ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 14:02
ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ނިންމާފައިވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (މެދުގައި)، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ (ވައަތް ފަރާތުގައި)، އަދި ޖޭއެސްސީން ސުލޫ
ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ނިންމާފައިވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (މެދުގައި)، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ (ވައަތް ފަރާތުގައި)، އަދި ޖޭއެސްސީން ސުލޫ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޖުޑީޝަރީ ކޮމެޓީ
ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމަށް ކޮމެޓީން ތާއީދު ކޮށްފި
 
ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތު ބޭނުންވާނެ
 
ކޮމެޓީން ނިންމީ، ޖޭއެސްސީން އެނިންމުން ނިންމާފައިވަނީ އިޖުރާއަތާ އެއްގޮތަކަށް ކަމަށް
 
ޖުޑިޝަރީ ކޮމެޓީއަށް މަތިކޮށްފައިވަނީ ޖޭއެސްސީން އެނިންމުމަށް ވާސިލްވީ އިޖުރާއަތާ އެއްގޮތަށްތޯ ބެލުން

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ތާއީދުކޮށް އެ ރިޕޯޓް ފާސްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ އެނިންމުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް މަތިކޮށްފައިވާ ހަމައެކަނި ކަމަކީ، ޖޭއެސްސީން އެ ނިންމުން ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެގޮތަށްތޯ ބެލުން އެކަންޏެވެ.

އެހެންކަމުން ޖުޑީޝަރީ ކޮމެޓީއަށް އެރިޕޯޓް ހުށަހެޅުމާއެކު އެކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް، އަދި ކަނޑައެޅިފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާ، މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓް، ޖުޑީޝަރީ ކޮމެޓީން ވަނީ، އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރަން، ޖޭއެސްސީން ނިންމާފައި ވަނީ ބުދަ ދުވަހު އެކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ފޮނުއްވުމާއެކު، ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިއްވާ، އެ ރިޕޯޓް ދިރާސާ ކުރުމަށް، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް، ބުދަ ދުވަހު ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ނިންމައި އެ މައްސަލަ ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ވެސް ބުދަ ދުވަހު އެވެ.

ޖޭއެސްސީން ދަނީ، ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ދަނީ ތަހުޤީޤު ކުރަމުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާ ގުޅޭ 18 މައްސަލައަކާއި ފަނޑިޔާރު ޢަބްދުﷲ އަރީފުގެ 14 މައްސަލައަކާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ 16 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދާ ގުޅޭ ތިން މައްސަލައެއް އެކޮމިޝަނުން ބަލަމުންދެ އެވެ.

ޖޭއެސްސީން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެންދަވަނީ، ޖޭއެސްސީއަށް ގޮންޖައްސަވާ، ތަހުގީގަށް އެއްބާރުލުން ދެއްވުމަށް ދެކޮޅު ހައްދަވަމުން ނެވެ.

ޖޭއެސްސީން ބުނީ، ރާއްޖޭގެ ގާނޫނޫ އަސާސީގެ 154 މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާފަދަ އަމަލުތަކެއް އެ ދެ ފަނޑިޔާރުންގެ ކިބައިން ފެނިފައިވާތީ ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ވަގުތީ ގޮތުން 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ޖޭއެސްސީގެ އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމާފައިވަނީ، ޖޭއެސްސީން ތަހްގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ދެ ބޭފުޅުން މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ފެންނާތީ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން ވަކި ކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނަން ޖެހެއެވެ. އިސްލާޙު ކުރެވުނު ގަވާއިދުގައި މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގެ މީހުން ވަކި ކުރުމާއި ބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުޘްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ. ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
86%
0%
14%
0%
0%
ކޮމެންޓް