ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 22:32
އިންޑޮނޭޝިއާ އަށް ބިންހެލުން އައި ސަރަހައްދު
އިންޑޮނޭޝިއާ އަށް ބިންހެލުން އައި ސަރަހައްދު
އަލްޖަޒީރާ
ބިން ހެލުން
އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް އޮފީސް
 
ބައެއް މީހުން ރައްކާތެރި ހިސާބަށް ގެންގޮސްފައިވޭ
 
އިންޑޮނޭޝިއާ އަށް އައި ބިން ހެލުމުގެ ސަބަބުން ސުނާމީ އުފެދިދާނެ ކަމުގެ އިންޒާރު ދީފައިވޭ

އިންޑޮނޭޝިއާގެ މަލުކު އައިލެންޑަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސޫމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ މަލުކު ސަރަހައްދަށް އެރި 7.4 މެގްނިޓިއުޑް ބިން ހެލުމަށް ފަހު އެ ސަރަހައްދަށް ވަނީ ސުނާމީގެ އިންޒާރު ދީފައެވެ. ޕެސިފިކް ސުނާމީ ވޯނިން ސެންޓަރ (ޕީޓީޑަބްލިއުސީ) އިން ދިން ސުނާމީގެ އިންޒާރަށް ފަހު އެ ޞަރަޙައްދުގެ މީހުން ރައްކާތެރި ހިސާބަށް ދިޔުމަށް ކަމާއި ބެހޭ އިދާރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެ ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ކޮށްފާނެތޯ ރާއްޖެ.އެމްވީން ސުވާލު ކުރުމުން މެޓްގެ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ބިންހެލުން މިހާރު މިޞްރާބު ޖަހާފައިވަނީ ރާއްޖެއާ ދުރުން ޕެސިފިކް ޞަރަޙައްދަށް ކަމަށެވެ. އެހެން ވުމާއި އެކު އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް މެޓުން ދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ.

އިންޑޮނޭޝިއާ ގަޑިން މެންދަމު 12:17ގައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 62 ކިލޯ މީޓަރު އަޑިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް