ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 19:05
އެމްޕީއެލުގެ އޮޕަރޭންސް ތަކަށް ގެނައި ދެ ބާޖް ހޭންޑްލަރ
އެމްޕީއެލުގެ އޮޕަރޭންސް ތަކަށް ގެނައި ދެ ބާޖް ހޭންޑްލަރ
ރާއްޖެއެމްވީ
މޯލްޑިވްސް ޕޯޓް ލިމިޓެޑް
އެމްޕީއެލްގެ އޮޕަރޭޝަންތަކަށް 30 މިލިއަން ރުފިޔާގެ ސަމާނު ގެނެސްފި
 
މަސައްކަތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ސީއީއޯ ވިދާޅުވި
 
ފަސް ޓާމިނަލް ޓްރެކްޓަރ ވަނީ ގެނެސްފައި
 
ކުރިން ބޭނުން ކުރަމުން އައީ ބާވެފައި ހުރި ސާމާނުތައް

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮޕަރޭޝަންސް ތަކުގައި ބޭނުން ކުރަން 30 މިލިއަން ރުފިޔާގެ އަގުހުރި ސާމާނު ގެނެސްފިއެވެ.

މުޅިން އަލަށް ހަތް އިކުއިޕްމެންޓެއް އޮޕަރޭޝަނުގައި ބޭނުން ކުރަން ގެނެސްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ބާޖް ހޭންޑްލަރ އާއި ފަސް ޓަރމިނަލް ޓްރެކްޓަރެވެ. މިއީ ފިންލޭންޑުގެ ކަލްމާ ބްރޭންޑުގެ ސާމާނުތަކެވެ.

އެ ސާމާނުތައް ނޫސްވެރިންނަށް ދައްކާލުމަށް ފަހު މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެ ސާމާނު ތަކަކީ ޕޯޓުގެ އޮޕަރޭޝަންސް ތަކަށް މުހިއްމު އަދި ''ކްރިޓިކަލް'' އިކުއިޕްމެންޓްސް ތަކެއްް ކަމަށެވެ. ޝާހިދު ވިދާޅުވީ ގޮތުގައި މިހާރު އެތަނުގައި ބޭނުން ކުރަމުންދާ ގިނަ ސާމާނުތައް ހުރީ ބާވެ ހަލާކުވެފައެެވެ. އެހެން ކަމުން މިހާރު ގެނެވުނު ސާމާނުތަކަކީ އޮޕަރޭންސް ތަކަށް އެންމެ މުހިއްމު ސާމާނުތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ބާޖް ހޭންޑްލަރ އާއި ޓާމިނަލް ޓްރެކްޓަރ ބޭނުން ކުރަން ވަނީ ފަށާފައެވެ. އޭގެ ތެރެއިން ބާޖް ހޭންޑްލާ ހާއްސަކުރަނީ، ކޮންޓެއިނަރ ހޭންޑްލް ކުރަން ބޭނުން ކުރުމަށެވެ.

ޝާހިދު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ބާޖް ހޭންޑްލަރ ބޭނުން ކުރާނީ، ކޮންޓެއިނަރ އެއްތަނުން އަނެއް ތަނަށް ގެންދިޔުމާއި، ކޮންޓެއިނަރ ''ޝިފްޓް'' ކުރުމާއި އަދި ކޮންޓެއިނަރ ބޯޓުން ބޭލުމަށް ފަހު ކްލިއަރިން އޭރިޔާ އަށް ގެންދިޔުމުގެ އިތުރުން ހުސް ކޮންޓެއިނަރ އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކަމަށެވެ.

ކަލްމާ ބްރޭންޑްގެ ސާމާނުތަކަކީ އެމްޕީއެލުން 10 އަހަރަށް ވުރެ ގިނަ އަހަރުތަކެއްް ވަންދެން ބޭނުން ކުރަމުން އަންނަ އެތަނުގެ މުވައްޒަފުން ފަރިތަ ސާމާނުތަކަކެވެ. އަލަށް ގެނެވުނު ސާމާނުތަކާއި އެކު މަސައްކަތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން މިހާރު ކުރީ ކޮޅުން ފެށިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން އަައިއިރު ހުރި ވަރަށް ގިނަ އިކިއުޕްމެންޓްސް ތަކުގައި ހުރި މައްސަލަތަކެއް ހައްލުކޮށްގެން ބާ އިކިއުޕްމެންޓްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުން މިއައީ... އާ އިކިއުޕްމެންޓް ލިބުމާއި ގުޅިގެން އަޅުގަނޑުމެންނަށް ހަމަ ފުދޭވަރަކަށް ކޮންޓިނިޔަސް ކޮށް މަސައްކަތް ގެންދެވޭނެ
ޝާހިދު އަލީ ~ އެމްޕީއެލްގެ ސީއީއޯ ~

އަލަށް ގެެނައި ދެ ބާޖް ހޭންޑްލަރއާ އެކު އެމްޕީއެލްގެ އޮޕަރޭޝަންސް ތަކުގައި ޖުމްލަ ހަތަރު ބަރޖް ހޭންޑްލަރ ބޭނުން ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
40%
0%
40%
0%
20%
ކޮމެންޓް
14 ނޮވެންބަރ 2019 | ބުރާސްފަތި 23:09
ޢަލީ
ދެން ކުރަންވީ ކަމަކީ އެމްޕީއެލް ސަރަހައްދު އެތެރޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަންވީ. ވާރޭ ވެހިލައިފިނަމަ އެތާ އެތޭރޭގައި ދުއްވާ ވެހިކަލްތައް އުޅެނީ ފުރޮޅުކަހާފަ. ބިންމަތީ ފުރޮޅު ހަރުނުލާ