ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 22:44
އެމްއޭސީއެލްގައި ގިނަ ދުވަހު މަސައްކަތްކޮށްދެއްވި ފަރާތްތަކަށް އެވާރޑް ހަވާލުކުރުން
އެމްއޭސީއެލްގައި ގިނަ ދުވަހު މަސައްކަތްކޮށްދެއްވި ފަރާތްތަކަށް އެވާރޑް ހަވާލުކުރުން
ރާއްޖެއެމްވީ
އެމްއޭސީއެލް
އެމްއޭސީއެލްއަށް ގިނަ ދުވަހު ޚިދްމަތްކުރެއްވި ފަރާތްތަކަށް އެވޯރޑް ދީފި
 
މަސައްކަތުން ރިޓަޔަރވި 16 ފަރާތަކަށްވެސް އެވާރޑް ދީފައިވޭ
 
ދިގު މުއްދަތަކަށް މަސައްކަތް ކޮށްދެއްވި 123 ފަރާތަކަށް އެވާރޑް ދީފައިވޭ
 
މަދުވެގެން 2000 ވަޒީފާ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދޭ

މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯރޑް ދީފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ހުޅުލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 123 ފަރާތަކަށް އެވޯރޑް ދީފައިވާއިރު، މަސައްކަތުން ރިޓަޔަރވި 16 ފަރާތަކަށްވެސް އެވޯރޑް ދީފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙު ވިދާޅުވީ، އެމްއޭސީއެލްގެ މަސައްކަތްތަކާމެދު ފަޚުރުވެރިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކުންފުނި އިތުރަށް ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

އެގޮތުން މަދުވެގެން 2000 ވަޒީފާ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ޢާންމު ޙާލަތު އެންމެ ރަނގަޅު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އޭވިއޭޝަން ދާއިރާއިން ޓްރެއިނިންގ އިންސްޓިޓިއުޓްތައް ޤާއިމުކޮށް، ސީއެސްއާރުގެ ދަށުން ޤައުމީ ފެންވަރުގައި ބޭނުންހިފޭ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްގައި 3000 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރަމުންގެންދާއިރު، އެ ކުންފުންޏަކީ ދައުލަތަށް އެންމެ ބޮޑު ޢާމްދަނީއެއް ވައްދާ އެއް ކުންފުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް