ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 15:15
އޭވީސީ މުބާރާތުގެ ތެރެއިން
އޭވީސީ މުބާރާތުގެ ތެރެއިން
ފޭސްބުކް
ނޭޕާލް - ރާއްޖެ
ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ރިހި މެޑަލް
 
ރާއްޖޭގެ މައްޗަށް ނޭޕާލް ކުރިހޯދީ ސީދާ ތިން ސެޓުން

ބަންގްލަދޭޝްގައި ކުރިޔަށްދިޔަ އޭވީސީ ސީނިއަރ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކުޅުނު މި މެޗުން ރާއްޖޭގެ މައްޗަށް ނޭޕާލް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ނޭޕާލުން ގެންދިޔައީ 13-25، 12-25 އަދި 08-25 އިންނެވެ.

މުބާރާތުގެ ލީގް ބުރުގައިވެސް ނޭޕާލުން ވަނީ ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. އެ މެޗުވެސް ނޭޕާލުން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގައި ނޭޕާލް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، ރާއްޖެ ބަލިވީ ހަމައެކަނި ނޭޕާލް އަތުންނެވެ. ނޭޕާލް އަދި ރާއްޖެއިންވެސް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖެއިން ވަނީ ކިރިގިސްތާނާއި ބަންގްލަދޭޝްއާއި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ އަންހެން ވޮލީ ޓީމު މުބާރާތެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
25%
75%
0%
0%
0%
0%
ކޮމެންޓް