ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 01:55
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭހް ހަސީނާ
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭހް ހަސީނާ
ރޮއިޓަރސް
ރޮހިންޔާ މުސްލިމުން
ރޮހިންޔާއިންނަކީ މުޅި ސަރަހައްދަށާއި، ގައުމަަށް ހުރި ނުރަކަލެއް: ހަސީނާ
 
ގިނަ މީހުން އަނބުރާ ދާން ބޭނުމެއް ނުވޭ
 
ރޮހިންޔާ މީހުން އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްްކަތް ދަނީ ކުރެވެމުން
 
ނުވަލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝް އަށް އެތެރެވެފައި

މިޔަންމާ ދޫކޮށް ހިމާޔަތް ހޯދުމަށް އެކަމަނާގެ ގައުމަށް އެތެރެފައިވާ 10 ލައްކަ އަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުންނަކީ މުޅި ސަރަހައްދަށާއި، ގައުމަށް ހުރި ނުރައްކަލެއް ކަމަށް ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭހް ހަސީނާ ވަޒެދް ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ މުޖުތަމައުން އެކަމަށް ހައްލެއް ހޯއްދައިދެއްވުމަށް ހަސީނާ ވަނީ ގޮވާލައްވާފައެވެ.

އދ.ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2017 ވަނަ އަހަރު މިޔަންމާގެ ރަކީން ސްޓޭޓްގައި އެ ގައުމުގެ ސިފައިން ހިންގި ޖަރީމާތަކުގެ ސަބަބުން، 2018 މޭމަހުގެ 24 އާ ހަމަޔަށް ނުވަލައްކަ އަށް ވުރެ ރޮހިންޔާ މުސްލިމުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

ހޯމަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި، ''ޑާކާ ގްލޯބަލް ޑައިލޮގް 2019'' ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ހަސީނާ ވިދާޅުވީ، މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ސަބަބުން އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވެފައިވާ އެއް މިލިއަން ރޮހިންޔާ މުސްލިމުންނަކީ ސަރަހައްދުގެ އިތުރު ގައުމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.

ގައުމަށް ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ބައިނަލްއަގްވާމީ ގޮތުން އެކަމަށް ފިޔަވަޅު އަޅައިދިނުމަށް ހަސީނާ ވަނީ ގޮވައިލާފައެވެ.

ރޮހިންޔާ މުސްލިމުންނަކީ މުޅި ސަރަހައްދަށާއި، ގައުމަށް ހުރި ނުރައްކަލެއް ކަމަށް ހަސީނާ ވިދާޅުވެފައިވާއިރު، ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކައި ތިބި މިޔަންމާގެ ރޮހިންޔާ މުސްލިމުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ބަންގްލަދޭޝް އިން ވަނީ މި އަހަރު އޮގަސްޓު މަހު ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
8%
8%
15%
54%
8%
8%
ކޮމެންޓް