ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 23:26
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން އާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން އާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ހިލޭ ޑިގްރީ
ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ދަރިވަރުންގެ އަތަށް ފައިސާ ދޭގޮތަށް ބަދަލުކޮށްފި
 
ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާކަމަށް ވިދާޅުވި
 
އަންގާރަ ދުވަހު އުސޫލު ވަނީ ގެޒެޓްކޮށްފައި

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްއަށް ބޮޑެތި ބަދަލުތަކެއް ގެންނަ ކަމަށާއި، ދަރިވަރުންގެ އަތަށް ކޯސްފީދޭގޮތަށް ނިންމާފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަނީ ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް ރަނގަޅަށް ކުރުމަށް ކަމަށެވެ. އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އެ ޚިދުމަތްތައް ލިބޭނެ ގޮތްގޮތަށް އިންތިޒާމްކޮށް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ އުސޫލު އަލުން މުރާޖާކޮށް އެ އުސޫލު ބުދަ ދުވަހު ގެޒެޓްކޮށްފައިވާ ކަމަށާއި، ބުރާސްފަތި ދުވަހުން ފެށިގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ފައިސާ ދެމުން ގެންދާނީ ދަރިވަރުންގެ އަތަށް ކަމަށެވެ.

ފުރަތަމަ ޑިގްރީ ހިލޭ ޑިގްރީ ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާއެކު ދަރިވަރުންނަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އައިސް އެކަމަށް ކުރިމަތިލާންޖެހޭ ފޯމް ހުށަހަޅަން މިޖެހެނީ. އަޅުގަނޑުމެން އަހަރުގެ މެދުތެރޭގައި އޮންލައިންކޮށް މިސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނީ. އަޅުގަނޑުމެން ސްކީމް ފެށިގެން އައިރުގަ ވެސް ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާކުރެވިފައި އަޅުގަނޑުމެން އޭރު ނިންމީ ދަރިވަރުންނަށް މިދޭ ފައިސާގެ އެހީ އަޅުގަނޑުމެން ސީދާ އެކުއްޖަކު ކިޔަވާ ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ އެކައުންޓަށް ޖަމާކޮށްދެން އެހެންނަމަވެސް މިކަމުގައި އަޅުގަނޑުމެންނަށް އިދާރީގޮތުން ދަތިތަކާ ދިމާވޭ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން

ދަރިވަރުންގެ ކޯސްފީއާ ބެހޭގޮތުން މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާތަނަށް ކޮލެޖް ޔުނިވަރސިޓީތަކުން ހަޔަރ އެޑިޔުކޭޝަނަށް ފޮނުވާފައިވާ އިންވޮއިސްއަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ރީފަންޑް ހޯދަން ހުށަހަޅާފައިވާ ހުރިހާ ސްލިޕްތަކަށް ފައިސާދީފައިވާ ކަމަށާއި، ކޭޝްފްލޯރގެ މައްސަލައެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. މި ނިންމެވުމާއެކު ދަރިވަރުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
33%
0%
33%
6%
11%
ކޮމެންޓް
17 ނޮވެންބަރ 2019 | އާދީއްތަ 08:28
ނުރަބޯ
ދެން ކޯސްފީގެ ނަމުގައި ކޮންމެވެސް ބަޔަކުންނަށް ފައިސާތަކެއް ދެވޭނެނު. މިހާރު ކޮލެޖަށް ޖަމާކުރާތީ މަކަރެއް ނޯންނާނެތާ ހެދޭކަށް. ކޮންމެ ކަމަކުންވެސް ވައްކަން.