ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 09:41
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރ
ޔުނެސްކޯގެ 40 ވަނަ ޖެނެރަލް ކޮންފަރެންސްގައި ބައިވެރިވުމަށް އެޑިއުކޭޝަން މިނިސްޓަރ ފަރަންސޭސިވިލާތަށް!
 
މި ބައްދަލުވުމުގައި އެކަމަނާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައި
 
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18ގައި

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ( ޔުނެސްކޯ) ގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި ބައިވެރުވެ ވަޑައިގެންނެވުމަށް މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ޗެއަރޕާސަން އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ ފަރަންސޭސި ވިލާތަށް ވަޑައިގެންފި އެވެ.

މި ބައްދަލުވުމުގައި އެކަމަނާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ލެވެލް ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމާއި ޔުނެސްކޯ މެން އެންޑް ބައޮސްފިއަރ ކައުންސިލްގެ މެންބަރަކަށް ދިވެހިރާއްޖެ ވާދަ ކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ލޮބީ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގެ ތެރެއިން އެކުވެރި ގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ގައުމުތަކުގެ އިސް ބޭފުޅުން އަދި ތައުލީމީ އެކްސްޕާރޓުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަޖުރިބާ ހިއްސާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެފަރާތްތަކުން ރާއްޖެއަށް ފަންނީ އެހީ ހޯއްދެވުމަށް މަސައްކަތް ކުރައްވާނެއެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނެސްކޯގެ އެކިއެކި ބޯޑުތަކާއި ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރާ ވޯޓުގައިވެސް ރާއްޖެއިން ބައިވެރިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ގެ އަރިހުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރާއި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ސެކެޓްރީޖެނެރަލް އަހުމަދު މައުސޫމު ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް