އާދީއްތަ 05 ޖުލައި 2020
05 ފުނޯސް
1441 ޒުލްގައިދާ 14
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ވޯލްޑް ކަޕް ކޮލިފައިން

ވޯލްޑް ކަޕް ކޮލިފައިން: ފިލިޕިންސުން ރާއްޖެ ބަލިކޮށްފި

  • ރާއްޖޭގެ މައްޗަށް ފިލިޕިންސް ކުރިހޯދީ 0-2 ގެ ނަތީޖާއަކުން

ކ. މާލެ | 14 ނޮވެންބަރ 2019 | ބުރާސްފަތި 17:59 | 2,626

ރާއްޖެ އަދި ފިލިޕިންސް ބައްދަލުކުރި މެޗުގެ ތެރެއިން - އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސުން ރާއްޖޭގެ މައްޗަށް ކުރިހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މި މެޗުން ރާއްޖޭގެ މައްޗަށް ފިލިޕިންސް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ވަނީ ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. ރާއްޖެއަށް ވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު ލީޑު ނެގުމަށް ފުލުފުލުގައި ފުރުސަތުތަކެއް ލިބިފައެވެ. އަދި ފިލިޕީންސަށްވެސް ވަނީ ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ފިލިޕިންސަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެޓްރިކް ފޮނުވާލި މި ޕެނަލްޓީ ކީޕަރ ފައިސަލް ވަނީ ހުށިއާރު ކަމާއެކު ދިފާއުކޮށް، ބޭރުކޮށްލާފައެވެ. ދެވަނަ ހާފް ފެށިގެން ރާއްޖެއަށް ވަނީ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބުނު މި ފުރުސަތުގެ ބޭނުން އޭނާއަށް އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ.

ފިލިޕިންސްއިން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށް، ލީޑު ނަގާފައެވެ. މި ލަނޑު 52 ވަނަ މިނެޓުގައި ރަމްސޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އެއްފަހަރުންނެވެ.މި ލަނޑާއެކު ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް، އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ރާއްޖެއިން ވަނީ ރަނގަޅު ފުރުސަތުތައްވެސް ހޯދާފައެވެ. ނަމަވެސް ރާއްޖެއިން ރަނގަޅަށް ކުޅެމުން ދަނިކޮށް 68 ވަނަ މިނެޓުގައި ފިލިޕިންސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޓްރިކްއެވެ.

މެޗު ނިމުމުގެ ކުރިން ރާއްޖެއަށް ފަރަގު ކުޑަކުރަން ގިނަ ފުރުސަތުތައް ލިބުނެވެ. އެގޮތުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި އަހުމަދު ރިޒުވާން (ރިޒޭ) އަށް ލިބުނު ހުސް ފުރުސަތު ހިމެނެއެވެ. ރާއްޖެއިން ފަރަގު ކުޑަކުރީ މެޗު ނިމެނިކޮށެވެ. މި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) އެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. އަދި ފިލިޕީންސް އަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިން ޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.

މި ގްރޫޕްގައި ޗައިނާ އަދި ސީރިއާ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗަށްފަހު ގްރޫޕަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.