ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 20:30
ޖޯން ލެޖެންޑް
ޖޯން ލެޖެންޑް
ޕީޕަލް މެގަޒިން
ސެކްސިއަސްޓް މޭން އަލައިވް
2019 ވަނަ އަހަރުގެ 'ސެކްސިއެސްޓް މޭން އަލައިވް' އަށް ޖޯން ލެޖެންޑް!
 
2018 ވަނަ އަހަރު މި ލަގަބު ލކިބިފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އިޑްރިސް އެލްބާއަށް

"ޕީޕަލް" މެގަޒިންއިން ކޮންމެ އަހަރަކު ހޮވާ "ސެކްސިއަސްޓް މޭން އަލައިވް" އަށް މި އަހަރު ހޮވިފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ، ޖޯން ލެޖެންޑް އެވެ.

މި އަހަރުގެ "ސެކްސިއަސްޓް މޭން އަލައިވް" ބުދަ ދުވަހު އިއުލާންކޮށްފައިވާއިރު، 2018 ވަނަ އަހަރު މި ލަގަބު ލިބިފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އިޑްރިސް އެލްބާއަށެވެ.

މި އިއުލާނަށް ފަހު ޖޯން ވަނީ އަމިއްލާ މީހާއަށް ޖެއްސުންކޮށްފަ ޓްވީޓްކޮށްފައެވެ.

އެގޮތުން، އޭނާ ބުނީ އިޑްރިސްއަށްފަހު މި ލިގަބު ލިބުމަކީ "1995 ވަނަ އަހަރުގެ" ޖޯން ލެޖެންޑަށް ނުވިސްނޭނެކަމެއް ކަމަށެވެ. އަދި "2019 ވަނަ އަހަރުގެ" ޖޯންއަށް ވެސް މިކަން ނުވިސްނޭކަމަށް އޭނާ ބުންޏެވެ.

ޖޯންގެ އަންހެނުން، މޮޑެލް އަދި ސޯޝަލް މީޑިއާ ފަންނާނެއްކަމަށްވާ ކްރިސީ ޓީގަން ވެސް ދަނީ މިކަމަށް ޖޯކް ޖަހަމުންނެވެ.

ޖޯން ލެޖެންޑް އާއި އަންހެނުން ކްރިސީ ޓީގަން، ދަރިން ލޫނާ އާއި މައިލްސްއާއެކު -- ފޮޓޯ: ވެރައިޓީ މެގަޒިން

ޖޯންއަށް މިހާތަނަށް 10 ގްރެމޯ އެވޯޑް ލިބިފައިވާއިރު، އޭނާއަށް އޮސްކާ އެވޯޑް ލިބިފައިވަނީ ފިލްމް "ސެލްމާ" އަށް އޭނާއާއި ކޮމަން ލިޔެފައިވާ "ގްލޯރީ" އަށެވެ. އަދި އޭނާ ކޯޕްރޮޑިއުސް ކުރި "ޖިޓްނީ" އަށް ޓޯނީ އެވޯޑް ލިބިފައިވާއިރު، އޭނާ އެމީއެއް ހާސިލްކޮށްފައިވަނީ ވެސް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުންނެވެ.

އޭނާއަކީ އީގޮޓް (އެމީ، ގްރެމީ، އޮސްކާ އަދި ޓޯނީ އެވޯޑް) ހާސިލް ކުރި އެންމެ ހަގު އެއް ފަރާތެވެ. ޖޯންގެ ކުރިން އީގޮޓް ހާސިލްކޮށްފައިވަނީ 14 ފަރާތަކަށެވެ.

ޖޯން އާއި ކްރިސީ 2013 ވަނަ އަހަރު ކައިވެނިކޮށްފައިވާއިރު، ކައިވެނިކުރަން އެންގޭޖްވެފައިވަނީ ދިވެހިރާއްޖެއަށް ކުރި ދަތުރެއްގައެވެ. އަދި ރާއްޖެއަކީ ވަރަށް ހާއްސަ ގައުމެއްކަން އެމީހުން ބުނެފައިވެއެވެ.

އެ ދެ މީހުންގެ ދެ ކުދިން ތިބެއެވެ. އެއީ ތިން އަހަރުގެ ލޫނާ ސިމޯން ސްޓެފަންސް އާއި އެއް އަހަރުގެ މައިލްސް ތޮއެޑޯ ސްޓެފަންސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި