ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ކުޅިވަރު - ވޯލްޑްކަޕް ކޮލިފިކޭޝާން

މެޗުން ބަލިވުމުގެ ޒިންމާ ފުރިހަމައަށް ނަގަން: ސެގާޓް

  • މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާ އަކުން
  • މި މެޗުގައި ރާއްޖެއިން ވަނީ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައިފަ

އަތޫފް އާތިފް
AthifAthoof

ކ. މާލެ 14 ނޮވެންބަރު 2019 | ބުރާސްފަތި 18:56 20,528

ޕީޓާ ސެގާޓް - ޔޫސުފް ސޮފްވާން ރަޝީދު

ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެ އަދި ފިލިޕީންސް ބައްދަލުކުރި މެޗުން ބަލިވުމުގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ.

ސެގާޓް ބުނީ މި މެޗުގައި ރާއްޖެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި ރާއްޖެއިން ފިލިޕީންސް ކޮޅަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދި ކަމަށެވެ. ނަމަވެސް މެޗުގައި ނަތީޖާ ރާއްޖެ ކޮޅަށް ބުރަ ނުވީ ރާއްޖެއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެކަށޭނެ ގޮތަށް ބޭނުން ނުހިފުމުން ކަމަށާއި ރާއްޖޭގެ ކުޅުންތެރިން މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ކުޅެފައިވާ ކަމަށެވެ.

ސެގާޓް އިތުރަށް ބުނީ ނަތީޖާ އާއި މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށެވެ. މިމެޗުން ރާއްޖެ ބަލިވުމުގެ ޒިންމާ އޭނާ ނަގާކަމަށް ބުނަމުން ސެގާޓް ބުނީ މެޗުން ބަލިވުމުގެ ޒިންމާ ކުޅުންތެރިން ނަގަން ނުޖެހޭނެ ކަމަށާއި އޭނާ ކޯޗު ކަމުގައި ހުރިހާ ހިނދަކު ކުޅުންތެރިން ހިމާޔަތް ކުރާނެ ކަމަށެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. އަދި ފިލިޕީންސް އަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިން ޕޮއިންޓާއެކުގައެވެ. އަދި ގްރޫޕުގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.

މި ގްރޫޕްގައި ޗައިނާ އަދި ސީރިއާ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗަށްފަހު ގްރޫޕަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖެއިން މި މަހު 19 ވަނަ ދުވަހު އަމިއްލަ ގައުމުގައި ނިކުންނާނީ ގުއާމާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް