ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 17:50
ެހަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޑިޒައިނިންގ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުން
ެހަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޑިޒައިނިންގ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުން
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ގޮނޑުދޮށް ހިމާޔަތް ކުރުން
ހަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޑިޒައިނިންގ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
 
ޑިޒައިނިންގއާއި، އީއައިއޭ ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައި
 
މަސައްކަތުގެ އަގަކީ 1،534،562 ރުފިޔާ
 
މި މަޝްރޫއުތައް ނިންމުމަށް ކުންފުންޏަށް 126 ދުވަސް ދީފައިވޭ

ހަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަޔަކާ ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓް ހަވާލުކުރެވުނު ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ އިންޖިނިއަރ ޢަބްދުﷲ ނައުޝާދެވެ.

ގޮނޑުދޮަށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހިންގުމަށް ހަވާލުކުރެވުނު ރަށްތައް:

  • ކ ތުލުސްދޫ،
  • ށ މިލަންދޫ،
  • ޅ ކުރެންދޫ،
  • ޅ އޮޅުވެލިފުށި،
  • ހއ އުލިގަމު
  • އދ އޮމަދޫއެވެ.

މި މަޝްރޫއުތައް ނިންމުމަށް ކުންފުންޏަށް 126 ދުވަސް ދީފައިވާއިރު، މަސައްކަތުގެ އަގަކީ 1،534،562 (އެއް މިލިއަން ފަސްލައްކަ ތިރީސް ހަތަރުހާސް ފަސް ސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ) އެވެ.

މި މަޝްރޫއުގެ ދަށުން ހަވާލުކުރެވިފައިވާ ރަށްރަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ޑިޒައިނިންގއާއި، އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާއި ވަނީ ހަވާލުކުރެވިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް