ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 18:20
ފަލަސްތީނު
ފަލަސްތީނު
އަލްޖަޒީރާ
ފަލަސްތީނު
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
 
މެދު އިރުމަތީގައި ސުލްހަ ގާއިމުވުމަށް އެދޭކަމަށްވެސް ބަޔާނުގައިވޭ
 
ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ކުށެއްނެތް އާންމުން މަރުވަމުންދާ ކަމަށް

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދާދި ފަހުން ދިން ޙަމަލާތަކުގައި އެޤައުމުގެ ކުށެއް ނެތް އެތަކެއް މުސްލިމުން މަރުވެ، ޒަޚަމްވުމާއި ގުޅިގެން، ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން، ޢާންމު ކުރި ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަޞްޠީނުގެ ޣައްޒާގެ ޞަރަޙައްދުތަކަށް އިސްރާއީލު ސިފައިން ދާދިފަހުން ދިން ޙަމަލާތަކުގައި ފަލަޞްޠީނުގެ ކުށެއްނެތް ޢާންމުން މަރުވަމުންދާ ކަމަށެވެ. އަދި މިޙަމަލާތަކުގައި މަރުވި މީހުންގެ ޢާލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ކިޔާކަމަށް ބަޔާނުގައިވެ އެވެ.

ދިވެހި ސަރުކާރުން ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ޞަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ޙައްލުކުރުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ވަކިން ޚާއްޞަކޮށް މިޞްރުން އިސްނަގައިގެން ކުރިޔަށްގެންދާ މަސައްކަތްތަކަށް މަރުޙަބާ ކިޔާފައިވެއެވެ. އަދި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން އެ ޞަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުން ވަކިން ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ދެމުންގެންދާ ޙަމަލާތަކާމެދު ކަންބޮޑުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން އަޅަމުންދާ ގެތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ ސަލާމަތީ މަޖިލީހާއި ޢާންމު މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށް އަޅަމުންދާ ގެތަކެއްކަމުގައެވެ.

ރާއްޖެއިން އަބަދުވެސް ތާއީދު ކުރަނީ ފަލަޞްޠީނާއި އިސްރާއީލު ދެދައުލަތެއްގެ ގޮތުގައި އޮތުމަށް ކަމަށާއި، އަދި 1967 ވަނަ އަހަރު ޞަރަޙައްދީ އިން ވަކިކުރެވުނު ގޮތައް އިރުމަތީ ޤުދުސަކީ ފަލަޞްޠީނުގެ ވެރިރަށުގެ ގޮތުގައި އޮވެ، ފަލަޞްޠީނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތުމަށް ރާއްޖެއިން އަބަދުވެސް އެދޭކަމަށް ބަޔާނުގައި ވެއެވެ.

އަދި ފަލަޞްޠީނު ރައްޔިތުން ތަޙައްމަލު ކުރަމުންދާ ކަންކަމުން އަރައިގަތުމަށް އަބަދުވެސް ފަލަޞްޠީނު ސަރުކާރާއި ރައްޔިތުންނަށް އެއްބާރުލުން ދިނުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ދެމިތިބޭނޭ ކަމުގެ ޔަޤީންކަން ބަޔާނުގައި ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ