ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ރާއްޖެ - ފެނާއި ނަރުދަމާގެ މަސައްކަތްތައް

34 ރަށެއްގެ ފެނާއި ނަރުދަމާ ޑިޒައިންކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

  • މަސައްކަތް ހަވާލުކޮށްފައިވަނީ ޝާހު ޓެކްނިކަލް ކޮންސަލްޓެންޓްއަށް
  • މަސައްކަތް ނިންމުމަށް ކުންފުންޏަށް 40 މަސް ދުވަސް ދީފައިވޭ
  • މަސައްކަތުގެ އަގަކީ 3،905،031.00

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 14 ނޮވެންބަރު 2019 | ބުރާސްފަތި 17:46 6,748

ނަރުދަމާ ޤާއިމު ކުރުމުގެ މަސައްކަތް ކުރުން - ޓްވިޓަރ

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ޑިޒައިނިންގ އަދި ޕްރޮޖެކްޓް ކޮންސަލްޓެންސީ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޝާހު ޓެކްނިކަލް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން މި މަސައްކަތް ނިންމުމަށް ކުންފުންޏަށް 40 މަސް ދުވަސް ދީފައިވާއިރު، މަސައްކަތުގެ އަގަކީ 3،905،031.00 ( ތިން މިލިއަން ނުވަލައްކަ ފަސްހާސް ތިރީސް އެއް ރުފިޔާ ) އެވެ.

މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ ގޯތަމް މަހާވީރު ޝާހުއެވެ.

ފެނާއި ނަރުދަމާގެ ޑިޒައިނިންގ ހަވާލުކުރެވުނު ރަށްތައް

މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި މަޝްރޫއުގެ ތަފްސީލީ ޕްރޮޖެކްޓް ރިޕޯރޓް ތައްޔާރު ކުރުމާއި، ޕްރިލިމިނަރީ ޑިޒައިން ތައްޔާރު ކުރުމާއި، ޓެންޑަރިންގ މަރުހަލާގެ ޚިދުމަތްތަކާއި އަދި ކޮންސްޓްރަކްޝަން ސުޕަރވިޜަން ގެ މަސައްކަތްތައް ހިމެނެއެވެ.

މި މަޝްރޫއުއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް