ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
އަކުވާ ވިޓާ ރެސިޑެންސީ

އަކުވާ ވިޓާ ރެސިޑެންސީގެ ޝޯވ އެޕާރޓްމަންޓްސް ރަސްމީކޮށް އިފްތިތާޙުކޮށްފި

  • 104 ޔުނިޓްގެ ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހިމެނޭ
  • 2020 ވަނަ އަހަރުގެ މެއިމަހު ނިންމަން އަމާޒުހިފާފައި
  • އެޕާޓްމެންޓް ގަންނަން ބޭންކް ލޯން އަދި އިތުރު އެހެން ފަސޭހަ ޕޭމަންޓް ޕްލޭންތައް ހިމެނޭ

ކ. މާލެ | 15 ނޮވެންބަރ 2019 | ހުކުރު 00:24 | 7,063

އަކުވާ ވިޓާ ރެސިޑެންސީ އިފްތިތާފްކޮށްދެއްވަނީ - ރާއްޖެއެމްވީ

ހުޅުމާލޭގައި ގާއިމުކުރާ އަކުވާ ވިޓާ ރެސިޑެންސީ ޝޯވ އެޕާރޓްމަންޓްސް ރަސްމީކޮށް އިފްތިތާފްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަފުލާއެއްގައި އަކުވާ ވިޓާ ރެސިޑެންސީ އިފްތިތާހުކޮށްދެއްވީ އެމްބެސަޑަރ ކަރްނަރ ނަތްރޭ އަދި މެނޭޖިން ޑިރެކްޓަރ ޕްރަސާންއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމުކުރާ އަކުވާ ވިޓާ ރެސިޑެންސީއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަދި ސަގާފަތާ ގުޅޭ ގޮތަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަރުމާ ކުރެވިފައިފައިވާ އެންމެ އުސް އިމާރާތެވެ.

އަކުވާ ވިޓާ ރެސިޑެންސީގައި 104 ޔުނިޓްގެ ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހިމެނެއެވެ.

މެނޭޖިން ޑިރެކްޓަރ ޕްރަސާން ވިދާޅުވީ 2020 ވަނަ އަހަރުގެ މެއިމަހު ނިންމަން އަމާޒުހިފައިވާ އަކުވާ ވިޓާ ރެސިޑެންސީގައި ގްރައުންޑް ފްލޯގައި ޕާކުކުރާނެ ޖާގަ އަދި 14 ފްލޯގެ އިތުރު ޕާކިން ސްޕޭސް ބިލްޑިންއެއް ގާއިމުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެޕާޓްމެންޓް ގަންނަން ބޭންކް ލޯން އަދި އިތުރު އެހެން ފަސޭހަ ޕޭމަންޓް ޕްލޭންތައް ހިމެނޭ ކަމަށެވެ.

އަކުވާ ވިޓާ ރެސިޑެންސީގައި އިންފިނިޓީ ސްވިމިންގ ޕޫލް އަދި ކުޑަ ކުދިންނަށް ޚާއްސަ ޕޫލް އެންމެ މަތީ ޓެރެސްގައި ހުންނާނެއެވެ. ޖިމެއް އެކުލެވޭއިރު، މަލްޓި ފަންކްޝަނަލް ހޯލް އަދި އަދި ކްލަބް ހައުސް އަދި ކުޑަ ކުދިން ކުޅޭ ސަރަހައްދު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.