ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 12:07
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން
ރާއްޖެ އެމްވީ
ކްރިމިނަލް ކޯޓު
ޝަރީއަތްތައް ލައިވް ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި
 
އަލަށް ހިންގާ އެއްވެސް ޝަރީޢަތެއް ޓެލެކާސްޓް ނުކުރުމަށް ނިންމާފައިވޭ

ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތްތައް ވަގުތުން ޓެލެކާސްޓް ކުރުން މަޑުޖައްސާލުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލު އަލުން މުރާޖަޢާކޮށް ޢާންމުކޮށްގެން ނޫނީ އަލަށް ހިންގާ އެއްވެސް ޝަރީޢަތެއް ޓެލެކާސްޓް ނުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިހާރު ޓެލެކާސްޓް ކުރަން ފެށިފައިވާ މައްސަލައިގެ ދެފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިޢްތިރާޟް ނުކުރާނަމަ، ޓެލެކާސްޓް ކުރުމަށާއި، ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިޔުމަށްވެސް ނިންމާފައިވާކަމަށް އެ ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުން އިތުރަށް ބުނެފައިވަނީ، މިހާރު ހެދިފައިވާ އުސޫލު އަލުން މުރާޖައާ ކުރުމަށް ނިންމީ އެ އުސޫލުގެ ދަށުން އެއްވެސް އިސްތިސްނާއެއްނެތި ޝަރީއަތްތައް ޓެލެކާސްޓް ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ ކަމަށެވެ. އަދި ވަގުތުން ޝަރީއަތްތަައް ޓެލެކާސްޓް ކުރުމުގެ ސަބަބުން އެއް ބަޔަކަށް އޭގެ ފައިދާ ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޯޓުން އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި އިސްވެ ދެންނެވި ސަބަބާއި ގުޅިގެން މުޖުތަމައުގެ ތެރޭގައި ފިތުނަ އުފެއްދުމުގެ ޖާގަ ހުޅުވިގެން ދިޔުމާއި އަދުލު އިންސާފާއިމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދުމުގެ ޖާގަ އެބައޮތް ކަމަށެވެ. އަދި މައްސަލައިގެ ބާވަތުން އެ މައްސަލައާއި ގުޅޭ ޝަރީއަތް ހިނގަމުން ދާއިރު އެ މައްސަލައާއި ގުޅުންހުރި އެހެން ފަރާތްތަކުގެ ތަހުގީގަށާއި ޝަރީއަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން ޝަރީއަތަށް ހެކިން ނުވެއްދޭ ގޮތަށް އޮންނަ އުސޫލުގެ މަގުސަދު ގެއްލިގެން ދާނެ ކަމަށްވެސް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޓެލެކާސްޓް ކުރުމާއި ގުޅިގެން ހެކިބަސް އެއްގޮތް ކުރުމުގެ ފުރުސަތު ހުޅުވުމަކީވެސް އިންސާފަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. މި ހުށައެޅުން ފާސްވެފައިވަނީ ކްރިމިނަލް ކޯޓުގައި މިވަގުތު ތިއްބެވި ނުވަ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ނުވަނީ މިހާރު ސަސްޕެންޝަންގައި ހުންނެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމްއެވެ.

މިހާރު ޓެލެކާސްޓް ކުރަމުންގެންދާ ޝަރީއަތްތަކާއި ގުޅިގެން ހުށައެޅި ހުށައެޅުން ފާސްވެފައި ވަނީ ހާޒިރުވެ ތިއްބެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެ ހުށައެޅުމާ ދެކޮޅަށް ވޯޓު ދެއްވީ ތިން ފަނޑިޔާރުންނެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުމުގެ ސަބަބުން މިހާރު ލައިވް ޓެލެކާސްޓް ކުރާ ކުރީގެ ރައީސް ޔާމިންގެ ޝަރީއަތް ވަގުތުން ނުދައްކާނީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ނުވަތަ ދައުލަތުގެ ފަރާތުން އެކަމާއި އިއުތިރާޒު ވާނަމައެވެ. ރައީސް ޔާމީންގެ ޝަރީއަތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެލެކާސްޓް ކުރެވުނު ޝަރީއަތެވެ.

އޭގެއިތުރުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާގެ ޝަރީއަތް ލައިވްކޮށްގެން ކުރިއަށްގެންދިއުމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ހުށަހަޅުއްވާފަ އެވެ. އަދި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުންވެސް ވަނީ ޝަރީއަތް ހުޅުވާލައިގެން، ލައިވް ޓެލެކާސްޓްކުރާގޮތަށް ކުރިއަށްގެންދިއުމަށް މައްސަލަ ބައްލަވާ ގާޒީގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެ މައްސަލާގައި އޭސީސީންވެސް އެދިފައިވަނީ ޝަރީއަތްތައް ވަގުތުން ދުރަށްދެއްކޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
40%
0%
0%
30%
30%
0%
ކޮމެންޓް
14 ނޮވެންބަރ 2019 | ބުރާސްފަތި 13:06
ޙަބީބު
އަނގަބަހުން ސޮއެކޮއްފަ ލިޔުމެއްދީ ވީމާ ތިކަން ނުކުރަން
14 ނޮވެންބަރ 2019 | ބުރާސްފަތި 12:48
އެދުރުހަސަން
އެއްޗެއްކޭ ނު ބުނެ ހަނު ހުންނަންނިންމައިފިން. އެކަމަކު ބޮޑު ތިޖޫރި ފަޅާލި މީހުންގެ ޝަރީއަތް ޢަޑުޢަހަން މިހިރީ ކެތްމަދުވެފަ.
14 ނޮވެންބަރ 2019 | ބުރާސްފަތި 12:48
އެދުރުހަސަން
އެއްޗެއްކޭ ނު ބުނެ ހަނު ހުންނަންނިންމައިފިން. އެކަމަކު ބޮޑު ތިޖޫރި ފަޅާލި މީހުންގެ ޝަރީއަތް ޢަޑުޢަހަން މިހިރީ ކެތްމަދުވެފަ.
14 ނޮވެންބަރ 2019 | ބުރާސްފަތި 12:48
އެދުރުހަސަން
އެއްޗެއްކޭ ނު ބުނެ ހަނު ހުންނަންނިންމައިފިން. އެކަމަކު ބޮޑު ތިޖޫރި ފަޅާލި މީހުންގެ ޝަރީއަތް ޢަޑުޢަހަން މިހިރީ ކެތްމަދުވެފަ.