ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 17:56
ދަރުބާރުގޭގައި ބޭއްވި އެކްސްޕޯއެއްގެ ތެރެއިން
ދަރުބާރުގޭގައި ބޭއްވި އެކްސްޕޯއެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ޖެންޑަރ މިނިސްޓްރީ
ރިވެލި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
 
މިމައުރަޒުގައި ބައިވެރިވުމަށް މިމަހުގެ 21 ކުރިން ފޯމް ހުށަހަޅަންޖެހޭ
 
މުޖުތަމައުއަށް މުހިންމު ބަޔަކަށް ހަދަން ޖެހޭ
 
މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުނަރު ދައްކާލުމަށް ބާއްވާ މައުރަޒެއް

ރިވެލި މައުރަޒު 2019 ގައި ބައިވެރިވުމަށް އެދި މުއްދަތު އިތުރުކޮށްފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް މުޖުތަމަޢަށް ދައްކާލުމުގެ މަޤްސަދުގައި ބާއްވާ މައުރަޒެކެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މިމައުރަޒުގައި އެފަދަ މީހުންނާއި ކުދިން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމާއި، އެކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުތު ހޯދައިދެވޭނެ ކަމަށެވެ. މިފަދަ ފުރުސަތުތަކުގެ ސަބަބުން މިދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދެވިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ އެފަރާތްތަކުގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް މުޖުތަމަޢުގައި މުހިންމު ހިއްސާ އިތުރުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

މި މައުރަޒު މިހާރު ކުރިޔަށް ގެންދިޔުމަށް ރާވާފައި ވަނީ 03 ޑިސެމްބަރ 2019 އިން 05 ޑިސެމްބަރ 2019 ގެ ނިޔަލަށެވެ. މި މައުރަޒުގައި ބައިވެރި ވުމުގެ މުއްދަތު 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ14:00 އަށް އިތުރުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކައިދޭ ޤައުމީ މަޢުރަޒު "ރިވެލި މަޢުރަޒު 2019" ގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް) ފުރުމަށް ފަހު 21 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މާލޭގައިނަމަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް އަދި އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ މެދުވެރިކޮށް އެ މިނިސްޓްރީއަށް ފޮނުއްވުމަށް އެދޭ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުއްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ވަނީ ހުޅުވާލަފައެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުންނާއި، ރަށު ކައުންސިލްތަކުންނާއި، މިމިނިސްޓްރީގެ ވެބް ސައިޓް އިން ލިބެން ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް