ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 09:57
އެކްސިޑެންޓް ހިނގި ސަރަހައްދު
އެކްސިޑެންޓް ހިނގި ސަރަހައްދު
އެމްވީކްރައިސިސް
ހުޅުމާލޭ ބަސް އެކްސިޑެންޓް
ބަސް ޑްރައިވަރުގެ ބަންދަށް 7 ދުވަސް ޖަހައިފި
 
އެކްސިޑެންޓްގައި ނިޔާވީ 13 އަހަރުގެ އަންހެން ކުއްޖެއް
 
ބަސް ޑްރައިވަރަކަށް އެކްސިޑެންޓް ހިނގިކަމެއް ނޭނގޭ ކަމަށް ބުނެފައިވޭ
 
ބަސް ދުއްވަން ހުރި ޑްރައިވަރު ފުލުހުން ހުއްޓުވާފައިވަނީ އެކްސިޑެންޓް ހިނގި ސަރަހައްދަށް ވުރެ ދުރުން

ކުޑަކުއްޖަކު ނިޔާވި އެކްސިޑެންޓްގެ މައްސަލައިގައި ހިމެނޭ ބަސް ޑްރައިވަރުގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.

އަންގާރަ ދުވަހުގެރޭ ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ، އެކްސިޑެންޓްވީ ސައިކަލުގެ ފަހަތުގައި ހުރި 13 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެ ސައިކަލް ދުއްވާފައި ދިޔައީ އެ ކުއްޖާ މަންމައެވެ. އޭނާއަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް އާސަންދަ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ހުޅުމާލެ-ހުޅުލެ ހައިވޭއަށް އަރަންދާ މަގުގައެވެ. ފުލުހުން ބުނެފައިވަނީ ބަސް ޑްރައިވަރު ހުއްޓުވާފައިވަނީ އެކްސިޑެންޓް ހިނގި ސަރަހައްދުން ތަންކޮޅެއް ދުރުން ކަމަށާއި، އޭނާއަށް އެކްސިޑެންޓެއް ވީކަމެއް ނޭނގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އެ ބަހަކީ ހުޅުލެއަށް ފަސިންޖަރުން އުފުލާ އެމްޓީސީސީގެ ބަހެކެވެ.

އެކްސިޑެންޓާއި ގުޅިގެން އެމްޓީސީސީއިން ދީފައިވާ މައުލޫމާތަށް ބަލާއިރު، އެކްސިޑެންޓް ހިނގިކަން އެ ބަހުގައި ހުރި ކޮންޑަކްޓަރަކަށްވެސް އަދި ފަސިންޖަރަކަށްވެސް ނޭނގޭ ކަމަށެވެ. މި ހާދިސާ ހިނގައިދިޔަ ގޮތާއި ގުޅޭ ގޮތުން އެކި ފަރާތްތަކުން އެކި ގޮތަށް މައުލޫމާތު ދީފައިވާއިރު، ފުލުހުން ވަނީ އެ މަންޒަރު ދުށް ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައެވެ.

މިއީ މިއަހަރުގެ ތެރޭގައި އެމްޓީސީސީގެ ބަހަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވީ ދެވަނަ ފަހަރެވެ. އެމްޓީސީގެ ބަހަކުން ޖެހި މިއަހަރުގެ ތެރޭގައި ދެން ނިޔާވެފައިވަނީ ޔުކްރެއިންއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
40%
0%
0%
60%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި