައްތައް ހިއްސާކުރުމަށްޓަކައި 24 ނޮވެމްބަރު 2019 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރާނެ

ކ. މާލެ | 15 ނޮވެންބަރ 2019 | ހުކުރު 02:06 | 3,526

ނިލްސް މެލްޒަރ - ޓްވިޓަރ

އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލްސް މެލްޒަރ، އޭނާ ރާއްޖެއަށް ރަސްމީ ދަތުރު ފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ހާމަކޮށްފިއެވެ.

އދ ގައި ހުންނަ ރާއްޖޭގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި ނިލްސް މެލްޒަރ ރާއްޖެއަށް ދަތުރުކުރައްވަން ހަމަޖެހިފައިވަނީ މި ނޮވެމްބަރ މަހުގެ 17 ން 24 ށެވެ. މިއީ ރެޕަޓުއަރ ރާއްޖެ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ގެ މިޝަން ރާއްޖެ އައުމަށް ހަމަޖެހިފައި މި ވަނީ ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ރަހުމުކުޑަ، ލާއިންސާނީ، އަދި ދަށުދަރަޖައިގެ އަދަބުތަކާއި ޢަމަލުތަކަށް ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެކަމަށް ދިވެހިރާއްޖޭގެ ސަރުކާރުން ވަޢުދުވެ، ދިވެހިރާއްޖޭގެ ސަރުކާރުން ދީފައިވާ ދަޢުވަތަކަށެވެ. ސްޕެޝަލް ރެޕެޓުއަރ މެލްޒަރ ގެ މިދަތުރުފުޅުގައި މިފަދަ ޢަމަލުތައް ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ކުރިއަށް އޮތްތާނގައި ރަނގަޅުކުރަންވީ ކަންތައްތަކަކީ ކޮބައިކަން ދެނެގަންނާނެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ފަށާފައިވާ މަސައްކަތުގައި އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މިންގަނޑުތައް ހަރުދަނާ ގޮތެއްގައި ގާއިމުކުރެވޭތޯ ކަމާބެހޭފަރާތްތަކާ އެހެނިހެން އެކިއެކި ގްރޫޕްތަކާއެކު، ބިނާކުރަނިވި ވާހަކަތަކެއް ދެއްކޭނެކަމާމެދު އަހަރެންގެ އުއްމީދު ވަރަށް ބޮޑު،

~ މެލްޒަރ

ސްޕެޝަލް ރެޕެޓުއަރ ގެ މި ދަތުރުގައި ސަރުކާރުގެ އިސް ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޖުޑީޝިއަރީ ގެ އެކިއެކި ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި، ނެޝަނަލް ހިއުމަން ރައިޓްސް މެކޭނިޒަމްގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ޤާނޫނީ ވަކީލުންނާއި، ޢިލްމުވަރެންނާއި، އެކްޓިވިސްޓުންނާއި، އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކާވެސް ބައްދަލުކުރަން ހަމަޖެހިފައިވެއެވެ.

ސްޕެޝަލް ރެޕެޓުއަރ ގެ މި ދަތުރުގައި ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރޭގައްޔާއި، އިމިގްރޭޝަނާއި، ޞިއްޙީ ދާއިރާގެ އިތުރުން އިޖްތިމާޢީ ޚާއްޞަ އެހީ އަށް ބޭނުންވާ ފަރާތްތައް ފަދަ، މިނިވަންކަމުން މަހުރޫމްވެފައިވާ މީހުން ބޭތިއްބުމަށް ޚާއްޞަ ތަންތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވެއެވެ.

މީގެއިތުރުން މި ދަތުރުން ފާހަގަކުރެވޭ ކަންތައްތައް ހިއްސާކުރުމަށްޓަކައި 24 ނޮވެމްބަރު 2019 ވަނަ ދުވަހުގެ 13:30 ގައި މާގިރި ހޮޓެލްގައި ޕްރެސް ކޮންފަރަންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރެސް ކޮންފަރަންސް ގައި ބައިވެރިވެވޭނީ ހަމައެކަނި ނޫސްވެރިންނަށެވެ.

އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ ނިލްސް މެލްޒަރ ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ މި ދަތުރުން ފާހަގަ ކުރެވޭ ކަންކަމުގެ ފުރިހަމަ ރިޕޯޓް، 2021 ވަނަ އަހަރުގެ މާރޗް ގައި އދ ގެ ހިއުމަން ރައިޓްސް ކައުންސިލް އަށް ހުށަހަޅަން ހަމަޖެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.