ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ރާއްޖެ - މަޖިލިސް 2019

މެންބަރު ޝިޔާމްގެ މައްޗަށް އެފްއެސްއެމްއިން ތެޔޮ ވައްކަންކުރެއްވިކަމުގެ ތުހުމަތުތަކެއް

  • އެހެން ވިދާޅުވީ ނައިފަރު ދާއިރާގެ ހަގީގީ ބޭނުންތަކަށް މިސަރުކާރުން ވިސްނާފައިވަނީ ކިހާވަރަކަށްތޯ ސުވާލު އުފައްދެވުމުން ރައްދެއްގެ ގޮތުގައި

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 14 ނޮވެންބަރު 2019 | ބުރާސްފަތި 19:02 23,330

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް - މަޖިލިސް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ވައްކަންކޮށް، ވަގު ވިޔަފާރި ކުރި ކަމުގެ ތުހުމަތު ތަކެއް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ މައްޗަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ޢަބްދުﷲ ކުރައްވައިފިއެވެެ.

ނައިފަރު ދާއިރާގެ ހަގީގީ ބޭނުންތަކަށް މިސަރުކާރުން ވިސްނާފައިވަނީ ކިހާވަރަކަށްތޯ ޝިޔާމް ސުވާލު އުފައްދަވާ ދެއްކެވި ވާހަކައަށް ރައްދުދެއްވަމުން މެމްބަރު ޔައުޤޫބް ވިދާޅުވީ ފާއިތުވި ސަރުކާރުގައި އެފްއެސްއެމް އިން ތެޔޮ ވައްކަންކޮށް، ވަގު ވިޔަފާރި ކޮށް ބަޖެޓު ހުސްނުކޮށްލި ނަމަ ނައިފަރު ދާއިރާ ތަރައްޤީ ވީސް ކަމަށެވެ.

މެމްބަރު ޔައުޤޫބް ވާހަކަ ދައްކަވަމުން ގެންދެވިއިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގެންދެވީ ނިޒާމީ ނުކުތާއަށް ފުރުސަތު ނުދެއްވުމުން އެކަމާ އަޑުގަދަ ކުރައްވަމުން ކަން ފާހަގަކޮށްލެވެއެވެ. މަޖިލީހުގެ ރައީސް ވަނީ ރޮޒެއިނާއަށް މަޖިލީހުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެދި ނަސޭހަތްތެރިވެފައެވެ. ނަސޭހަތް ގަބޫލު ނުކުރައްވާ އަޑުގަދަކުރެއްވުމުން ވަނީ މެންބަރު ރޮޒެއިނާގެ ނަންއިއްވާފައެވެ.

ޔައުޤޫބް ވަނީ 2018 ވަނަ އަހަރު، ނައިފަރު ދާއިރާގެ މެންބަރު އެފްއެސްއެމް އިން ތެޔޮ ވައްކަންކުރައްވާ، ވަގު ވިޔަފާރި ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

"ނައިފަރު ދާއިރާގައި، އަދި ނައިފަރުގައި މިއަށް ވުރެ މާބޮޑުތަނުންވެސް ހަގީގަތުގައިވެސް މަޝްރޫއުތައް ކުރިއަށް ގެންދެވުނީސް 2018، 18 ވަނަ މަޖިލީސް، ޚާއްސަކޮށް 2018 ވަނަ އަހަރު ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު މި ރާއްޖޭގެ އެފްއެސްއެމްއިން ތެޔޮ ވަގަށް ނަގައިގެން ވަގު ވިޔަފާރި ކުރަމުންގޮސް ރާއްޖޭގެ ބަޖެޓު ހުސްކޮށް ނުލި ނަމަ އަޅުގަނޑަށް ހީވަނީ މިއަށް ވުރެ ބޮޑުތަނުން ނައިފަރުގައި ބޮޑެތި މަޝްރޫއުތައް އިންތިހާ އަށް ހިނގަމުންދާނެ ކަން"

~ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެސް ނައިފަރު ދާއިރާގެ މެމްބަރުކަން ކުރެއްވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާ އަހުމަދު ޝިޔާމެވެ.

ޔައުޤޫބް ވިދާޅުވީ އެމްޑީޕީއަކީ ވަޢުދުވާ ޕާޓީއެއް ކަމަށާއި އަދި ވާ ވައުދުތައް ފުއްދާ ޕާޓީއެއް ކަމަށެވެ. އަދި ބަޖެޓު ބެހިގެންދާ ގޮތަށް ބަލާލާއިރު ތަރައްޤީގެ މަޝްރޫއުއެއް ނުހިނގާނެ އެއްވެސް ރަށެއް 2020 ވަނަ އަހަރު ނިމިގެންދާއިރު ނޯންނާނެ ކަމަށެވެ. މިއިން ޒަމާނެއްގައިވެސް އެއްވެސް އިރެއްގައި ނައިފަރުގައި ނުކުރާ ވަރަށް ތަރައްޤީގެ އެއްވެސް ،މަޝްރޫއެއް ނުހިންގާވަރަށް އެތައް ގުނައެއް ބޮޑުކޮށް މި ސަރުކާރުން 2020 ވަނަ އަހަރުވެސް އަދި މި ދައުރުގައި ވެސް ކުރަމުންގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް