ކ. މާލެ
|
15 ނޮވެންބަރ 2019 | ހުކުރު 00:58
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ރާއްޖެއެމްވީ
ދަނޑުވެރިކަން
މިއަހަރު އެންމެ އިސްކަމެއް ދިނީ ދަނޑުވެރިން ތަމްރީނުކުރުމަށް: ފިޝަރީޒް މިނިސްޓަރ
 
އެސްޓީއޯގެ އެހީތެރިކަމާއެކު ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި
 
ގަސްގަހަށް ޖެހޭ ބަލިތަކާއި އެބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި ޓީމުތައް 30 ރަށެއްގައި ހަރަކާތްތެރިވި
 
17 ރަށެއްގެ 354 ދަނޑިވެރިޔަކު މިހާތަނަށް އާއިރު ތަމްރީން ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވި

މިއަހަރު އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދިޔަ ކަމަކީ ދަނޑުވެރިން ތަމްރީނު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ ގެ " ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ 17 ރަށެއްގެ 354 ދަނޑިވެރިޔަކު މިހާތަނަށް އާއިރު ތަމްރީން ކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމުތަކުގެ ތަފުޞީލު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކެއުމަށް އުފައްދާ ތަކެއްޗަކީ ރައްކާތެރި އެއްޗެކަން ޔަޤީންކުރުމަށް ދަނޑުވެރިން ތަމްރީނުކުރުމުގެ މަސައްކަތް ކުރައްވަމުން ގެެންދަވާކަމަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން 22 ރަށެއްގެ 68 ދަނޑުވެރިއަކަށް ތަމްރީނު ދީފައިވާކަމަށާއި އަދި އިތުރު ތިން ރަށެއްގައި މި ތަމްރީނު ޕްރޮގްރާމް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިތަމްރީނުތައް ނިމޭއިރު ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މީހުންގެ ޞިއްޙަތަށް ބަލަންޖެހޭ މިންގަނޑަށް ބެލުމާއެކު އުފެއްދޭ ތަކެއްޗަކީ ޞިއްޙީ ގޮތުން ރައްކާތެރިކަން ތަކެތިކަން ދަނޑުވެރިންނަށް އެނގިގެންދާނެ ކަމަށެވެ.

ކައުންސިލްތަކާއި ގުޅިގެން ހަރަށެއްގެ ކައުންސިލުން ހަމަސް ދުވަހަށް އިންޑިޔާއަށް ފޮނުވިފައި މިހާރު ވަނީ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރުން އިއުލާންކޮށްގެން ހުޅުވާލާއިގެން ކައުންސިލުން ފޮނުވާ ބަޔަކު ތަމްރީނު ކުރަމުން މިދަނީ. ބޭނުމަކީ ލާމަރުކަޒީ ނިޒާމު އަންނައިރު ކޮންމެ ރަށެއްގައިވެސް ހިދުމަތްދޭނެ ބަޔަކު ތިބުން. ދަނޑުވެރިކަން ކުރާ ރަށެއްގައިވިއްޔާ ހާއްސަކޮށް ބޭނުން ތަމްރީނުތައް ހެދިފައި އެރަށެއްގައި ގާއިމުވެފައި ހުންނަ މީހާ އެއީ އެރަށުގެ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ މީހަކަށް ވާން.
މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަމަށް ޚާއްޞަކޮށްގެން ޢާންމު ފަރާތަކުން ދޭ އެހީއެއްގެ ދަށުން ތިން ސްކޮލަރޝިޕްގެ ފުރުޞަތު މިއަހަރުތެރޭ ހުޅުވާލާފައިވާކަމަށެވެ. މީގެއިތުރުން ގަސްގަހަށް ޖެހޭ ބަލިތަކާއި އެބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި މިނިސްޓްރީގެ ޓީމުތައް ހުއްޓުމެއްނެތި މިއަހަރު 30 ރަށަކަށް ގޮސް މަސައްކަތްކޮށްފައިވާ ކަމަށާއި އެކި ރަށްރަށުން އެކިކަހަލަ ބަލިތައް ދެނެގަނެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި ގެރި ބަކަރި ގެންގުޅޭ ރަށްރަށްގޮސް އެއެއްޗެހިން ގައިން ގަޔަށް އަރާ ބައްޔެއް ހުރިތޯ ޗެކް ކުރުމުގެ މަސައްކަތް މިނިސްޓްރީން މިއަހަރު ތެރޭ ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން 3 އަތޮޅެއްގެ 7 ރަށެއްގައި އެކަން މޮނިޓަރ ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ދަނޑުވެރިކަމާއި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 78 ރަށެއް މިއަހަރުގެ ތެރޭގައި ބަލާ މޮނިޓަރ ކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ މިރަށްތައް ބެލީ ރަށްތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފާތޯ ބެލުމަށާއި ރާއްޖޭގައި ހެއްދޭ ބާވަތްތައް އިތުރުކުރެވޭނެ ގޮތްބަލާ ފުޑް ސެކިޔުރިޓީ ހުރި މިންވަރު ބެލުމަށް ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލިޔަސް އެކަމުގެ ފައިދާ ދަނޑުވެރިންނަށް ނުލިބޭ ކަމަށެވެ. މިއަހަރުތެރޭ ރައްޔިތުންގެ މަޖިލީހުން ވަނީ ދަނޑުވެރިކަމަށް އިމްޕޯޓް ކުރާ ބާވަތްތަކުން އިމްޕޯޓް ޑިްުޓީ ކަނޑާލުމަށް ފާސްކޮށްފަ އެވެ. މިނިސްޓަރ ވިދާޅުވީ އެކަމުން ދަނޑުވެރިންނަށް ނަފާ ނުލިބޭތީ އެނޫންގޮތަކަށް އެކަމުން ދަނޑުވެރިންނަށް ނަފާ ލިބޭނެ ގޮތެއް ހޯއްދަވަމުން ގެންދަވާކަމަށެވެ.

އެސްޓީއޯ އާއެކު އަޅުގަނޑުމެން އެބަ އެކަން ކުރަން. އެސްޓީއޯއިން ދަނޑުވެރިން ބޭނުންވާ އެއްޗިސް އިމްޕޯޓްކޮށްގެން ރަށްރަށުގައި ތިބޭ ދަނޑުވެރިންނަށް އެބަ އެފޯރުކޮށްދޭ. މިހާރު އެކަމަށް އިއުލާން ކުރެވިފައިވަނީ
މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަމްރީނު ލިބިފައިވާ ޒުވާނުން ދަނޑުވެރިކަމުގެ ސިނާޢަތުގައި ނެތުން ކަަމަށެވެ. އެކަމަށްޓަކައި މިނިސްޓްރީން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް