ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 12:35
އެމްއެންޔޫގައި ބޭއްވުނު ހަފްލާގެ ތެރެއިން
އެމްއެންޔޫގައި ބޭއްވުނު ހަފްލާގެ ތެރެއިން
އެމްއެންޔޫ
އެމްއެންޔޫ
އެމްއެންޔޫއަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކޮށްފި
 
ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ގޮތުގައި ތިން ބޭފުޅުން ވަނީ އައްޔަން ކޮށްފަ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ޑެފިއުޓީ ވައިސް ޗާންސެލަރުން އައްޔަންކޮށްފި އެވެ.

އެމްއެންޔޫ ސެމިނާ ރޫމްގައި ބުރާސްފަތި ދުވަހު ބޭއްވި ހަފްލާއެއްގައި އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަމަށް ތިން ބޭފުޅުން ވަނީ އައްޔަންކޮށްފަ އެވެ.

ޑެޕިއުޓީ ވައިސް ޗާންސަލަރ (ރިސާރޗް އެންޑް އެންޓަރޕްރައިސް) ގެ މަޤާމު ހަވާލުކުރީ ޑރ. އައިޝަތު ޝެހެނާޒް އާދަމް އާއެވެ. ޑެޕިއުޓީ ވައިސް ޗާންސަލަރ (އެކެޑެމިކް އެފެއާރޒް) ގެ މަޤާމަށް ހޮވުނީ އާއިޝަތު ޝާހީން އިސްމާއިލް އެވެ. ޑެޕިއުޓީ ވައިސް ޗާންސަލަރ (އެޑްމިނިސްޓްރޭޝަން އެންޑް ފިނޭންސް) ގެ މަޤާމަށް ހޮވުނީ ޙުސެން ޙަލީމެވެ.

ހަތަރު އަހަރު މުއްދަތުގެ މި ތިން މަޤާމަށް ޖުމުލަ 30 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ޑެޕިއުޓީން ޢައްޔަނުކުރުމާ ގުޅިގެން ޔުނިވަރސިޓީގެ ވައިސް ޗާންސަލަރ ޑރ މުޙައްމަދު ޝަރީފް ވިދާޅުވީ މިއީ މުހިންމު ތިން މަގާމު ކަމަށާއި މިތިން މަޤާމު ހަވާލު މިކުރީ، ވަރަށް ޤާބިލް، ވަރަށް ހިންގުންތެރި، ވަރަށް ހުނަރުވެރި ފަރާތްތަކަކާއި ކަމަށެވެ. އަދި އެބޭފުޅުން މި މަޤާމުތަކަށް ކުރިމަތިލެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާކަމަށެވެ.

މުހައްމަދު ޝަރީފް ވަނީ މި މަގާމުތަކަށް އައްޔަން ކުރވުނު ތިން ބޭފުޅުންނަށް ތަހުނިޔާ ދަންނަވައިފައެވެ. މީގެއިތުރުން ޗާންސެލަރ ވަނީ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ކަމަށް ލަޔާޤަތްތެރި ބޭފުޅުން ހަމަޖެހިގެން ދިޔަކަމީ ޔުނިވަރސިޓީ ބާރަށް ކުރިއަށް، ދުއްވުމަށް ޖެހެމުންދާނޭ ފައްސިޔައެއް ކަމަށް ވިދާޅުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
50%
0%
0%
0%
0%
ކޮމެންޓް