ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 22:22
ރައީސް ޔާމީން މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޔާމީން މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް އަބްދުﷲ ޔާމީން
އަދުުލުވެރި ޝަރީއަތެއް ކޮށްފިއްޔާ ގައިގައި އަތެއް ނުލެވޭނެ: ރައީސް ޔާމީން
 
ދައުވާކުރަނީ އޮޅުވާލައިގެން ކަމަށް ވިދާޅުވި
 
ޝަރިއަތާ މެދު ކަންބޮޑުނުވާ ކަމަށް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ އަދުލުވެރި ޝަރީއަތެއް ހިންގައިފިނަމަ ''ގައިގައި އަތް ނުލެވޭނެ'' ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެއް މިލިއަން ޑޮލަރެވެ.

ބުދަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ޝަރީއަތް ކުރިޔަށްދާ ގޮތާއި މެދު ތާއިދުކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ސަޕޯޓަރުން ކަންބޮޑުވާން ނުޖެހޭކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ، އެމަނިކުފާނުވެސް އެއްވެސް ވަރަކަށް ކަންބޮޑުވުން ނުވާ ކަމަށެވެ.

ޔާމީން ވިދާޅުވީ، ރާއްޖޭގެ ބައިތުލްމާލުން އެއްވެސް ފައިސާ ނަންގަވާފައިނުވާނެ ކަމަށާއި، ފައިސާ ނަންގަވަން ޖެހޭ ސަބަބެއްވެސް ނެތް ކަމަށެވެ. އެމަނިކުފާނުގެ ނަފްސުގެ މުއްސަނދިކަން އެއަށްވުރެ ބޮޑު ކަމަށާއި އޭރުވެސް އެއް މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެކައުންޓުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރަނީ އޮޅުވާލައިގެންކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، މައްސަލަ ތަހުގީގުކުރާ ފަރާތަކަށް އޭސީސީ އޮންނައިރު ތަހުގީގު ހިންގާފައި، އެކަން ނުކުރެވޭނެ ކަމަށެވެ.

އަދުލުވެރި ޝަރިޔަތެއް ކޮށްފިއްޔާ ރައީސް ޔާމީން ގައި ގައި އަތްލެވޭނެ ގޮތެއް ނޮއްނާނެ.
އަބްދުﷲ ޔާމީން - ޕީޕީއެމްގެ ރައީސް -

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޙުކުމް ކުރުމަށް އޮތް ޝަރީޢަތުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. އެއީ އެމައްސަލަ ބައްލަވާ ގާޒީ އަދި ކްރިިނަލް ކޯޓުގެ އިސްގާޒީ އަޙްމަދު ހައިލަމްގެ މައްޗަށް ކުރެވޭ ސުލޫކީ މައްސަލަތަކަކާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން ނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
0%
0%
75%
0%
0%
ކޮމެންޓް
13 ނޮވެންބަރ 2019 | ބުދަ 23:32
ޢެދުރުހަސަން
ލަދެއް ޔަޔާތެް ހުރިމީހެއް ނޫން. ދިވެހިންގެ ހަޒާނާގައި އަތްލާނެ ފުރުސަތެއްލިބޭ ކޮންމެ ފަހަރަކު އެތައްމިލިއަން ޑޮލަރެއް ކައްވަމުންދާ މީހެއް. މީނަގެ ވެރިކަމުގައި އިންސާފުވެރި ފަޑިޔާރުގެ ޔެއް އޮވެފަ މިނިވަން މުއައްސަސާއެތް އޮތްނަމަ މީނަގެވެރިކަން ނުނިމެނީސް އޮންނަންޖެހެނީ ޖަލުގެ ކުޑަގޮޅީގަ. ވާހަކަ ނުދައްކާމަޑުންދެންވެސްހުރޭ. ވަގަކައްހާސްދުވަސް ވެރިޔަކައް އެއްދުވަސް. ގިޔާމަތާއިޖެހެންދެން މަމެންވެރިކަންކުރާނަމޯ.އޭރަކު އެއްމެބާރުވެރިފަރާތަކީ ﷲ ކަމެއް ހަދާނެއްނެތް. ރާކަނިމަސް ކެވިއްޖެއެއްނުން. އަވަހައް އަދުރޭއާއި ކަދުރޭއާއި ދޮންކެއު ނިހާން މެންގޮވައިގެން މަގުމައްޗައް ނިކުމެވޭތޯބަލާ. ވަގުންދައްކާވާހަކައަކައް މިގައުމުގެ ރައިއްޔަތުން ގުބޯނުހެއްދޭނެ.