ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 19:04
ޕެޕް ގާޑިއޯލާ
ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
ޕެޕް ގާޑިއޯލާ
ބަޔާނުން ގާޑިއޯލާ އަނބުރާ ގެންނަން ބޭނުންވޭ!
 
ބަޔާނުން އަންނަނީ ކޯޗެއް ހޯދުމަށް މަސައްކަތް ކުރަމުން

ބަޔާން މިއުނިކުން އެޓީމުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަނބުރާ ގެންނަން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕޯޓް ބިލްޑްއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ގާޑިއޯލާ ގެނައުމުގެ ވިސްނުން ބަޔާންގެ އެބަހުރި ކަމަށާއި، އޭނާ ގެނައުމަށް އެކްލަބުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ބަޔާންގެ ކޯޗުގެ ގޮތުގައި އެންމެ ފަހުން ނިކޯ ކޮވަކް ހުރިއިރު، އެ ކްލަބުން ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ. އަދި އާ ކޯޗެއް ހޯދުމުގެ މަސައްކަތް އެ ކްލަބުން އަންނަނީ މިހާރު ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ބަޔާންއަށް ކޯޗެއް ކަނޑައެޅުމަށް އެ ކްލަބުން ވަނީ ތިން ނަމެއް ޝޯޓް ލިސްޓް ކޮށްފައެވެ. އޭގެ ތެރޭގައި ގާޑިއޯލާގެ އިތުރުން ދެން ހިމެނެނީ ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް އާއި އަޔަކްސްގެ ކޯޗު އެރިކް ޓެން ހަގްއެވެ.

މި ސީޒަނުގައި ބަޔާންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެންނައިރު، ލީގުގައި އެޓީމު މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން ހަ މެޗުން ވަނީ މޮޅުވެފައެވެ. ބާކީ ތިން މެޗު އެއްވަރުވިއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ. އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ.

ބަޔާންއަށް މިހާރު އިރުޝާދު ދެމުން އަންނަނީ އެޓީމުގެ އެސިސްޓެންޓް ކޯޗު ހަންސީ ފްލިކްއެވެ. އޭނާގެ އިރުޝާދުގެ ދަށުން ބަޔާން މިހާތަނަށް ކުޅުނު ދެ މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް